ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުން ހުވާވޭ މޭޓް 20 އެކްސް ރާއްޖެ އަށް!

5ޖީ ނެޓްވޯކް ސަޕޯޓު ކުރާ ހުވާވޭ މޭޓް 20 އެކްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގުން 5ޖީ ނެޓްވޯކް ސަޕޯޓު ކުރާ ހުވާވޭ މޭޓް 20 އެކްސް ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

އިއްޔެ އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ހަފްލާއެއްގައި މި ފޯނު ރާއްޖެ އަށް ތައާރަފްކޮށްދެއްވީ، ދިރާގުގެ ޗީފް މާކެޓިން އޮފިސަރު މަހުމޫދު ދަސަރު އެވެ.

މި ފޯނު މިހާރު ދިރާގުގެ ވެބްސައިޓްގެ https://www.dhiraagu.com.mv/Huawei_Mate20_X5G.aspx? މި ޕޭޖުން މިހާރު ގަންނަން ލިބޭނެއެވެ.

ދިރާގުގެ ޑިވައިސް މެނޭޖަރު އަހުމަދު އިޝާން ވިދާޅުވީ، ފޯނު ގަންނަން ހުޅުވާލި ނަމަވެސް ކަސްޓަމަރުންނަށް ފޯނު ހަވާލު ކުރަމުންދާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ކަމަށެވެ.

ދިރާގުން މައުލޫމާތުދޭ ގޮތުގައި 15،899 ދިވެހި ރުފިޔާ އަށް ވިއްކަމުންދާ މި ފޯނު އިންސްޓޯލްމެންޓަށް ދޫކުރާނެއެވެ. އެގޮތުން، އިންސްޓޯލްމަންޓް އަށް ފޯނު ނަގާ އެ ކުންފުނީގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކޮންމެ މަހަކު ދައްކަން ޖެހޭނީ 2000 ރުފިޔާ އަށްވުރެ ކުޑަ އަދަދެކެވެ. ނަމަވެސް، ޑައުންޕޭމަންޓުގެ ގޮތުގައި 3،499ރ. ދައްކަން ޖެހޭނެ ކަމަށް ދިރާގުން ބުނެ އެވެ.

“5ޖީ ނެޓްވޯކްގެ އެންމެ ހާއްސަ ކަމަކީ ޑައުންލޯޑް ސްޕީޑް ވަރަށް މަތިވުން. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ޑިޖިޓަލް ރާއްޖެއެއް ގާއިމް ކުރުމަށްޓަކައި އަޅުގަނޑުމެން މި ކުރާ މަސައްކަތްތަތކުގެ ތެރޭގައި 5ޖީ އަކީ އޭގެއިން ވަރަށް މުހިންމު ރޯލެއް އަދާކުރާ އެއް ޓެކްނޮލޮޖީ،” ހަފްލާގައި ވާހަކަދައްކަވަމުން އިޝާން ވިދާޅުވި އެވެ.

ރާއްޖޭގައި 5ޖީ ނެޓްވޯކް ލިބޭ ސަރަހައްދުތަކުގެ ތެރޭގައި ހިމެނެނީ މާލޭގެ ބްރިޖް ވިއުއިން ޕްލެޓްފޯމާއި ދިރާގު ހެޑް އޮފީސް ހުންނަ ސަރަހައްދާއި ހުޅުލެ އާއި ހުޅުމާލެ އަދި ކުޅުދުއްފުއްޓާއި އައްޑޫ ސިޓީ ހިތަދޫ އެވެ.

ހުވާވޭގެ ފޯނަކީ ފްރަންޓް ކެމެރާއާ އެކު ހަތަރު ކެމެރާ ހިމެނޭ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ފޯނެކެވެ. މި ފޯނުގެ ކެމެރާތަކުގެ ތެރޭގައި 40 އެމްޕީ އާއި 20 އެމްޕީ އަދި 8 އެމްޕީގެ ކެމެރާ ހިމެނެ އެވެ. ފްރަންޓް ކެމެރާއަކީ 24 އެމްޕީގެ ކެމެރާއެކެވެ.

ދިރާގަކީ ސައުތު އޭޝިއާގައި ފުރަތަމަ 5ޖީ ޚިދުމަތް ތައަރަފުކުރި ކުންފުންޏެވެ.

https://www.facebook.com/dhiraagufans/videos/562973164561431/

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: