ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލޭގައި ފްލެޓު އަޅަން ފުނަވަލުގައި ހުރި ގަސް ކަނޑާތީ ފާޑުކިޔުން އަމާޒުވުމުން، އެއް ޓަވަރު އެހެން ސަރަހައްދަކަށް!

ފުނަވާގައި ހުރި ގަސް ކެނޑުމަށް ތައްޔާރުވަނީ.-- ފޮޓޯ: ނުހަފުރި/އެކްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލޭގައި ތަރައްގީކުރުމަށް ނިންމާފައިވާ 300 ހައުސިންގ ޔުނިޓުގެ މަޝްރޫއުގެ ދަށުން އިމާރާތްކުރާ އެއް ޓަވަރު އަޅާ ސަރަހައްދު ބަދަލުކުރުމަށް ނިންމައިފި އެވެ.

މި މަޝްރޫއުގެ މަސައްކަތް އިއުލާނު ކުރުމާއި އެކު ވެސް އަމާޒުވި އެންމެ ބޮޑު ފާޑުކިއުމަކީ، ވިލިމާލޭގެ އެންމެ ދުވަސްވީ ފުނަވަލާއި ފެހި ގަސްތައް ކަނޑައި ޕްރޮޖެކްޓު ކުރިޔަށް ގެންދަން ޖެހޭތީ އެވެ. މާލެ ސަރަހައްދުގެ ހަމައެކަނި ޖަޒީރާވަންތަ ސިފައެއް ހުރި، ރަށަކީ ވިލިމާލެކަމަށްވުމާއި އެކު ވިލިމާލޭގެ ގުދުރަތީ ވެށި ހިމާޔަތް ކުރުމަށް ގޮވާލައި މިނިސްޓަރަށް އެކިފަހަރު މަތީން ކަންބޮޑުވުންތައް ވެސް ހުށަހަޅާފައި ވެއެވެ.

މި މަޝްރޫއު ހުއްޓުވުމަށް ސުޕްރީމް ކޯޓަށް ވެސް މައްސަލަ ހުށަހެޅިއިރު، އޭރު މުހިއްޔުއްދީން ސްކޫލު ކުރިމައްޗަށް އޮންނަ ބިމުގައި ބިޔަކޮށް ހެދިފައި ހުރި ފުނަގަސްތައް ވަނީ ކަނޑާލުމުގެ މަސައްކަތް ފަށާފަ އެވެ. ނަމަވެސް މުއްތަލިބު ވިދާޅުވީ މަސައްކަތް ކުރިޔަށް ގެންދާނީ އެ ބިމުގައި ހުރި ގަސްތަކުގެ ތެރެއިން ވީހާވެސް މަދު ގަހެއް ކަނޑައިގެންނެވެ.
މި މައްސަލައިގައި އެތައް ބަޔަކު އޭރު ކަންބޮޑުވުންފާޅުކޮށް، ޕްރޮޖެކްޓު އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް ގޮވާލި އެވެ.

ޕްރޮޖެކްޓުގެ ބައިތަކަށް ބަދަލު ގެނެސް ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި މުއްތަލިބް މިއަދު ވިދާޅުވީ، ވިލިމާލޭގައި ތަރައްގީކުރާ 3 ޓަވަރުގެ ތެރެއިން އެއް ޓަވަރު އަޅަން ކުރިން ކަނޑައެޅި ސަރަހައްދުގައި ހުރި ބޮޑެތި ފުނަގަސްތައް ނަގަންޖެހޭތީއާއި ގަސްގަހުގެ ގޮފިތައް ކަނޑަންޖެހޭތީ، ތިމާވެއްޓަށް ލިބޭނެ ގެއްލުން ކުޑަކުރުމުގެ ގޮތުން އެ ޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

މުއްތަލިބު ގޮތުގައި، މާލެ ސަރަހައްދުގައި ހުސްޖާގައާއި ޕާކުތައް މަދުވުމުގެ ސަބަބުން ގިނަ އާއިލާތަކަކަށް ބޮޑެތި ދަތިތަކާ ދިމާވެއެވެ. ނަމަވެސް، މާލެ ސަރަހައްދުން ހިއްކާފައިވާ ގިނަ ބިންތަކަކީ މިހާރުވެސް ގޯތި ދޫކޮށްފައިވާ ބިންތަކަށްވުމާއެކު، ފްލެޓް އިމާރާތްކުރާނެ ބިން ހޯދުމަކީ ބޮޑު ގޮންޖެހުމެއްކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، ސަރުކާރުގެ ސިޔާސަތަކީ ތިމާވެއްޓަށް ވީހާވެސް ގެއްލުން ކުޑަވާނެ ގޮތަކަށް ތަރައްގީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުންކަމަށް މުއްތަލިބު ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކުރިއަށްގެންދާ މި މަޝްރޫއުގެ ބިންގާ މިދިޔަ މަހު އަޅާފައިވާއިރު، މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާއެވެ.

މި މަޝްރޫއުގެ ދަށުން ވިލިމާލޭގައި 17 ފަންގިފިލާގެ 3 ޓަވަރު އިމާރާތްކުރާނެއެވެ.

މި މަޝްރޫޢަކީ އެމްއެމްއޭއިން އެކުލަވާލާފައިވާ ”އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ“ ގެ ދަށުން، ބީއެމްއެލްގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ ”ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ“ އިން ކުރިއަށްގެންދާ މަސައްކަތެކެވެ.

މި މަޝްރޫއުގެ ދަށުން ވިލިމާލޭގެ އިތުރުން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ހިމެނޭހެން ޖުމުލަ 3,260 ހައުސިންގ ޔުނިޓް ތަރައްގީ ކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ބީއެމްއެލްއިން ލަފާކުރާ ގޮތުގައި ވިލިމާލޭގައި އިމާރާތްކުރާ މި ޔުނިޓްތަކުގެ މަސައްކަތް ނިންމާލެވޭނީ 2028 ވަނަ އަހަރުގެ މެދުތެރޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: