ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ފައިސާތަކެއް ހިފަހައްޓައިފި

ކަސްޓަމްސް އިން ހިފެހެއްޓި ކަމަށް ބުނާ ފައިސާތައް - ފޮތޯ: ޓްވީޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ޤަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ ޢަދަދެއްގެ ފައިސާ ކަސްޓަމްސްއިން ހިފަހައްޓައިފި އެވެ.

ކަސްޓަމްސް އިން ނެރުނު ބަޔާނުގައި ބުނީ، އެ އިދާރާއަށް ޑިކްލެއާ ނުކޮށް ހަތަރު މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ބޭރު ކުރަން އުޅެނިކޮށް އަތުލައިގަތީ ދެ ދުވަހެއްގެ މަތިން ކަމަށެވެ. އަދި ފައިސާތަކާއިއެކު އެ މައްސަލައިގައި ދެ ދިވެއްސަކާއި ބިދާސީއަކު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ.

މީގެއިތުރުން ކަސްޓަމްސްއިން ބުނީ، މިދިޔަ މަހުގެ 22 ވަނަ ދުވަހު 1.3 މިލިއަން ދިވެހި ރުފިޔާގެ ބޭރު ފައިސާއާއެކު 31 އަހަރުގެ ދިވެހި ފިރިހެނަކު އަތުލައިގެންފައިވާ ކަމަށެވެ.

https://twitter.com/CustomsMv/status/1228363758751240193

ހަމައެހެންމެ މިދިޔަ ބުދަ ދުވަހު 2.1 މިލިއަން ދިވެހި ރުފިޔާ ހިފަހައްޓައި 29 އަހަރުގެ ދިވެހި ފިރިހެނަކު އަތުލައިގެންއިރު، ހަމައެދުވަހު ހަ ލައްކައަށްވުރެ ގިނަ ދިވެހި ރުފިޔާއާއިއެކު ކަސްޓަމްސް އިން ވަނީ 33 އަހަރުގެ ބަންގުލަދޭޝް ފިރިހެނަކު އ ެއިދާރާގެ ބެލެމުގެ ދަށަށް ގެންގޮސްފައެވެ.

ކަސްޓަމްސް އިން ބުނީ މި މައްސަލަތައް މިހާރު ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: