ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑީކޯ ޗެމްބަރު އައްޑޫގައި ބަހައްޓާތީ ހުވަދޫ މަސްވެރިން ގެ ކަންބޮޑުވުން

ގދ. ތިނަދޫ މަސްވެރިން އިހުތިޖާޖު ކުރަނީ ---- ފޮޓޯ: މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފީނުމުގެ ތެރޭގައި ޑީކޯވާ މީހުންނަށް ފަރުވާ ދޭ ޗެމްބަރެއް އައްޑޫ ސިޓީގައި ބަހައްޓަން ސަރުކާރުން ނިންމާފައިވާތީ ހުވަދު އަތޮޅުގެ މަސްވެރިން ނުކުމެ އެކަމާ ދެކޮޅަށް އިހުތިޖާޖުކޮށްފިއެވެ. 

އައްޑޫ ސިޓީގައިގައި ޑީކޯވާ ފަރާތްތަކަށް ފަރުވާދެވޭނެ އިންތިޒާމު ގާއިމްކުރަން ސަރުކާރުން ނިންމާފައިވަނީ އެއީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ކެމްޕެއިންގައި އައްޑޫ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅަކަށް ވާތީ އެވެ.

މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޞާލިހު ވިދާޅުވީ، އަންނަ މަހުގެ ތެރޭގައި އައްޑޫގައި ޑީކޯ ޗެމްބަރެއް ހުޅުވިގެންދާނެ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫގައި ބަހައްޓަނީ ޝަންގްރިއްލާ ރިސޯޓުގައި ކުރިން އޮަޕަރޭޓް ކުރި ޑީކޯ ޗެމްބަރެވެ.

އެކަމާ ގުޅިގެން އިހުތިޖާޖުކޮށްފައި ވަނީ ގދ. ތިނަދޫ، ގއ. ގެމަނަފުށި އަދި ގއ. ނިލަންދޫގެ މަސްވެރިންނެވެ.

އެ މަސްވެރިން ބުނާ ގޮތުގައި އެންމެ ގިނަ މީހުން ޑައިވް ކުރަނީ އަދި އައްޑޫގެ ގިނަ މަސްދޯނިތައް ވެސް އެން ނަގަން އަންނަނީ ހުވަދު އަތޮޅަށެވެ. އަދި ޑީކޯވި ގިނަ ބަޔަކު މިހާރު ވެސް ތިބީ ހުވަދޫގައި ކަމަށާއި އެހެންކަމުން ޗެމްބަރެއް ބެހެއްޓުން އެންމެ މުހިންމީ ހުވަދޫގައި ކަމަށް އެ މަސްވެރިން ގަބޫލުކުރެއެވެ.

ރާއްޖޭގައި ޑީކޯވުމުގެ ގިނަ ހާދިސާތަކެއް ހިނގަމުންދާއިރު ޑީކޯވާ މީހުންނަށް ފަރުވާދިނުމަށް ހާއްސަ ޗެމްބަރެއް މިހާރު ގާއިމްކޮށްފައި ހުރީ ބަނޑޮސް އައިލެންޑް ރިސޯޓުގައި އެކަންޏެވެ. އަދި މީގެ ކުރިން އައްޑޫ ސިޓީ ޝަންގްރިއްލާ ރިސޯޓުގައި އޭގެ ޗެމްބަރެއް ހުރި ނަމަވެސް އެ ޗެމްބަރު މިހާރު ބޭނުމެއް ނުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: