ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިންނަށް ވިސާ އާއި ނުލައި 90 ދުވަހުގެ މުއްދަތަށް އަޒަރުބައިޖާންއަށް މިހާރު ދެވޭނެ

ފޮޓޯ: ޓްރެވަލް ޓްރޭޑް
ޝެއާރކޮށްލާ ކަހަލަދޯ؟

އަޒަރުބައިޖާން އަށް ދަތުރުކުރާ ދިވެހިންނަށް ވިސާ އާ ނުލައި 90 ދުވަހުގެ މުއްދަތަށް އެ ޤައުމަށް ޒިޔާރަތް ކުރެވޭގޮތަށް މިއަދު ހަމަޖައްސައިފިއެވެ. މިއީ ދިވެހި ސަރުކާރުން ބައިނަލްއަޤުވާމީ މައިދާނުގައި ދިވެހި ޕާސްޕޯޓުގެ ބާރުގަދަކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ލިބުނު ކުރިއެރުމެކެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރާއްޖެއާއި އަޒަރުބައިޖާން އާ ދެމެދު ސޮއިކޮށްފައިވާ ވިސާ އެގްޒެމްޝަން އެއްބަސްވުމަށް މިއަދު ޢަމަލުކުރަން ފެށުމާއެކު، ރާއްޖޭގެ އާންމު ޕާސްޕޯޓުގައި ދިވެހިންނަށް ގިނަވެގެން 90 ދުވަހުގެ މުއްދަތަށް އަޒަރުބައިޖާންގައި ވިސާ އާ ނުލައި މަޑުކުރެވޭނެ ކަމަށެވެ. އެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު މިއަދުން ފެށިގެން ދިވެހިންނަށް ވިސާއާ ނުލައި އަޒަރުބައިޖާނަށް އެތެރެވުމާއި، ޓްރާންސިޓްވުން އަދި 90 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ހުރުމުގެ ހުއްދަ ވަނީ ފަހިވެފައެވެ.

މިނިސްޓްރީން އިތުރަށް ވިދާޅުވީ، މި އެއްބަސްވުމަށް އަމަލުކުރަން ފެށިގެން ދިއުމަކީ ދިވެހީންނަށް ވިސާ އާ ނުލައި އަޒަރުބައިޖާން އަށް ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ދިވެހި ސަރުކާރުން ކުރަމުން ގެންދިޔަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. ރާއްޖެއިން އެގައުމާއެކު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.

ނަމަވެސް، އެ ޤައުމުގައި ދިގު މުއްދަތަކަށް ތިބުމަށާއި، ވަޒީފާ އަދާކުރުމާއި ތަޢުލީމް އުނގެނުމަށް ނުވަތަ ވިޔަފާރި ކުރަން ގަސްދުކުރާ ފަރާތްތަކުން ދަތުރުކުރުމުގެ ކުރިން ކަނޑައެޅިފައިވާ ވިސާއެއް ހޯދަންޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ. މިއީ އާންމުކޮށް ފަތުރުވެރިކަމާއި ކުރު މުއްދަތުގެ ޒިޔާރަތްތަކަށް ދެވޭ ލުޔެކެވެ.

އަޒަރުބައިޖާން އެއާލައިނުގެ ސީދާ ދަތުރުތައް ވެސް ރާއްޖެއަށް ކުރަމުން އަންނައިރު، އެ އެއާލައިނުން ރާއްޖެއަށް ދަތުރު ކުރަނީ އެ ގައުމުގެ ވެރިރަށް ބަކޫއިން ސީދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. މި ސީދާ ދަތުރުތަކާއެކު ވިސާގެ ލުއި ލިބުމުން، ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ދަތުރުތަކާއި ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެއެވެ.

ވިސާނެތި ދަތުރު ކުރެވޭ ގައުމުތައް އިތުރުވުމަކީ ދިވެހި ޕާސްޕޯޓުގެ ދަރަޖަ މަތިވެ، ބައިނަލްއަޤުވާމީ ގޮތުން ޕާސްޕޯޓް ވަރުގަދަވާ ކަމެއްކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: