ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ކެންޑިޑޭޓުން ތިބީ ތައްޔާރަށް، ވޯޓުދެއްވާ – ރައީސް ޞާލިހު

އެމްޑީޕީއިން ކައުންސިލް އިންތިހާބަށް ކުރިޔަށް ގެންދިޔަ ރަށްވެހި ފަތިސް ކެމްޕޭނުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިނތިހާބަށް ނުކުންނަ މޯލްޑިވިއަން ޑިމަކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓުން ތިއްބެވީ ބަރާބަރަށް ތައްޔާރުވެގެން ކަމަށާއި އެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު އެދިވަޑައިގެންފިއެވެ..

ރައީސް މިހެން ވިދާޅުވީ، މިއަދު ކުރިއަށްދިޔަ އެމްޑީޕީގެ ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ފައްޓަވައި ދެއްވުމަށް ފަހު، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިހު ވިދާޅުވީ، އެމްޑީޕީގެ އަމާޒަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޮޑު ތަނުން ކާމިޔާބު ކުރުން ކަމަށާއި އަދި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން ޖެހޭ މުހިންމު މަގްސަދުތަކެއް ހުރި ކަމަށެވެ.

އެގިޮތުން ލާމަރުކަޒީ ނިޒާމަށް ދާދި ފަހުން ގެނައި ބަދަލުތަކުގެ ސަބަބުން ކައުންސިލްތަކަށް ބާރުތަކެއް ދީފައި ހުރުމުން ސަރުކާރުން ހިންގަން ޖެހޭ މަޝްރޫއުތަކަށް ކައުންސިލްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޭނުންވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“އެހެންވީމަ، ކުރިއަށް އޮތް އިންތިހާބުގައި ސަރުކާރުގެ އެޖެންޑާ ތަންފީޒު ކުރާނެ ބަޔަކު ކައުންސިލްތަކުގައި ތިބުމަކީ ވަރަށް މުހިއްމު ކަމެއް. އެހެން ބަލާ އިރު، އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ އެމްޑީޕީގެ ކެންޑިޑޭޓުން މިކަމަށް ބަރާބަރަށް ތައްޔާރަށް ތިބި ކަމަށް،” ރައްޔިތުންގެ މަޖިލިހުގެ ރައީސް، މުހައްމަދު ނަޝީދާއި މަޖިލިހުގެ މެމްބަރުންނާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވި މި ހަރަކާތުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ތާއީދު ކުރައްވާ އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އިލްތިމާސް ކުރައްވައިފައެވެ. އަދި ވިދާޅުވީ ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާނބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީއަށް ވުރެ ބޮޑު ކާމިޔާބީއެއް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. 

“އެހެންކަމުން އަޅުގަނޑަށް ގަބޫލު ކުރެވެނީ އެއަށް ވުރެ ބޮޑުކޮށް އިންތިހާބު ކުރެވޭނެ ކަމަށް،” އެމްޑީޕީގެ ހަރުގެ ކައިރީގައި ހުންނަވައި ރައީސް ވިދާޅުވިއެވެ.

އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ބޭނުން ކުރާ ސްލޯގަންއަކީ “ރަށްވެހި ފަތިސް”އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: