ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޕީޑުން ފެށިގެން ތަޖުރިބާއާއި ހަމައަށް: އުރީދޫ މޯލްޑިވްސްއިން މުވާސަލާތީ ޚިދުމަތުގެ އުހުގައި!

ހުޅުމާލޭގައި ހުންނަ އުރީދޫގެ މައި އިމާރާތް/ ފޮޓޯ: އުރީދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ އިތުބާރު ހުރި ނެޓްވޯކްކަމުގެ މަގާމު އިތުރަށް ހަރުދަނާކޮށްފިއެވެ.

މިއީ ބައިނަލްއަގުވާމީ ފެންވަރުގެ އެވޯޑުތަކާއި، އުމްރާނީ ތަރައްގީއަށް ކުރަމުން އަންނަ އިންވެސްޓްމަންޓުތަކާއި، ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން ދޭ އަހައްމިއްޔަތުގެ ނަތީޖާއެކެވެ.

ދާދި ފަހުން އެ ކުންފުންޏަށް ވަނީ އޫކްލާގެ ބެސްޓްފިކްސްޑް ނެޓްވޯކުގެ އެވޯޑު ލިބިފައެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންގެ އިތުބާރާއި ލޯތްބާ ގުޅިފައިވާ ކާމިޔާބީއެކެވެ. ސްޕީޑްޓެސްޓް އިން ލިބޭ ހަގީގީ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ލިބިފައިވާ އެވޯޑެކެވެ.

އުރީދޫ މޯލްޑިވްސް ވަނީ ވަރުގަދަ އަދި މުސްތަގުބަލަށް ތައްޔާރުވެފައިވާ އުމްރާނީ ވަސީލަތްތަކެއް ބިނާކޮށްފައެވެ. ފައިބަރ އަދި 5ޖީ ޓެކްނޮލޮޖީގެ އެހީގައި މުޅި ރާއްޖެ ގުޅުވާލައިފައިވާ މި ނެޓްވޯކް އިތުރަށް ވަރުގަދަކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެ ކުންފުނިން އަންނަނީ މެދުނުކެނޑި އިންވެސްޓްކުރަމުންނެވެ. ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލްތަކާއި އެންމެ ޒަމާނީ ޑޭޓާ ސެންޓަރުތަކުގެ ސަބަބުން، ޑިޖިޓަލް ދާއިރާގައި އުފެދެމުން އަންނަ ބޮޑެތި ބޭނުންތަކަށް އެއްބާރުލުން ދިނުމުގެ ގާބިލުކަން ނެޓްވޯކަށް ވަނީ ލިބިފައެވެ.

އުރީދޫގެ ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް، ”ސުޕަރނެޓް“ އަކީ ގޭބިސީތަކާއި ވިޔަފާރިތަކަށް ޑިޖިޓަލް ޒަމާނުގައި ކުރިއެރުން ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ހިދުމަތެކެވެ. ގޭގައި ތިބެގެން މަސައްކަތްކުރުމާއި، އޮންލައިންކޮށް ކިޔެވުމާއި، ހައި-ޑެފިނިޝަން ސްޓްރީމިން އަދި ގޭމިން ފަދަ ކަންކަމަށް ބޭނުންވާ ހަލުވި އަދި އެއްވަރެއްގެ ޕާފޯމަންސެއް ކަސްޓަމަރުންނަށް މި ހިދުމަތުން ލިބެއެވެ.

އުމްރާނީ ވަސީލަތްތަކުގެ އިތުރުން، އުރީދޫ މޯލްޑިވްސްއިން އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރުންނަށް ލިބޭ ތަޖުރިބާ ރަނގަޅުކުރުމަށެވެ. އުރީދޫ ސުޕަރއެޕް ފަދަ ޑިޖިޓަލް ޕްލެޓްފޯމްތަކާއި، ޒަމާނީ ކަސްޓަމަރ ސަޕޯޓް ހައްލުތަކާއި، ކަސްޓަމަރުންނަށް ހާއްސަ ހިދުމަތްތަކުގެ ޒަރިއްޔާއިން، ހަލުވި އަދި ފަސޭހަ ޑިޖިޓަލް ތަޖުރިބާއެއް ކަސްޓަމަރުންނަށް ލިބޭކަން އެ ކުންފުނިން ކަށަވަރުކުރެއެވެ.

ރާއްޖެ ޑިޖިޓަލް މުސްތަގުބަލަކާ ދިމާލަށް މިސްރާބު ޖަހާފައިވާއިރު، އުރީދޫ މޯލްޑިވްސްއިން އަންނަނީ މި ދަތުރުގައި އިސް ދައުރެއް އަދާކުރަމުންނެވެ. އެ ކުންފުނިން އަންނަނީ އާ އީޖާދުތަކާއި ގުޅުންތައް ބަދަހިކޮށް، މުޅި ރާއްޖޭގެ މުޖުތަމައުތަކަށް ކުރިއެރުން ހޯދައިދެމުންނެވެ.

އުރީދޫއިން ބުނީ ވަރުގަދަ ބިންގަލަކާއި، ބައިނަލްއަގުވާމީ ފެންވަރުގެ ތައުރީފާއި، ސާފު ތަސައްވުރަކާއެކު، ހަގީގީ ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގެ އެންމެ ކުރީގައި އެ ކުންފުނިން އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: