ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައެއް ދާއިރާތަކަށް ޕީއެންސީއާއި ވާދަކުރެވޭނެ ބަޔަކު ނެތް، ރެފެރެންޑަމްއަކީ އެމްޑީޕީގެ ކާމިޔާބީއެއް ނޫން: ޒަރީރު

މަތިވެރި ދާއިރާގެ ޕީއެންސީގެ މެމްބަރު ހަސަން ޒަރީރު/ ފޮޓޯ: ސަންގު ޓީވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލް އިންތިހާބުގައި، އިންތިހާބަކަށް ނުގޮސް 70 ގޮނޑި ލިބުނީ އެ ޕާޓީގެ މެންބަރުންނާ ވާދަކުރެވޭ ފެންވަރުގެ މީހަކު އިދިކޮޅުގައި ނެތުމުން ކަމަށް މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ޒަރީރު ވިދާޅުވީ މަތިވެރި ދާއިރާގައި ހިމެނޭ ތިން ރަށް ކަމަށްވާ މަތިވެރި، މާޅޮސް އަދި ހިމަންދޫއަކީ ވަރަށް ބޮޑަށް އެމްޑީޕީ ކުލަ ޖެހިފައި އޮތް ރަށްތަކެއް ކަމަށާއި، މަލްޓި ޕާޓީ ސިސްޓަމް ރާއްޖެއަށް އައި ފަހުން މީގެ ކުރިން ބޭއްވި ކޮންމެ ކައުންސިލް އިންތިހާބެއްގައި ވެސް އެމްޑީޕީން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި ކަމަށެވެ. އެހެންކަމުން ޕީއެންސީއަށް ގޮނޑިތައް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، މިއީ މީގެ ކުރިން އެމްޑީޕީގެ ކަށަވަރު ދާއިރާއެއްކަމަށް ޒަރީރު ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ ޕީއެންސީން މިހާރު ވަނީ އެ ދާއިރާ ބޮޑުތަނުން އެ ޕާޓީއަށް ބަދަލުކޮށްފައި ކަމަށާއި، މިކަމުގައި ހާއްސަކޮށް ހިމަންދޫ ފާހަގަކޮށްލެވޭ ކަމަށެވެ. އަދި އެ ރަށުން މިފަހަރު ހުރިހާ ގޮނޑިއެއް ނަގާފައިވަނީ ޕީއެންސީން ކަމަށް ޒަރީރު ވަނީ ފާހަގަކުރައްވާފައެވެ. މަތިވެރި އާއި މާޅޮހުން ވެސް އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ޕީއެންސީން ކާމިޔާބުކޮށްފައިވާކަމަށް ޒަރީރު ވިދާޅުވި އެވެ.

މި ނަތީޖާއާއި 2028 ގުޅުވައި ޒަރީރު ވިދާޅުވީ، މިއީ ވަރަށް ބޮޑު ސިގްނަލްއެއްކަމަށާއި، ކުރިޔަށް އޮތް ތަނުގައި އެކި ދާއިރާތަކުން ހީނުކުރާ ވަރުގެ ބޮޑު ބަދަލެއް ފެންނާނެ ކަމަށެވެ. އަދި ބައެއް ކައުންސިލްތަކުން ލިބުނު ކާމިޔާބީއަކީ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ޕީއެންސީއަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއްކަމަށް ވެސް ޒަރީރު ވިދާޅުވި އެވެ.

މީގެއިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭ، ރިފަރެންޑަމް ވޯޓާއި ބެހޭ ގޮތުން ޒަރީރު ވިދާޅުވީ، އެއީ ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ނެގި ވޯޓެއްކަމަށާއި، އޭގެން ރައްޔިތުންގެ ހިޔާލު ވަރަށް ރަނގަޅަށް އެނގިގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ވިސްނުން ހުރި ގޮތް ބެލުމަށް ނެގި މި ވޯޓަކީ އެއްވެސް ހާލަތެއްގައި އެމްޑީޕީއަށް ކާމިޔާބެއް ނޫންކަމަށާއި މިއީ ސަރުކާރަށް އޮތް ތާއީދު ބަލަން ނެގި ވޯޓެއް ވެސް ނޫންކަމަށް ޒަރީރު ވިދާޅުވި އެވެ،

އިންތިހާބުގައި ދެ ޕާޓީއަށް ވެސް އެންމެ ބޮޑަށް މަސައްކަތް ކުރެވުނީ ކައުންސިލް އިންތިހާބަށްކަން ފާހަގަކުރައްވައި ޒަރީރު ވިދާޅުވީ، ކައުންސިލްގެ ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތައް ވެސް ކާމިޔާބު ކުރީ ޕީއެންސީން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: