ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުގެ ނަތީޖާއިން ދިން މެސެޖަކީ ރައްޔިތުންގެ ތާއީދު ސަރުކާރަށް ނެތްކަން: ދީދީ

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙުމަދު ދީދީ/ ފޮޓޯ: ސަންގު ޓީވީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ނަތީޖާއިން ލިބުނު މެސެޖަކީ، ރައްޔިތުންގެ އެއްވެސް ތާއީދެއް ސަރުކާރަށް ނެތްކަންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މެންބަރު މިހެން ވިދާޅުވީ ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ދީދީ ވިދާޅުވީ، މިނިވަން އަދި އިންސާފުވެރި އިންތިހާބެއްގައި ވޯޓާ ހަމައަށް ދިއުމުން، ރައްޔިތުން ދޭން ބޭނުންވާ މެސެޖު ސާފުކޮށް ދޭނެ ކަމަށެވެ.

މި ސަރުކާރަށް ދެ އަހަރާއި ބައިވެ، ތިން އަހަރާ ގާތްވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާފައިނުވާ ކަމަށް މެންބަރު ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމަށް އައީ އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމުގެ ވައުދާއެކު ނަމަވެސް، އަމަލީ ގޮތުން އެއްވެސް ރަށެއްގައި އެއްވެސް މިންވަރަކަށް މަޝްރޫއެއް ކުރިއަށް ގެންގޮސްފައިނުވާކަމަށް ދީދީ ވިދާޅުވިއެވެ.

ސަރުކާރު ވެރިކަމަށް އައީ އެތައް މަޝްރޫއެއް ހިންގައި، ރައްޔިތުންނަށް އުފާފާގަތިކަން ގެނެސްދޭނެކަމަށް ބުނެކަން ފާހަގަކުރައްވައި ދީދީ ވިދާޅުވީ، އޭގެ ބަދަލުގައި ފެންނަނީ އެމްޑީޕީގެ ވެރިކަމުގައި ފަށާފައިވާ މަޝްރޫޢުތައްވެސް ހުއްޓާލާފައިވާ މަންޒަރު ކަމަށެވެ.

މި ސަރުކާރު ވެރިކަމަށް އައީ އެތައް މަޝްރޫޢުތަކެއް ހިންގާ ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދޭނެ ކަމަށް ވިދާޅުވެ، އެކަމަކު މި ސަރުކާރުން ވަނީ އެމްޑީޕީގެ ވެރިކަމުގައި ފަށާފައިވާ ޕްރޮޖެކްޓްތައްވެސް ހުއްޓާލާފައި

ރައްޔިތުން ރައީސް މުއިއްޒާ ވެރިކަން ހަވާލުކުރީ ވަރަށް ބޮޑު އުންމީދަކާއެކު ކަމަށް މެންބަރު ވިދާޅުވިއެވެ. އަދި ރައީސް މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފޮތެއްގައި ޗާޕުކުރެވިފައިވާއިރު، އެ ވައުދުތަކަށް އިންކާރު ކުރެވޭނެ އެއްވެސް ގޮތެއް ނެތްކަން ފާހަގަކުރައްވައި ދީދީ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަދު ކޮންމެ ރައްޔިތަކަށްވެސް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވަޢުދުތައް ސާފުކޮށް ފެންނަން އޮތްއިރު، އެއިން އެއްވެސް ކަމެއް ރައްޔިތުންނަށް ކޮށްދެވިފައިނުވާތީ ރައްޔިތުންގެ އުންމީދުތައް ފެނަށް ގޮސްފައިވާ ކަމަށް ދީދީ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެންބަރުގެ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވީ، މި ސަރުކާރަށް ތިން އަހަރުވެގެންދާއިރު ރާއްޖޭގެ އެއްވެސް ސަރަޙައްދަކުން ތަރައްގީގެ އެއްވެސް ކުލަވަރެއް ފެންނަން ނެތް ކަމަށެވެ.

އޭގެ ބަދަލުގައި ފެންނަނީ ރައްޔިތުން ބިކަވަމުންދާ މަންޒަރުކަމަށް ދީދީ ވިދާޅުވިއެވެ. އެގޮތުން 2023 ވަނަ އަހަރު ރައްޔިތުން ތިބި ޙާލަތަށްވުރެ، މިހާރު ދިރިއުޅުމުގެ ޙާލަތު މާ ބޮޑަށް ދަށްވެފައިވާކަމަށް ރައްޔިތުން ބުނަމުންދާކަމަށް ދީދީ ވަނީ ވިދާޅުވެފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: