ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންސާނުންނަށް ބަލި ފަތުރާ ވަލު ޖަނަވާރުން ކެއުން ޗައިނާއަށް މަނާ ކުރެވިދާނެ ބާ؟

ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާއިން ކޮރޯނާ ވައިރަސްއާ ދެކޮޅަށް އެޅި ފިޔަވަޅެއްގެ ގޮތުން ވަގުތީ ގޮތުން ވަލު ޖަނަވާރުންގެ ވިޔަފާރިކުރުން ވަނީ މަނާކޮށްފައެވެ. ނަމަވެސް ތިމާވެށްޓާއި ޖަނަވާރުން ހިމާޔަތް ކުރުމުގެ މަސައްކަތުގައި އުޅޭ ފަރާތްތަކުން ބުނަނީ މިއީ ފުދޭ މިންވަރެއް ނޫންކަމުގައެވެ. ހޯދުންތަކުން ދާއްކާ ގޮތުގައި ކޮރޯނާ ވައިރަސްވެސް ފެތުރިފައިވަނީ އިންސާނުނަށް ބަލި ފަތުރާ ޖަނަވާރުންގެ ފަރާތުންނެވެ.

ޗައިނާއިން ބޯދާޒަމާނުގެ ހަކީމީ ބޭސްވެރިކަމުގެ ބޭނުމަށާއި ޖިންސީ އެދުންވެރިކަން ގަދަ ކުރުމަށްޓަކައި ޒާތްޒާތުގެ ވަލު ޖަނަވާރުގެ މަސްކައި އުޅެއެވެ. ނުވަތަ އެއިން ބޭސް އުފައްދައެވެ. މީގެ ސަބަބުން ދުނިޔޭގެ ތިމާވެށްޓަށް އަސަރުކުރުވާފަދަ ގޮތަކަށް ނާދިރު ވަލު ޖަނަވާރުތަކުގެ ވިޔަފާރި ފުޅާކޮށް ފެތުރިގެންދެއެވެ.

މިފަހަކަށް އައިސް އިންސާނުންގެ ތެރޭގައި ފެތުރެން ފަށާފައިވާ ބަލިތަކުގެ 70 އިންސައްތަ ބަލިތަކަކީ، ޖަނަވާރުންގެ ފުށުން، ވަކިން ޚާއްސަކޮށް ވަލު ޖަނަވާރުންގެ ފުށުން އަރާފައިވާ ބަލިތައް ކަމަށް ދިރާސާތަކުން ދައްކައެވެ. 

ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާއިން ލަފާކޮށްފައިވާ ގޮތުގައި ކޮރޯނާ ވައިރަސްވެސް އައިސްފައިވަނީ ވާލުގެ ޒަރީއާއިންނެވެ. އަދި ވާލުން އިންސާނުންނަށް މި ބަލި ޖެހުމުގެ ކުރިން މިބަލި ކޮންމެވެސް އެހެން ދިރޭ އެއްޗަކަށް ޖެހި އިން އިންސާނުންނަށް ފެތުރުނީކަމުގައިވެސް ލަފާ ކުރެވެއެވެ. މީގެ ކުރިން ފެތުރުނު ސާސްއާއި މާސްވެސް ފެށިފައިވަނީ ވާލުން ކަމަށް ބެލެވެއެވެ. އެއަށްފަހު ޖަމަލާއި ޖަންގަލީ ބުޅަލަށް މި ބަލި ޖެހިން އެސޮރުމެންގެ ފަރާތުން އިންސާނުންގެ މެދުގައި ފެތުރުނީކަމުގައި ބެލެވެއެވެ.

ޗައިނާގައި ވަލުޖަނަވާރުންގެ މަހުގެ ވިޔަފާރި ކުރުމަކީ އާންމު ކަމެއް

ދުނިޔޭގައި ވަލު ޖަނަވާރުގެ ވަގުފާރިއަކީ ފުޅާދާއިރާއެއްގައި ފެތުރިފައިވާ ވިޔަފާރިއެކެވެ. މިއީ މަސްތުވާ ތަކެއްޗާއި އިންސާނުންގެ ވަގުފާރިއާއި ވަގު ނޫޓު ޖެހުންފަދަ މަސައްކަތަށްފަހު ދެން އެންމެ ފުޅާދާއިރާއެއްގައި ފައިސާ ބަލަކުރެވޭ ވިޔަފާރިއެވެ. ޖަނަވާރުންގެ ވަގު ފާރީގައި އަހަރަކު ގާތްގަނޑަކަށް 20 ބިލިއަން އެމެރިކާ ޑޮލަރު އެއް އަތުން އަނެއް އަތަށް ބަދަލުކުރެވެއެވެ. ޗައިނާއަކީ ވަލު ޖަނަވާރުގެ ވަގުފާރީގައި އަރާ އޮތް ގައުމެކެވެ. އަދި ޗައިނާގައި ނާދިރު ވަލު ޖަނަވާރުގެ ވަގުފާރި އާންމު ވުމުގެ ސަބަބުން ބައެއް ޒާތުގެ ޖަނަވާރުތައް މުޅިންހެން ނެތި ގޮސްފާނެ ކަމުގެ ބިރުހީވެގެން އިންޒާރުގެ ރަނގަބީލުވެސް ބައެއް ފަރާތްތަކުން ޖަހަމުން ގެންދެއެވެ.

ވަރލްޑް ވައިޑްލައިފް ފަންޑުން ބުނާ ގޮތުގައި ކޮރޯނާ ވައިރަސްއަކީ މިފަދަ ވަގުފާރި ހުއްޓުވުމަށް ޗައިނާއަށް އޮތް އިންޒާރުގެ ރަނގަބީލެކެވެ. ނަމަވެސް ޗައިނާއިން އަދިވެސް ބުނެފައިވަނީ ވަލު ޖަނަވާރުގެ ވިޔަފާރިއާއި އެއްތަނުން އަނެއް ތަނަސް އުފުލުން މަނާކުރި ކުރުން މިއީ ވަގުތީ ފިޔަވަޅެއް ކަމުގައެވެ.

ޗައިނާގައި ވަލުޖަނަވާރުންގެ މަހުގެ ވިޔަފާރި ކުރުމަކީ އާންމު ކަމެއް

ޗައިނާއިން ތަރައްގީގެ މަޝްރޫއުތައް އެހެން ގައުމުތަކުގައި ހިންގި ކަމުގައި ވިއަސް ޗައިނާއިން ދުނިޔޭގެ ވެށި ހިމާޔަތް ކުރުމަށް އެދެވޭ މަސައްކަތްތަކެއް ނުކުރާ ކަމަށް ގިނަ ފަރާތްތަކުން ތުހުމަތު ކުރެއެވެ. އަދި ޗައިނާއިން ހިންގާ ބެލްޓް އެންޑް ރޯޑް މަޝްރޫޢުގެ ދަށުން ހިންގާ މަޝްރޫއުތައް ހިންގުމުގައި އެއްވެސް ވަރަކަށް ތިމާވެށްޓަށް ބެލުމަކާ ނުލައި މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް އެކަމަށްވެސް މީހުން ދަނީ ފާޑު ކިޔަމުންނެވެ. އިގްތިސާދީ ތަރައްގީއަށް ޓަކައި އިންސާނީ ނަސްލާއި ދުނިޔޭގެ ތިމާވެށި ނައްތާލުމަކީ ކޮންކަހަލަ ކަމެއް ބާވައެވެ؟

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: