ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އައި ބަންގްލަދޭޝް ދެ މީހަކު، މަސްތުވާތަކެއްޗާއި މަނާ ބޭސްތަކަކާއެކު ހައްޔަރުކޮށްފި

ރާއްޖެއަށް ޑްރަގާއި މަނާ ބޭސްތަކެއް އެތެރެކުރަން އުޅުނު ދެ މީހުން.-- ފޮޓޯ: ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވައިގެ މަގުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި މަނާ ބޭސްތަކެއް އެތެރެކުރަން އުޅުނު ބަންގްލަދޭޝްގެ ދެ މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ޝިފުލް އާއި 32 އަހަރުގެ ސަޖިބް ނަމަކަށް ކިޔާ ދެ މީހުން ކަމަށެވެ.

މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު ރާއްޖެ އައުމުން ކަސްޓަމްސްއިން ކުރި ފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ކަންތައްތަކެއް ފެނުމުންނެވެ.

އެމީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1،105 ގުރާމް ހުރި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ރާއްޖެއަށް އެތެރެކުރުން މަނާ ބޭސްތަކެއް ވެސް އެމީހުންގެ އަތުން ވަނީ ފެނިފައެވެ.

މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދަށް ވަނީ 15 ދުވަސް ދީފަ އެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: