ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ މުދަލެއް ރައްޔިތުންނަށް ގެއްލުންވާ ގޮތަށް އެއްވެސް ބަޔަކަށް ދިނުމަކީ ގޯހެއް: އަލީ ހުސެން

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގޯސްކޮށް ހިނގާފައިވާ ކަމެއްގެ މައްޗަށް ބިނާކޮށް ފަހުން ގެއްލުމުގެ ބަދަލު ދޭންޖެހުނަސް ހެޔޮކަމަށް ބަލައި، ދައުލަތުގެ މުދަލެއް ރައްޔިތުންނަށް ގެއްލުންވާ ގޮތަށް އެއްވެސް ބަޔަކަށް ދިނުމަކީ ގޯހެއް ކަމަށް މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެން ވިދާޅުވެއްޖެއެވެ. 

އައު ސީޕްލޭން ޓާމިނަލްގެ މައްސަލައަށް އަވަސް ހަލެއް ނުހޯދިއްޖެނަމަ ދައުލުން ބޮޑު ގެއްލުމުގެ ބަދަލެއް ދޭން ޖެހިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދަޏދިވަޅެއްގައި އަލީ ހުސެން ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އަވަސް ވިޔަސް ލަސްވިޔަސް ގޯސްކޮށް ހިނގާފައިވާ ކަމެއް ރަނގަޅު ކަމަކަށް ހަދައި ގެއްލުމުގެ ބަދަލު ދިނުމަކީ ބޮޑު ގޯހެއް ކަމަށެވެ. 

މީގެއިތުރުން އަލީ ހުސެން ވަނީ ދައުލަތުން އެކިއެކި ފަރާތްތަކަށް ދެމުން ގެންދާ ގެއްލުމުގެ ބަދަލަށް ވެސް ފާޑުވިދާޅުވެފައެވެ. 

އެގޮތުން އޭނާ ވިދާޅުވީ ގެއްލުމުގެ ބަދަލު ހޯދުމުގެ ވިޔަފާރި ވަރަށް ބޮޑުތަނުން ފުޅާވަމުންގޮސް މިހާރު އެ ވިޔަފާރި އޮތީ ފުށިދިއްގަރު ފަރަށް އަރާފައި ކަމަށެވެ. އަދި ވިދާޅުވީ  2025 ގައި ލިބޭނެ ގެއްލުމާއި 2040 ވަނަ އަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ގެއްލުން 2020 ގައި އެއްބޮނޑިޔަކަށް ބަނދެފައި ގަނޑުކޮށް ދޭކަށް ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. 

އައު ސީޕްލޭން ޓާމިނަލް ހިންގުން ހަވާލު ކުރުމަށް ނިންމާފައިވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް ވަކި ފަރާތަަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށްކަމަށް ބުނެ އޭސީސީއަށް ހުށަހެޅިފައިވާ މައްސަލައިގެ ތަހްގީގާއި ގުޅޭ ގޮތުން އެ އެކަމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ އައު ޓާމިނަލް ޓީއެމްއޭއަށް ދޭން ނިންމާފައިވާ އަގަށްބަލާއިރު އަހަރަކު ދައުލަތަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާގެ) ގެއްލުމެއް ލިބޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: