ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީޕީ ހަމީދު އޮސްޓްރެލިއާގެ ޕޮލިސް ކޮމިޝަނަރާ ބައްދަލުކުރައްވައިފި!

ސިޕީ ހަމީދު އޮސްޓްރެލިއާ އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު، ކޮމިޝަނަރ އޮފް އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް، ރީސް ޕީ. ކަރޝޯ (CP Reece P. Kershaw) ގެ ދަޢުވަތަކަށް އޮސްޓްރޭލިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ މަނިކުފާނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުމުގައި، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް ދެެ މުއައްސަސާ އެކުގައި މަސައްކަތް ކުރެވޭނެ ދާއިރާތައް ދެނެގަނެ އެ ދާއިރާތަކުން އެއްބާރުލުމާއި އެހީތެރިކަން ދިނުމާގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މިގޮތުން، އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ އެހީތެރިކަމާއެކު ދިވެހި ފުލުހުން ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިންނާއި، ފައިނޭންޝަލް ކްރައިމްގެ ދާއިރާއިންނާއި، ސައިބަރ ކްރައިމް އަދި ތަޙްޤީޤު ކުރުމުގެ ތަފާތު ދާއިރާތަކުން ތަމްރީނުކޮށް ދިވެހި ފުލުހުންގެ ޤާބިލުކަން އިތުރު ކުރެވޭނެ ގޮތްތަކާމެދު ވަނީ މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން، ފުލުހުންގެ އިސް އޮފިސަރުންނަށް މެނޭޖްމަންޓް އާއި ލީޑަރޝިޕް ޓްރެއިނިންގ ދިނުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ ފޯރ ސްޕެޝަލިސްޓް އެންޑް ސަޕޯރޓް އޮޕަރޭޝަންސް، ކާލް ކެންޓް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް އޮޕަރޭޝަންސް، ބްރެޓް ޕޮއިންޓިންގ އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބައެއް އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި ކަމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވަނީ އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް (އޭ.އެފް.ޕީ) ގެ ބައެއް އެގްޒެކެޓިވް އޮފިސަރުންނާ ބައްދަލު ކުރައްވާފައެވެ.

މީގެ އިތުރުން، އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ޕޮލިސް މެނޭޖްމަންޓްގެ އެގްޒެކެޓިވް އޮފިސަރުންނާ ވެސް ކަމިޝަނަރ އޮފް ޕޮލިސް ވަނީ މިއަދު ބައްދަލު ކުރައްވާފައެވެ.

މި ބައްދަލުވުމުގައި، ކުރިއަށް އޮތް އަހަރުތަކުގައި ފުލުހުންގެ މެނޭޖްމަންޓް އަދި ލީޑަރޝިޕް ރޭންކްތަކުގެ ފުލުހުންނަށް އެ އިންސްޓިޓިއުޓްގެ ފަރާތުން ހިންގާ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުން ފުރުޞަތު ހޯދުމަށް މަޝްވަރާ ކުރައްވާފައިވެއެވެ.

އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް ގެ އިތުރުން، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވަނީ ނިއު ސައުތު ވޭލްސް ޕޮލިސް ފޯރސް ގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޑޭވިޑް ހަޑްސަންއާވެސް ބައްދަލު ކުރައްވާފައެވެ. މި ދަތުރުފުޅުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވަނީ ނިއު ސައުތު ވޭލްސް ޕޮލިސްގެ މެރިން އޭރިއާ ކޮމާންޑަށް ޒިޔާރަތްކުރައްވާ އެ ދާއިރާއިން ދިވެހި ފުލުހުން ތަރައްޤީ ކުރެވޭނެ ގޮތް މަޝްވަރާ ކުރައްވާފައެވެ.

މި ހިނގާ ފެބްރުއަރީ 8 އިން 14 އަށް ކުރައްވާ މި ދަތުރުފުޅުގައި، ނިއު ސައުތު ވޭލްސް ޕޮލިސް ފޯރސްގެ އިންޓެލިޖެންސް އެންޑް ފޮރެންސިކްސް އޮޕަރޭޝަންސް، K9 އަދި ސްޕެޝަލިސްޓް ރެސްޕޯންސް ގްރޫޕްއަށް ޒިޔާރަތްކުރައްވައި އެ ދާއިރާތަކުން ދިވެހި ފުލުހުން އިތުރަށް ތަމްރީނުކޮށް ތަރައްޤީކުރަން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: