ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބީ މެމްބަރުން ނިކުމެ މުޒާހަރާކޮށް، އަހުލާގު ދަށް ކަންކަން ކުރާކަމަށް ވިދާޅުވެ ރައީސްގެ ފާޑުކިއުން!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބުވިތާ ހަފްތާއެއްހާ ދުވަސް ނުވަނީސް، އިދިކޮޅު ފިކުރުގެ އިންތިހާބީ ކެންޑިޑޭޓުން މާލޭގެ މަގުމަތީގައި މުޒާހަރާކޮށް، އަހުލާގީ ގޮތުން ދަށް ފެންވަރުގެ އަމަލުތައް ހިންގަމުންދާ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، މަގާމާ ހަވާލުނުވަނީސް އިންތިޚާބީ ކެންޑިޑޭޓުން މަގުމަތި ހަލަބޮލިކޮށް، ހަޑިހުތުރު ބަސްތައް ބޭނުންކޮށް، ދީނީ މިންގަނޑުން ބޭރު އަމަލުތައް ހިންގުމަކީ ރައްޔިތުން ވޯޓު ދިން މަގްސަދު ނޫން ކަމަށެވެ.

ދައުލަތުގެ މާލީ ހާލަތާއި މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ އެކި މަރުހަލާތަކުގައި ހުރި މަޝްރޫއުތައް ތަރުތީބުކޮށް، ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ކަމަށެވެ. މީގެ ތެރޭގައި ފެށިފައި ހުރި މަޝްރޫއުތަކާއި، އެކި ސަބަބުތަކާ ހެދި ލަސްވެފައި ހުރި މަސައްކަތްތަކާއި، ސޮއިކުރެވި ނުފެށި ހުރި މަޝްރޫއުތައް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން އެންމެ އިސްކަމެއް ދިނީ ކުރީގެ ސަރުކާރުތަކުން ވާރުތަވި 526 މިލިއަން ޑޮލަރުގެ ބޮޑު ސުކޫކް، ގައުމު ޑިފޯލްޓް ނުވެ ދެއްކުމަށެވެ.

އިދިކޮޅު ފަރާތްތަކުން މިކަމާ ގުޅޭގޮތުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، ސުކޫކް ދެއްކިކަމުގެ ލިޔެކިޔުންތައް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީގެ އިތުރުން ބައިނަލްއަގުވާމީ މަސްދަރުތަކުން ފެންނަން ހުންނާނެ ކަމަށެވެ.

މީގެ އިތުރުން، އެތެރޭގެ ދަރަނިތަކާއި ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް ދޭންޖެހޭ ފައިސާވެސް ދައްކަމުންދާ ކަމަށާއި، ބީއެމްއެލް މެދުވެރިކޮށް 4 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ދިވެހި ކުންފުނިތަކާ ހަވާލުކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ވޯޓު ދިނީ ރައްޔިތުންގެ ފަރާތުން ގޮސް ކައުންސިލާ ނުވަތަ ޑަބްލިއުޑީސީ އާ ހަވާލުވާ ދުވަހުން ފެށިގެން ޒިންމާދާރު މަސައްކަތެއް ކުރަން. ރައްޔިތުން އެކްސްޕެކްޓް ކުރާނީ ރީތި އަޚްލާގީ މިސާލުތައް ދައްކައިދޭން

ރައީސް ވިދާޅުވީ، މުޅި ރާއްޖޭގެ ނިސްބަތުން ބަލާއިރު ރިފެރެންޑަމް ވޯޓުން ސަރުކާރަށް ލިބުނީ ވަރަށް ބޮޑު ނާކާމިޔާބީއެއް ކަމަށެވެ. އަދި ހާއްސަކޮށް ރާއްޖޭގެ ހުރިހާ ސިޓީއަކުންވެސް ސަރުކާރަށް ނާކާމިޔާބުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް، މި ނާކާމިޔާބީއާއެކުވެސް ރާއްޖޭގެ ގިނަ ރަށްތަކެއްގެ ކައުންސިލް ގޮނޑިތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގިނަ ގޮނޑިތަކެއް ޕީއެންސީން ކާމިޔާބުކޮށްފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މަގާމާ ހަވާލުވުމަށްފަހު، ރައްޔިތުން ކުރި އިތުބާރު އަމަލީ ގޮތުން ދެމެހެއްޓުމަށް އިންތިހާބީ މެމްބަރުން މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ. އަދި ޚިދުމަތް ދިނުމުގައި ވޯޓު ދިން މީހަކާއި ނުދޭ މީހަކާ ދެމެދު އެއްވެސް ތަފާތެއް ކޮށްގެން ނުވާނެކަމަށާއި، އެންމެންނަށް ހަމަހަމަކަމާއެކު އިހުލާތެރިކަމާއެކު މަސައްކަތް ކުރުމަށް ރައީސް ގޮވާލެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ އަދުލުވެރިކަމާއި އިންސާފުވެރިކަން ކަމަށެވެ. އެގޮތުން ކާމިޔާބީ ލިބުނު ރަށްތަކާއި، ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ރަށްތަކަށްވެސް ސަރުކާރުން ހަމަހަމަކަމާއެކު އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 75%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: