ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރެވެލް ބޮލްގާއަކަށް ވުމަކީ ގާނޫނާއި ގަވައިދުތަކަށް ފައިން އަރަން އޮތް އުޒުރެއް ނޫން!

ސެސިލިއާ ޖަސްޓްޒެމްބްސްކާ --- ޓްރެވެލް ބޮލްގާ
ޝެއާރކޮށްލާ ކަހަލަދޯ؟

މާފުށީ މަގުމަތީގައި ނިވާކަން ކުޑަކޮށް ،ަސްތުގެ ހާލަތުގައި އުޅުނު ކަމަށް ތުހުމަތު ކުރާ އިނގިރޭސިވިލާތުގެ އަންހެން މީހާ އަކީ “އާދައިގެ މީހެއް ނޫން” ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ. އެ ރިޕޯތުތައް ބުނާ ގޮތުން ނަމަ، މާފުށީ މަގުމަތިން އޮރިޔާމާ އުޅެނިކޮށް، ދިވެހި ފުލުހުން ހައްޔަރު ކުރީ އުމުރުން 26 އަހަރުގެ ސެސިލިއާ ޖަސްޓްޒެމްބްސްކާ ނަމަކަށް ކިޔާ “ޓްރެވަލް ބްލޮގާ” އެކެވެ. އޭނާ އަކީ ދަތުރުނާމާތައް ވަރަށް ތަފްސީލްކޮށް ލިޔެ، އެ ލިޔުންތައް އޭނާގެ ބްލޮގްގައި އާއްމު ކުރަމުން ގެންދާ މީހެއް ކަމަށް ވެއެވެ.

އެހެންކަމުން ސެސިލިއާއަށް މާފުށީގައި ދިމާވި ހާދިސާގެ ސަބަބުން އެރަށާއި އަދި ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް އަސަރު ކުރާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ސެސިލިއާ މާފުށީގައި ހިންގި އަމަލުތަކަކީ ސަމާލުކަން ހޯދުމުގެ ގޮތުން އޭނާ ކުރި ކަމެކެވެ. ސެސިލިއާ ހައްޔަރު ކުރުން އިނގިރޭސި މީޑިއާތަކުން ބޮޑު މައްސަލައަކަށް ހަދާފައި ވީނަމަވެސް އޭނާ ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރި ގޮތައް ބައެއް ފަރާތްތަކުން އަންނަނީ ތައުރީފު ވެސް ކުރަމުންނެވެ.

ހަގީގީ މައްސަލައަކީ އޭނާ ހައްޔަރު ކުރުމެއް ނޫނެވެ.އަދި ބްލޮގާއަކަށް ނުވަތަ އާދައިގެ މިހަކަށް ނުވުމެއް ވެސް ނޫނެވެ. މައްސަލައަކީ އިސްލާމީ ގައުމެއްގައި އިޖުތިމާއީ މިނަގަނޑުތަކުން ބޭރުވުމެވެ. ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކަށް އެނގި ހުރެ ފައިން އެރުމެވެ. ފުލުހުންނަށް ނުކިޔަމަންތެރި ވުމެވެ. އޭނާ ހައްޔަރު ކުރުމުގެ ކުރިން މާފުށީގައި އުޅޭ އެހެން ބައެއް ބިދޭސީންނާއި ރައްޔިތުން ގެތެރެއިން ބައެއްގެ އިތުރުން ފުލުހުން ތަކުރާރުކޮށް ނަސޭހަތްތެރި ވިއެވެ. އަދި އެއީ މިގައުމުގައި މަނާ ކަމެއްކަން ހަނދާންކޮށް ދެމުން ދިޔައެވެ.

ސެސިލިއާ އަކީ ބައެއް ޓީވީ ޝޯތަކުން ވެސް ފެނިފައިވާ މީހެކެވެ. އޭނާ 2018 ވަނަ އަހަރު ކުޅުނު ޓީވީ ޝޯވއެއްގައި ފުރަތަމަ ޑޭޓަށް ގޮސް ފިރިހެން މީހާ ބިލް ދެއްކުމާއި ދެކޮޅަށް ދެއްކި ވާހަކަތަކުގެ ސަބަބުން ވެސް މީޑިއާގެ ސަމާލުކަމަށް އޭނާގެ ނަން އެރިއެވެ. ވަރަށް ގިނަ އަންހެން ވަނީ ސެސިލިއާ “އަންހެނުން ބާރުވެރި ކުރުވަން” އެ ޝޯވ ގައި ދެއްކި ވާހަކަތަކަށް ތައުރީފް ކޮށްފައެވެ.

އެކަމަކު މީން އެއްވެސް ކަމަކީ ރާއްޖޭގެ ގަވައިދުތައް މުގުރާލަން އޭނައަށް ދެއްކެންެ އޮތް އުޒުރެއް ނޫނެވެ. ކޮންމެ ގައުމެއްގައި ވެސް ގާނޫނާއި ގަވައިދުތަކެއް ހެދިފައި ވެއެވެ. އެ ގާނޫނާއި ގަވައިދުތަކަކީ އެ ގައުމެއްގައި ދިރިއުޅޭ މިހުންގެ އިތުރުން ޒިޔާރަތްކުރާ ފަތުރުވެރިން ވެސް އިހުތިރާމުކޮށް ބޯލަނބަން ޖެހެއެވެ. ނޫނީ ގާނޫނު އެމީހަކާ އަރާ ހަމަ ކުރާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: