ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އުޟްހިޔާ ޣައްޒާއަށް“ މަޝްރޫއުގެ ނަމުގައި ކެމްޕޭނެއް!

އުޟްހިޔާ ޣައްޒާއަށް
ޝެއާރކޮށްލާ ކަހަލަދޯ؟

”އުޟްހިޔާ ގައްޒާއަށް“ މަޝްރޫއުގެ ނަމުގައި އިސްރާ އެސޯސިއޭޝަނުން ކެމްޕޭނެއް ލޯންޗް ކޮށްފިއެވެ.

މި ކެމްޕެއިން ލޯންޗްްކޮށްފައި ވަނީ ކުރިއަށް އޮތް ބަރަކާތްތެރި ހައްޖުމަހާއި ދިމާކޮށެވެ. މިއީ ދިވެހިރާއްޖޭގައި މިހާރު އާލާވަމުންދާ އުޟްހިޔާ ކަތިލުމުގެ ރޫހު ވަރުގަދަކުރުމަށާއި، ރާއްޖޭގައި މިކަން ކުރުމަށް ހުރި ދަތިތަކަށް ހައްލެއް ހޯދައިދީ، ވީހާވެސް ގިނަ ރައްޔިތުންނަށް މިކަން ކުރުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުން ފެށި މަޝްރޫއެކެވެ.

މި ކެމްޕޭނަކީ ބޭރުގެ އިތުބާރު ހިފޭ ޖަމިއްޔާތަކާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެއްކަން އިސްރާ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ. އަދި މި މަޝްރޫއުގެ ދަށުން ކަތިލެވޭ އުޟްހިޔާގެ މަސް، ގައްޒާގެ ލޮބުވެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެއެވެ.

އުޟްހިޔާ ކަތިލުމަކީ ބަރަކާތްތެރި ހައްޖުމަހުގައި ހައްޖަށް ނުދާ މީހުން ކުރުމަށް އޮތް އެންމެ ހެޔޮ އެއް އަމަލުކަމާއި، މިއީ ފާފަތައް ފުހެވިގެންދާނެ ކަމެއްކަން ވެސް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

މި މަޝްރޫއުގައި ކަތިލުމަށް ހަމަޖެހިފައި ވަނީ ގެރިއެވެ. އެގޮތުން ގެރިއަކުން ހަތް މީހުންނަށް ހިއްސާވެވޭއިރު، ބަކަރިއަކުން ހިއްސާވެވެނީ އެންމެ މީހަކަށް ކަމަށް އިސްރާ ޖަމިއްޔާއިން މައުލޫމާތުދެއެވެ.

މި ހަރަކާތުގައި ކަތިލުމަށް ހަމަޖެހިފައި ވަނީ 300 އާއި 350 ކިލޯއާ ދެމެދުގެ ބަރުދަން ހުންނަ ގެރިތަކެވެ. އަދި ކޮންމެ ގެރިއަކުން ހަތް ހިއްސާ ލިބޭނެކަމަށް ވެސް އެ ޖަމިއްޔާއިން ބުނެއެވެ.

ގެރިތައް ކަތިލުމަށް ހަމަޖެހިފައި ވަނީ މިޞްރުގައެވެ. ކަތިލުމަށްފަހު މަސްތައް ކައްކައި ދަޅުގައި ބަންދުކޮށް، ގައްޒާގެ ބޯޑަރު ހުޅުވުމުން އެ ތަކެތި ގައްޒާއަށް ވެއްދުމަށް ހަމަޖެހިފައިވާކަމަށް އެ ޖަމިއްޔާއިން މައުލޫމާތުދެއެވެ.

ހިއްސާއެއްގެ އަގަކީ 4750 ރުފިޔާއެވެ. އަދި ރުފިޔާ ޓްރާންސްފާރ ކުރާނީ އިސްރާ އެސޯސިއޭޝަން ގެ އެކައުންޓްތަކަށެވެ.

އެގޮތުން:

  • ރުފިޔާ: 7770000182716
  • ޑޮލަރު: 7770000182715

އުޟްހިޔާ ގައްޒާއަށް ކްމްޕޭނުގައި ވީހާވެސް ގިނަ ދިވެހި ރައްޔިތުންގެ ބައިވެރިވުނަ ލިބުމަކީ އިސްރާ ޖަމިއްޔާގެ އެދުމެކެވެ. އަދި ޖަމިއްޔާގެ ސޯޝަލް މީޑިއާގައި މި ކަމާއި ގުޅެ މައުލޫމާތުތައް ހިއްސާކުރެވެމުންދާނެކަމަށް ވެސް އެ ޖަމިއްޔާއިން ބުނެފައިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: