ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިކަމުގެ ގާނޫނަށް ހުށަހެޅި އިސްލާހުތަކަކީ މަސްވެރިންގެ ހައްގުގައި ގެނެވޭ މުހިންމު ބަދަލުތަކެއް: ފަލާހް

އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މިހާރު ހުށަހަޅާފައިވާ އިސްލާހުތަކަކީ މަސްވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ފަރުމާކޮށްފައިވާ، ވަރަށް ބޭނުންތެރި އަދި މުހިންމު އިސްލާހުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ވެރިކަން ކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ.

މަސްވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސްކުރައްވަމުން ފަލާހް ވިދާޅުވީ، މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސޯދުގެ ލޭނާރު ކަމަށެވެ. އަދި ފަތުރުވެރިކަން ރާއްޖެއަށް ތައާރަފްވުމުގެ ކުރިން ރައްޔިތުންގެ މައިގަނޑު އާމްދަނީއަކީ މަސްވެރިކަން ކަމަށާއި، މިހާރު ވެސް އެއީ ފަތުރުވެރިކަން ފިޔަވައި ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ދާއިރާކަން އޭނާ ފާހަގަކުރެއްވިއެވެ.

މަސްވެރިކަމުގެ ގާނޫނަށް ޖުމްލަ 17 އިސްލާހެއް ހުށަހަޅާފައިވާކަން ފާހަގަކުރައްވަމުން ފަލާހް ވިދާޅުވީ، މި އިސްލާހުތަކުގެ މައިގަނޑު މަގުސަދަކީ މަސްވެރިންނަށް މިހާރު ދިމާވަމުންދާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށެވެ. މީގެ އިތުރުން، ކަނޑުމަތީގައި ދިމާވާ ގޮންޖެހުންތަކާއި، އެންދެމުމުގެ ތެރޭގައި ފަރުތަކާއި ގިރިތަކަށް ލިބިދާނެ ގެއްލުންތަކަށް ރިއާޔަތްކޮށް، ތިމާވެށި ހިމާޔަތްކުރުމުގެ ބަޔަކަށް ވެސް މި ބިލުގައި އިސްލާހުތައް ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަންނަ ބޭރުގެ އުޅަނދުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ، މިހާތަނަށް އެފަދަ އުޅަނދުތައް ހިފެހެއްޓުމުން އެ އުޅަނދުތަކާއި އޭގައި ތިބޭ މީހުން ބެލެހެއްޓުމުގެ ހުރިހާ ބުރައެއް އުފުލަން ޖެހެނީ ދައުލަތުން ކަމަށެވެ. ނަމަވެސް އާ އިސްލާހުގެ ދަށުން، އެކަށީގެންވާ ޑިޕޮސިޓެއް ކަސްޓަމްސްގައި ބެހެއްޓުމަށްފަހު، ޝަރީއަތުން ވަކި ގޮތެއް ނިންމަންދެން އުޅަނދު ދޫކޮށްލެވޭނެ ހަރުދަނާ އުސޫލެއް ގާއިމުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”ޝަރީއަތުން ނިންމާ ގޮތެއްގެ މަތިން އެ ފަރާތްތަކުގެ އެއްވެސް ކުށެއް ނެތްނަމަ ޑިޕޮސިޓް ފައިސާ ވެސް ދޫކޮށްލެވިދާނެ. އަދި އެ ފައިސާއިން އެފަރާތްތަކުން ރާއްޖޭގެ ފަރަކަށް ނޫނީ ގިރިއަކަށް ދީފައިވާ ގެއްލުމުގެ ބަދަލު ވެސް ނެގިދާނެ،“ ފަލާހް ވިދާޅުވިއެވެ.

ފަލާހް އިތުރަށް ވިދާޅުވީ، ސަރުކާރުން މި ބިލަށް އިސްލާހު ހުށަހަޅާފައިވަނީ ޒަމާނާ އެއްގޮތަށް، ކަންކަން އިތުރަށް ހާމަކަން ބޮޑުވެ، އިންސާފުވެރިކަމާއެކު ކުރިއަށް ގެންދެވޭނެ މަގު ފަހިކުރުމަށްޓަކައި ކަމަށެވެ. މި އިސްލާހުތަކާއެކު މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އޭނާ އުންމީދު ކުރައްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: