ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީޕްލޭން ޓާމިނަލްގެ މައްސަލައިގެ ތަހުގީގު އަވަސްކޮށްދީ، ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭނަން: އެމްއޭސީއެލް

އެމްއޭސީއެލްއިން އަލަށް ތަރައްގީކުރާ ސީޕްލޭން ޓާމިނަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދަމުން އަންނަ އާ ސީޕްލޭން ޓާމިނަލް ދޫކުރުމުގައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)  އަށް ތުހުމަތު ކުރެވޭ ޖިނާއީ ކަންކަން ތަހުގީގު ކުރުމުގައި އެ ކުންފުނީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.

އެމްއޭސީއެލް އިން މިފަދައިން ބުނެފައި މިވަނީ އެ ކުންފުނިން ހަދާ އައު ސީޕްލޭން ޓާމިނަލް ކުއްްޔަށް ދޫކުރުމުގައި ވަކި އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖައިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައިގެ ޖިނާއީ ތަހުގީގު ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނުމާއި ގުޅިގެންނެވެ.

އޭސީސީގެ ބަޔާނާ އެކު، އެމްއޭސީއެލް އިން ރޭ ކުރި ޓުވީޓެއްގައި ބުނީ، އާ ސީޕްލޭން ޓާމިނަލާ ގުޅޭ ގޮތުން ކޮންމެ އިދާރާއަކުން ވިޔަސް ކުރާ ކޮންމެ ތަހުގީގަކަށް އެ ކުންފުނީގެ އެއްބާރުލުން ލިބޭނެ ކަމަށެވެ. އަދި މިހާތަނަށް ވެސް އެމްއޭސީއެލްގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ކަމާ ގުޅޭ އިދާރާތަކަށް ދީފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އޭސީސީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އާ ސީޕްލޭން ޓާމިނަލް ޖާގަ ދޫކުރުމުގައި އަކަމީޓަރެއް 10.35 ޑޮލަރަށް ކުއްޔަށް ދޫކުރަން އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑްގެ ބައްދަލްވުމެއްގައި ނޮވެންބަރު 28، 2017 ގައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ބޯޑްގައި ކުރިން ތިއްބެވި ފަރާތްތަކާއި، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑްގައި މިހާރު ތިބި ފަރާތްތަކާއި، ވީއައިއޭގައި މިހާރު ސީޕްލޭން އޮޕަރޭޓްކުރާ ތިން ފަރާތުގެ ތެރެެއިން އަމިއްލަ ދެ ކުންފުނި ކަމަށްވާ ޓީއެމްއޭ އަދި މަންތާ އެއާ އާ ދެމެދު އާއިލީ އަދި ވިޔަފާރީގެ ގުޅުން އޮންނައިރު، އެމްއޭސީއެލްގެ ބޯޑްގައި ކުރިން ތިއްބެވި ފަރާތްތަކާއި، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑްގައި މިހާރު ތިއްބެވި ފަރާތްތަކުގެ މަސްލަހަތު އެ ދެ ކުންފުނީގައި އޮންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

https://twitter.com/MACLmedia/status/1228014491461275648

އޭސީސީން ބުނީ އެ ކޮމިޝަނުން ކުރި ތަހުގީގުން ފާހަގަ ކުރެވުނު ވަރަށް ގިނަ ކަންތައްތައް ރަނގަޅު ކުރުމަށް އެމްއޭސީއެލްއަށް އަންގާފައިވާ ކަމަށާއި މި މައްސަލާގައި ވަކި އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖައިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން އާ ސީޕްލޭން ޓާމިނަލްއާ ގުޅޭ ގޮތުން އޮޕަރޭޓަރުންނާއެކު މަޝްވަރާކުރި ނަމަވެސް އެއްވެސް ފަރާތަކާއެކު އެއްބަސްވުމެއް ހަދާފައިނުވާކަން ވެސް ފާހަގަކޮށް އެ ނޫންވެސް ވަރަށް ގިނަ ކަންކަން އޭސީސީގެ ބަޔާނުގައި ހިމަނާފައި ވެއެވެ. އެގޮތުން ދައުލަތަށް އެންމެ ފައިދާހުރި ގޮތާއި، ދައުލަތަށް ގެއްލުން ލިބޭނެ ގޮތްތައްވެސް އެ ބަޔާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: