ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އަލްހާން މިފަހަރު މާލޭ މޭޔަރު ކަމަށް!

އަލްހަން ފަހުމީ - މިނިވަން ކެންޑިޑޭޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ މޭޔަރުި ވާދަކުރުމަށް  ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އިލްކެޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށައަޅުައްވައިފިއެވެ.

އެމްޑީޕީގެ ނައިބު ރައީސް ކަން ވެސް ކޮށްފައިވާ، އަލްހާން މާލޭ މޭޔަރު ކަމަށް ކުރިމަތިލާން އިއްޔެ ފޯމު ހުށައެޅިއިރު، އިންތިޚާބުގައި އޭނާ ވާދަކުރަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ.

އަލްހާން މާމޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައި ވާއިރު، އޭނާ ވިދާޅުވާ ގޮތުގައި އޭނާ މޭޔަރު ކަމަށް ކުރިމަތިލީ “ކަންކުރަންވާ ގޮތަށް ކޮށްލަން” ވެގެންނެވެ.

https://twitter.com/AlhanFahmy/status/1227902865198342145

“އަޅުގަނޑު މިއަންނަނީ ކަންކުރަންވާ ގޮތަށް ކޮށްލަން! ރައްޔިތުންނާ ނިކަން ގާތަށް ރައީސް އޮފީސް ގެނެސްދޭން!” އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

https://twitter.com/AlhanFahmy

އަލްހާން ވިދާޅުވީ، މާލޭގެ ކޮށްމެ ރައްޔިތަކަށް މާލޭ އޭރިއާ އިން ބޯހިޔާވަހިކަން ހޯދައި ދެއްވާނެ ކަމަށެވެ. މާލެއަކީ އެންމެންގެ ރަށެއް ކަމަށާއި މާލޭގެ ރަށްވެހިކަމުގެ ހައްގުތައް މާލޭގެ ރަށްވެހިންގެ ގޮތުަގައި ރަޖސްޓްރީ ވެފައިތިބި އެންމެނަށް ހަމަހަމަ ވާނެ ކަމަށް އަލްހާން ވިދާޅުވިއެވެ.

މޭޔަރު ކަމަށް އިންތިޚާބުވެވަޑައިގެންފި ނަމަ ކޮށްދެއްވާނެ އިތުރު ކަންކަން ވެސް އަލްހާން ވަނީ މީސްމީޑިއާގައި ހިއްސާކޮށްފައެވެ.

އެގޮތުން، އޭނާގެ މޭޔަރުކަމުގައި އަސާސީ ޚިދުމަތްތައް އަތްފޯރާ ފަށަށް ގެނެސްދެއްވާނެ ކަމަށާއި މާލޭގެ މަގުތަކުގެ ޓްރެފިކް ބެލެހެއްޓުމުގެ ނިޒާމު، ޓްރެފިކް ލައިޓާ އެކު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ޓްރެފިކް ޕޮލިހުންގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާ ނިޒާމެއްގެ ދަށުން ރާވާ ހިންގާނަން ކަމަށް އޭނާ ވިދާޅުވިއެވެ.

“ކަރަންޓާއި ފެނާ ނަރުދަމާގެ ޚިދުމަތަކީ ޤާނޫނުގައި ކައުންސިލްތަކާ މަތިކޮށްފައި އޮތް ޒިންމާއެއް! މިހާރު މިޚިދުމަތް ދެނީ ސަރުކާރު ކުންފުންޏަކުން! މިކަން ހައްލުކުރުަމަށް އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ބޭރުގެ ފަރާތަކާ އެކު ކުންފުންޏެއް ހަދާ ކަރަންޓު އަގުހެޔޮ ކުރާނަން!” ކުރެއްވި ޓްވީޓެއްގައި އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ، ކައުންސިލްގައި ކޮންމެ ޕާޓީއެއްގެ މެމްބަރުން ތިއްބެވިޔަސް އެކުގާ މަސައްކަތް ކުރައްވާނެ ކަމަށެވެ.

https://twitter.com/AlhanFahmy/status/1225365898426343424

މީގެ އިތުރުން، މާލެ އަށް ދިމާވެފައިވާ ޕާކިން މައްސަލަ އަށް އިޝާރާތްކޮށް އޭނާ ވިދާޅުވީ، އޭނާގެ މޭޔަރު ކަމުގައި އިންޖީނުލީ އެއްވެސް އުޅަނދެއް މާލެއަށް ރަޖިސްޓަރީ ކުރެވޭނީވެސް އަދި އެތެރެކުރެވޭނީވެސް އެ އެއްޗެއް ވައްދާނެ ގަރާޖެއް ދެއްކުމުން ކަމަށެވެ.

އަލްހާން ވިދާޅުވީ، މާލެސިޓީ އަކީ ދިވެހިން ފަޚުރުވެރިވާފަދަ ސިޓީ އަކަށް ހަދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: