ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާބާދީ ބޮޑު ރަށްރަށަށް އާމްދަނީ އާއި ތަނަވަސްކަން ހޯދޭނެ އެތަކެއް މަގެއް އެބަހުރި: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

އިހަވަންދޫފަދަ އާބާދީ ބޮޑު ރަށްރަށަށް އާމްދަނީ އާއި ތަނަވަސްކަން ހޯދޭނެ އެތަކެއް މަގެއް އެބަހުރިކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ”ބޮޑު ބަދަލު“ ގެ ނަމުގައި ކުރިއަށްގެންދަވާ ކެމްޕެއިން ހަރަކާތުގެ ތެރެއިން ހއ. އިހަވަންދުއަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެ ރަށްރަށަށް ލިބެންހުރި ތަނަވަސްކަން ގުޅިފައިވަނީ ވެރިކަންކުރުމާއި ޤާނޫނީ އޮނިގަނޑު ރޭވިފައި އޮންނަ ގޮތުގެ މައްޗަށް ކަމަށެވެ. އާއްމު ޙާލަތު ރަނގަޅުވެގެންދަނީ އޮނިގަނޑެއް ރަނގަޅަށް އެކުލަވާލެވިގެން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ މަސްރަޙަށް އަލިއަޅުއްވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، މިވަގުތު ދުނިޔެ މިއޮތީ ހަނގުރާމައެއްގެ ވިލާގަނޑުގެ ދަށުގައި ކަމަށާއި، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެފައިވާ ކަމަށެވެ. މީގެ ސަބަބުން ރާއްޖެއަށް ތެޔޮ ލިބުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވާ، މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ މަސްވެރިންނަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިހަވަންދޫއަކީ ރާއްޖޭގެ ނިސްބަތުން އެންމެ މަސްވެރިން ގިނަ އަދި އެންމެ ގިނައިން އޮޑިދޯނިފަހަރު މަހަށްފުރާ އެއްރަށްކަން ފާހަގަކުރައްވައި، ރައީސް ނަޝީދު ވިދާޅުވީ ”ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން މަހަށް ފުރުން ދަތިވެ މަސްވެރިންގެ އާމްދަނީ ދަށްވާނެ“ ކަމަށެވެ. އަދި ތެލުގެ އިތުރުން އެހެން ތަކެތީގެ އަގުތައްވެސް ބާޒާރުގައި ބޮޑުވާނެކަމަށް އެމަނިކުފާނު ލަފާކުރެއްވިއެވެ.

މިކަމާ ގުޅިގެން ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ދާދި ފަހުން ވިދާޅުވެފައިވަނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް، ދިވެހި މަސްވެރިންނަށް އެކަމުގެ ބުރަ ނުޖައްސާ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކަމާއެކު މެނޭޖުކުރަމުންދާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސްވެރިންގެ އަތުން ތެލަށް ކުރާ ހޭދަ އިތުރުވިޔަ ނުދީ ހިފެހެއްޓުމަށް ހާއްސަ އިސްކަމެއް ދީފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ދުނިޔޭގެ އިގްތިސާދީ ހާލަތު ކޮންމެ ގޮތަކަށް އޮތް ނަމަވެސް، މަސްވެރިންގެ ހައްގުތައް ހިމާޔަތްކޮށް، މި ސިނާއަތަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާ ސިނާއަތަކަށް ހެދުމަށް ސަރުކާރުން ސާބިތުކަމާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: