ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ބަންދުގައި ހުރި މީހަކު ނިޔާވެއްޖެ

އައިޖީއެމްއެޗް ހޮސްޕިޓަލް އިމާރާތް / ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ބަންދުގައި މާލެ ކަސްޓޯޑިއަލްގައި ހުރި ދިވެހި ފިރިހެނަކު ނިޔާވެއްޖެ އެވެ.

ފުލުހުންގެ ބަންދަށް ގެންދިޔަ މީހަކު ނިޔާވެފައިވާކަމަށް، މައުލޫމާތު ލިބި އެކަމާއި ގުޅޭގޮތުން އެންމެ ފުރަތަމަ ސުވާލު ކުރީ ނޫސްވެރިއެކެވެ. އެކަމާއި ގުޅޭގޮތުން ފުލުހުން ބުނީ، މާލޭ ކަސްޓޯޑިއަލްގައި ބަންދުކޮށްފައި ހުރި މީހަކު ހަބަރު ހުސްވެފައި އޮއްވާ ފެނިގެން އިއްޔެގެ މެންދުރު ވަގުތެއްގައި ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

ފުލުހުން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ޑޮކްޓަރުންނާ ހަވާލާދީ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނިޔާވި މީހާއަކީ ކޯޓަށް ހާޒިރުކުރުމަށްޓަކައި ފުލުހުންގެ މައްޗަށް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން ބަންދުގައި ހުރި މީހެކެވެ.

މި މަރާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި، ހާދިސާގެ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހިއްސާކޮށްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: