ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާތަކަށް ފިޔަވަޅު އެޅުމުގެ ގަވާއިދު އާންމުކޮށް އަމަލުކުރަން ފަށައިފި

ނޫސްވެރިން ކުރި އިހުތިޖާޖެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މީޑިއާތައް ރެގިއުލޭޓުކުރުމަށްޓަކައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކާއި މައްސަލަތައް ބަލައި ފިޔަވަޅުއެޅުމާ ގުޅޭ އާ ގަވާއިދު އެކުލަވައިލައި މިއަދު އަމަލުކުރަން ފަށައިފިއެވެ.

މި ގަވާއިދުގެ މައިގަނޑު މަގުސަދަކީ މީޑިއާގެ ވަސީލަތްތަކުން ފަތުރާ ކޮންޓެންޓާ ގުޅިގެން ހުށަހަޅާ ޝަކުވާތައް އިންސާފުވެރި އަދި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ބަލައި، ގާނޫނާއި ގަވާއިދާ ހިލާފުވާ ހާލަތްތަކުގައި އެކަށީގެންވާ ފިޔަވަޅު އެޅުމެވެ.

މި ގަވާއިދުގެ ދަށުން ކޮންމެ ފަރާތަކަށް ވެސް މީޑިއާއާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. މީގެ އިތުރުން ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތީންނާއި ދައުލަތުގެ މުއައްސަސާތަކުން ހުށަހަޅާ މައްސަލަތައް ވެސް ބެލުމުގެ ބާރު ކޮމިޝަނަށް ލިބިގެންވެއެވެ. ކޮންޓެންޓަކާ ގުޅޭ ޝަކުވާއެއް ހުށަހަޅާ ނަމަ، އެ ކޮންޓެންޓެއް ޝާއިއުކުރި ނުވަތަ ބްރޯޑްކާސްޓުކުރި ތާރީހުން ފެށިގެން 45 ދުވަހުގެ ތެރޭގައި ހުށަހަޅަން ޖެހެއެވެ.

މައްސަލައެއް ހުށަހެޅުމުން އެ މައްސަލަ ބަލާނީ ހާއްސަ ވަގުތީ ކޮމިޓީއަކުންނެވެ. މައްސަލަ ރައްދުވާ ފަރާތަށް ޖަވާބުދާރީވުމަށް ހަތް ދުވަހުގެ މުއްދަތެއް ދޭންޖެހޭއިރު، ޝަކުވާ ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި ކޮމިޝަނުން ގޮތެއް ނިންމަންޖެހެއެވެ. ކޮމިޝަނުގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ، ހަތް ދުވަސް ތެރޭގައި މުރާޖައާ ކުރަން ހުށަހެޅުމުގެ ފުރުސަތާއި، ހަ މަސް ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ވެސް އޮވެއެވެ.

ގަވާއިދާ ހިލާފުވާ ބްރޯޑްކާސްޓަރުން 50,000 ރުފިޔާ އާއި 250,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ. އަދި ނޫސް މަޖައްލާތައް 5,000 ރުފިޔާ އާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. މީގެ އިތުރުން ކަންކަން އިސްލާހުކުރަން އެންގުމާއި، އާންމުކޮށް މައާފަށް އެދުމަށް އެންގުމުގެ އިތުރުން، ލައިސެންސް ނުވަތަ ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ވެސް ކޮމިޝަނަށް ލިބިގެންވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ސުލޫކީ މިންގަނޑާ ހިލާފުވާ ވަކިވަކި ނޫސްވެރިންނަށް ވެސް މި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅިދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: