ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިއުލް ސްޓޯރޭޖްގެ މަސައްކަތް ކަމާއި ގުޅުންހުރި ފަރާތްތަކާއި އެކު ދަނީ ކުރިޔަށް: ޒަމީރު

ފިނޭސް މިނިސްޓަރ މޫސާ ޒަމީރު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފިއުލް ސްޓޯރޭޖްގެ މަސައްކަތްތައް ފިނޭންސް މިނިސްޓްރިއާއި ޑިފެންސް މިނިސްޓްރީ އަދި އެސްޓީއޯ އާއި ގުޅިގެން ކުރިއަށްދާކަމަށް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސް، މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރައިސްުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅޭގޮތުން އުފައްދަވާފައިވާ ހާއްސަކޮމިތީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ ތެލުގެ އަގު ހުރީ ހިފެހެއްޓިފައިކަމަށާއި، މާކެޓުގައި ތެލުގެ އަގު މާބޮޑަށް ދަށަށްދާތަނަ ނުފެންނަކަމަށް ވެސް ޒަމީރު ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެއަށް ތެޔޮ ގެނައުމުގައި އެއްވެސް ދަތިކަމަކާއި ކުރިމަތިނުވާކަމަށް ވެސް ޒަމީރު ވަނީ ފާހަގަކުރައްވާފައެވެ.

މިހާރު އަމިއްލަ ފަރާތަތަކުން ވެސް ވަނީ ތެޔޮގެންނަން ފަށާފައިކަން ފާހަގަކުރައްވަމުން ޒަމީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރައްވާފައިވާ ފިއުލް ސްޓޯރޭޖްގެ މަސައްކަތްތައް ފިނޭންސް މިނިސްޓްރިއާއި ޑިފެންސް މިނިސްޓްރީ އަދި އެސްޓީއޯ އާއި ގުޅިގެން ކުރިއަށްދާކަމަށެވެ.

މޫސުމާއި މި ފަދަ ބައެއް ކަންކަމަށް ބެލުމަށް ފަހު ތިން ފޭސްއަކަށް ބަހާލައިގެން ދެ ސަރަހައްދެއްގައި މި ތަން ގާއިމްކުރުމަށް ނިންމާފައިވާކަމަށާއި، އަދި އެ ސަރަހައްދުތަކުގައި ކުރަން ޖެހޭ ސާރވޭތަކުގެ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ. އެ ކަމަށް މިހާރު އިޮތް ޕްލޭންއަކީ ކުރިއަށް އޮތް ދެހަފްތާ ނިމުމުގެ ކުރިން ރައީސުލް ޖުމްހޫރިއްޔާއަރިހަށް މި ކަމުގެ ކޮމްޕްރިހެންސިވް ޕްލޭނެއް އަދި ފީސަބިލިޓީއއި ފައިނޭސްސިން ޕްލޭނެއް ގެންދިއުންކަމުގައި ވަޒީރު ޒަމީރު ވިދާޅުވިއެވެ.

ވަޒިރު ވިދާޅުވީ ރާއްޖޭގައި މިވަގުތު ހުރި ސްޓޯރޭޖުން ނުވާނެކަން މިއީ އަހަރެމެން އެންމެނަށް  ވެސް އެނގޭކަމެއްކަމަށާއި، އަދި ނިމިދިޔަ 10 އަހަރަށް ބެލުކަމުގައި ވިޔަސް އަދި އިގްތިޞާދީ ލޮޅުންތަކަށް ބެލިކަމުގައިވިޔަސް ތެލުގެ ރިސާވެއް ބެހެއްޓިފައި ހުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

އެއް އަހަރުދުވަހުގެ ސްޓޮކު ބަހައްޓަނީ ކީއްވެގެންތޯ ވަރަށް ގިނަ ބޭފުޅުން ސުވާލުކުރައްވާކަމަށާއި، އޭގެ ޖަވާބަކީ 6 މަސްދުވަހުގެ ސްޓްކު ބަހައްޓާފައި އަނެއް ބައި ކުއްޔަށް ވެސް ދެވިދާނެކަމަށާއި، އިންޑިއާ ކަނޑުގެ ތެރޭގައި ސްޓޮކް ބަހައްޓަން ބޭނުންވާ ވަރަށް ގިނަ ކުންފުނިތައް އުޅޭކަމަށް އެ ބޭފުޅުންނަށް މައުލޫމާތު ލިބިފައިވާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: