ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން: ޕީއެންސީގެ ޕްރައިމަރީ މާދަމާ!

ސައީދު އާއި ސިނާން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ މާދަމާ ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.

ޕީއެންސީން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ޕްރައިމަރީގެ ވޯޓްލުން ކުރިއަށްދާނީ މާދަމާ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އަށެވެ. މި އިންތިޚާބުގައި ވޯޓްލުމުގެ ފުރުޞަތު ދިނުމުގެ ގޮތުން، އައްޑޫ ސިޓީ ހިތަދޫގެ އިތުރުން މާލޭގައި ވެސް ވޯޓް ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރައިމަރީގައި ވޯޓްލުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުން، 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ހިތަދޫ ދާއިރާއަށް ރަޖިސްޓްރީވެފައިވާ މެންބަރުން ވޯޓްލާނީ ހިތަދޫގައި ބަހައްޓާފައިވާ ފޮށިތަކަށެވެ. އަދި މާލެއާއި އެހެނިހެން ރަށްރަށުގައި ރަޖިސްޓްރީވެފައިވާ އެ ދާއިރާގެ މެންބަރުން ވޯޓްލުމަށް ހަމަޖެހިފައިވަނީ މާލޭގައި ބަހައްޓާ ވޯޓް ފޮށިތަކަށެވެ. ޕާޓީން ހާމަކުރި ގޮތުގައި މި ޕްރައިމަރީގައި ޖުމްލަ 727 މީހަކަށް ވޯޓްލުމުގެ ޙައްޤު ލިބިގެންވެއެވެ.

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޓިކެޓަށް ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ:

  1. މުހައްމަދު ސިނާން (ދާއިރާގެ ކުރީގެ މެންބަރު)
  2. އަހްމަދު ސައީދު (ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު)

ޕީއެންސީގެ އިންތިޚާބީ ކޮމެޓީގެ ބެލުމުގެ ދަށުން ކުރިއަށްދާ މި ޕްރައިމަރީއަކީ، އިލެކްޝަންސް ކޮމިޝަނުން އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ބައި އިލެކްޝަނަށް ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ އިންތިޚާބެކެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި މި ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.
މި އިންތިޚާބަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ނިސްބަތްވާ ޕީއެންސީގެ ތާއީދު އެ ދާއިރާގައި އޮތް މިންވަރު ވަޒަންކޮށްލުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: