ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިކަމުގެ ބިލަށް ތާއީދުކޮށް، އަސަދުގެ ފާޑުކިއުން އެމްޑީޕީއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަމުގެ ސިނާއަތަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކަށް ތާއީދުކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ގަމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބް މިއަދުގެ ޖަލްސާގައި ވާހަކަދައްކަވައިފިއެވެ.

މަސްވެރިކަމުގެ ގަވާއިދުތަކަށް ގެންނަ އިސްލާހުތަކަށް ބަހުސްކުރައްވަމުން، އޭނާ ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަދުގެ ބަހުސްގައި އަސަދުﷲ ވިދާޅުވީ، މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށްޓަކައި މިހާރު ހުށަހެޅިފައިވާ އިސްލާހުތަކަކީ ނުހަނު މުހިންމު ބަދަލުތަކެއް ކަމަށެވެ.

މަސްވެރި އާއިލާއަކަށް ނިސްބަތްވާ އަސަދުﷲ ފާހަގަކުރެއްވީ އޭނާއަކީ ހުވަދު އަތޮޅުގެ މަސްވެރިންނާ ގާތުން ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ދެނެވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. އަދި މަޖިލީހުގައި މިއަދު ވަކާލާތު ކުރައްވަނީ އެ މަސްވެރިންގެ ހައްގުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތެލުގެ އަގާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަސަދުﷲ ވިދާޅުވީ، ބާޒާރުގައި ޑީސަލް ލިޓަރެއްގެ އަގު ގާތްގަނޑަކަށް 31 ރުފިޔާއަށް އުފުލިފައިވީ ނަމަވެސް، މިހާރުގެ ސަރުކާރުން މަސްވެރިންނަށް ތެޔޮ ފޯރުކޮށްދެނީ ސަބްސިޑީއާއެކު ލިޓަރެއް ގާތްގަނޑަކަށް 17 ރުފިޔާއަށް ކަމަށެވެ. މި އެހީތެރިކަމުގެ މިސާލެއްގެ ގޮތުން، ކޫއްޑޫ ޖެޓީގައި އޮތް ގަމަނަފުށީގެ މަސްދޯންޏަކަށް ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަން އޭނާ ފާހަގަކުރެއްވިއެވެ.
އިދިކޮޅު އެމްޑީޕީއަށް އަމާޒުކުރައްވައި އަސަދުﷲ ވިދާޅުވީ، ނިމިދިޔަ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށެވެ. މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދައި، މަސް ގަތުމަށްފަހު ދޭންޖެހޭ ފައިސާ ނުދީ ހުރިކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

މީގެ އިތުރުން، ކުރީ ސަރުކާރު ނިމުނުއިރު ގިނަ އަދަދެއްގެ މަސް ސްޓޯރޭޖްގައި ހުރި ކަމަށް އިދިކޮޅުން ބުނާ ބުނުމަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ މަސް ރައްކާކުރެވޭނެ ގާބިލުކަމަށް ބަލާއިރު، އެއީ ގަބޫލުކުރެވޭނެ އަދަދުތަކެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މަސްވެރިކަމުގެ އިންފްރާސްޓްރަކްޗާގެ ހާލަތު ބަޔާންކުރައްވަމުން، ގިނަ އައިސް ޕްލާންޓްތައް ހުރީ ވަރަށް ދަށް ހާލަތެއްގައި ކަމަށްވެސް ވިދާޅުވިއެވެ.

އަސަދުﷲ ގެ ވާހަކަ ނިންމަވާލެއްވީ، ގަމަނަފުށީގެ މަސްވެރިން ތެޔޮ ހޯދުމުގައި ހުރި ދަތިތަކާ މެދު ކަންބޮޑުވުން ފާޅުކުރި ނަމަވެސް، މިހާރުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުން އެ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވިދާޅުވަމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: