ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކުވެރި ކުދިންކޮޅަށް ފައިސާ ކޮޅެއް ދޭން އެލެކްސް މަސައްކަތް ކުރަމަކީ ސަޕްރައިޒެއް ނޫން

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު، އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިޙް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ވެރިކަމުގެ ތަޙުތުގައި މިއަދު އިންނެވި ހިންނަވަރު ނޫރާނިއާގޭ އިބްރާހިމް މުހައްމަދު ސާލިހު ދިވެހި ވެރިކަަމުގެ ތަހުތު ހޯއްދެވުމަށް ކުރެއްވި ބިޔަ ބޮޑު ޖަޒީރާ ކެމްޕެއިންގައި އެންމެ އަޑުހަރުކޮށް ވިދާޅުވި އެއް ވާހަކަފުޅަކީ އެމަނިކުފާންގެ ވެރިކަމުގެ ކޮއިލުގެ ތެރޭގައި ކޮރަޕްޝަނާއި ވައްކަމާއި ފަސާދަ އަށް އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށާއި އެމަނިކުފާނުގެ ސިޔާސަތަކީ ކޮރަޕްޝަނަށް “ޒީރޯ ޓޮލަރެންސް” ކަމަށެވެ.

ބޭފުޅެއްގެ ހިތްޕުޅު ކަތިލެއްވުމަށް ފަހު ހިންނަވަރު ކުއްޖަކު ހާއްސަކޮށް ފާދިއްޕުޅަށް އުފަން ދަރިއަކު މިފަދަ ވާހަކަފުޅެއް ބަސްފުޅުތަކެއް ވިދާޅުވުމަކީ އަޅުގަނޑަށް ވަރަށް ވެސް ބޮޑު އުފަލަކާއި ހިތްހަމަ ޖެހުމެއް ލިބިގެން ދިޔަކަމެކެވެ. ސަބަބަކީ އަޅުގަނޑާއި ފާދިއްޕުޅާ ވެސް ކޮންމެވެސް ވަރެއްގެ ގުޅުމެއް އޮތުމެވެ. އެހެން ކަމުން ފާދިއްޕުޅުގެ ދަރިއަކު އެފަދަ ވާހަކަފުޅެއް ދެއްކެވީތީ އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަމެވެ.

ކޮންމެއަކަސް ހިންނަވަރު ކުއްޖާ ވެރިކަމުގެ ތާޖު އަޅުއްވައިގެން އިއްވެވި ފުރަތަމަ ރިޔާސީ ފަރްކޮޅުގައި ވެސް ވިދާޅުވީ”ޒީރޯ ޓޮލަރެންސް”ގެ ވާހަކަފުޅެވެ. ޖަޒީރާ ގައުމުގެ އިޖުތިމާއީ ފޭރާން ވީދި، މިސްރާބު ގެއްލިފައި އޮތް މިންވަރާއި އެކަން ބަދަލުކޮށް ދުސްތޫރީ ނިޒާމްގެ ރޫފަ ރަނގަޅު ކުރަން ކުރައްވާނެ ކަންކަން ހިމަނުއްވައި ރައްޔިތުންގެ މަޖިލީހަށް އިއްވެވި ރިޔާސީ ފަތްކޮޅުގައި ހަރުކަށި ފިޔަވަޅު އެޅުމުގެ އެއް ވިސްނުންފުޅު ގެންގުޅުއްވީ ކޮރަޕްޝަނާ ދެކޮޅަށެވެ.

މ،އ ކާމިނީ ހުޅުނގުގޭ އަބްދުﷲ ޔާމީންގެ ސަރުކާރުގައި އާދައިގެ ކަމަކަށް ވެފައި އޮތް ކޮރަޕްޝަންގެ ބައިވެރިން ކަމަށް އެންމެ ބޮޑަށް ތުހުމަތު ކުރެވުނު މެމްބަރުން ވެސް ހިމެނުނު 18 ވަނަ ރައްޔިތުންގެ މަޖިލިހުގެ އެންމެ ފަހު ދައުރު ހުޅުވައިދެއްވަމުން ޖަޒީރާ ރައީސް ވިދާޅުވީ ހިޔާނާތުގެ ކުރިމަތީގައި އެމަނިކުފާނު “ކުޑަކަކޫ ނުޖައްސަވާނެ” ކަމަށެވެ. މެމްބަރުންނަށް ބައްލަވައި އަޑުފުޅަށް ބާރުލައްވައި، އެކަމުގެ ޔަގީންކަން ވެސް މަޖިލީހަށް އެރުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް

ހިންނަވަރަށް ނިސްބަތްވާ ޖަޒީރާ ރައީސް ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގެންނެވި އިރު ކޮރަޕްޝަނާއި ވައްކަމުގެ ޖަރާސީމު އަށަގެންފައި ނުވާ އެންމެ ގުނަވަނެއް ވެސް ދައުލަތުގެ ތެރޭގައި ނެތް ކަމަށެވެ. ފަސާދަ އާއި ޚިޔާނާތުން ކިލަނބު ނުވާ އެންމެ އިދާރާއެއް ވެސް މި ޖަޒީރާ ގައުމުގައި ނެތް ކަމަށް ވިދާޅުވި އެވެ.

މި ޖަޒީރާ ގައުމު އެ ހާލަތަށް ދިޔައީ، އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ކޮރަޕްޝަން ހުއްޓުވާނެ ގާނޫނުތަކާއި ގަވާއިދުތައް ނެތިގެނެއް ނޫނެވެ. އަދި އެފަދަ މައްސަލަތަކުގައި ތަހުގީގުކޮށް ދައުވާކުރާ އިދާރާތައް ވެސް ހުރީ އާއްމު އުސޫލުން ހިނގަހިނގާ ކަމަށް ވިދާޅުވި އެވެ.

ޖަޒީރާ ރައީސް ތަކުރާރު ކުރެއްވި ގޮތުގައި ދައުލަތުގެ މުދަލާއި ފައިސާ، ނާޖާއިޒު ގޮތެއްގައި ބަޔަކު ބޭނުންކުރިއިރު އެކަމާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅެއް މިއަދު ކަޅު ފައިސާ ދޮވެ ސާފު ކުރުމުވެ ކުށުގައި ޖަލުގައި އޮންނެވި އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަޅުއްވާފައެއް ނެތެވެ. އެ މައްސަލަތައް ބަލައި ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ޖަޒީރާ ރައީސް ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފަ އެވެ.

ކުރީގެ ރައީސް އަބްދިﷲ ޔާމީން އާއި މިހާރުގެ ރައީސް ސާލިޙް ސަލާމް ކުރައްވަނީ

ކަޅު ފައިސާ ހުދުކުރަން މަސައްކަތް ކުރި ކަން ސާބިތުވެފައިވާ އަބްދު ޔާމީންގެ ސަރުކާރުގައި އެންމެ ބޮޑު އެއް ހިޔާނާތަކީ، ޓޫރިޒަމަށް ފަޅުތަކާއި ރަށްތައް ވިއްކައިގެން ދައުލަތަށް ވަންނަން ޖެހޭ ފައިސާ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށް ބޭނުންކުރި މައްސަލަ އެވެ.

ކޮންމެއަކަސް ކޮޅުފައިސާ ދޮވެގެން ކުށް ސާބިތުވި ރައީސްގެ ވާހަކައާއި އެ ރައީސްގެ ވެރިކަމުގަިއ ހިންގެވި ކޮރޮޕްޝަނާއި ވައްކަމާއި ފަސާފައިގެ ވާހަކަ އަޅުގަނޑު ކުރުކޮށްލުމަށް ފަހު ޖަޒީރާ ރައީސްގެ ވެރިކަމުގެ ކޮއިލުން މިއަދު މިފެންނަނީ ކޮންކަމެއްތޯ އަޅުގަމޑުގެ ހިތައް އަރައެވެ. ޖަޒީރާ ރައީސް އިއްވެވި ފުރަތަމަ ރިޔާސީ ފަތްކޮޅުގައި ވިދާޅުވި “ޒީރޯ ޓޮލަރެންސް” ކޮބައިތޯއެވެ.

ޖަޒީރާ ރައީސްގެ”ޒީރޯ ޓޮލަރެންސް”ގެ ދަށުން މިހާތަނަށް އިވެމުންދާ އަޑަކީ އަދި ފެންނަމުންދާ މަންޒަރަކީ ޖަޒީރާ ރައީސް ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ ޕީޖީ ލީޑަރު ވިދާޅުވާ ގޮތުންނަމަ ގެއްލުމުގެ ބަދަލު ދިނުމުގެ ނަމުގައި ވައްކަން ކުރުމެވެ. އެކަން ވެސް ކޮށް ދެނީ ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ގާތް އެކުވެރި ކުދިންނަށާއި އަދި ގާތް އެކުވިޔާ އެލެކްސް އަހުމަދުއާއި ގާތް ގުޅުމެއް އޮންނަ މީހުންނަށެވެ.

ޖަޒީރާ ރައީސްގެ “ޒީރޯ ޓޮލަރެންސް”ގެ ސިޔާސަތުގެ ލިސްޓަށް އެންމެ ފަހުން އިތުރުވެގެން ދިޔަ ބޮޅަކީ އެމްއޭސީއެލްއިން ހަދާ އައު ސީޕްލޭން ޓާމިނަލްއެވެ. އެތަނެއް ބަޔަކަށް ނުދެވިގެން ޖަޒީރާ ރައީސްގެ އެކުވެރި ކުދިންކޮޅު ހަމައުތުރި އަރަނީއޭ ދެންނެވުން ދޮގަކަށް ނުވާނެ އެވެ. ހާއްސަކޮށް ގާތް އެކުވެރިޔާ އެލެކްސް އަހުމަދު ވިދާޅުވާ ގޮތުން ސީޕްލޭން ޓާމިނަލް ދޭން ޖަޒީރާ ރައީސްގެ ސަރުކާރުން ނިންމާފައިވާ ޓީއެމްއޭއަށް އެތަން ނުދީފިނަމަ މި ޖަޒީރާ ދައުލަތަށް ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެއެވެ. އެއީ ޖަޒީރާ ރައީސްގެ ޕީޖީ ލީޑަރު ވިދާޅުވާ ގެއްލުމުގެ ބަދަލެވެ.

އެންމެ ފުރަތަމަ ސުވާލަކީ ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލް ދޭން އެލެކްސް މިހާވަރުން ބޭނުންފުޅުވެގެން މި އުޅުއްވަނީ ކީއްވެގެންތޯއެވެ. އޭގެ ސަބަބަކީ އެލެކްސް ޖަލުގެ ގޮޅީގައި އޮންނެވި ދުވަސްވަރު އެލެކްސްގެ ދިފާއުގައި މަސައްކަތް ކުރެއްވި ބޭފުޅުންނަކީ މިއަދު ޓީއެމްގެ ދިފާއުގައި ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނަށްވުމެވެ. ޓީއެމްއޭއިން ޤާނޫނީ ލަފާހޯދުމަށް ކަނޑައަޅާފައި ވަނީ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ ކުރީގެ ލޯ ފާމްއެވެ. އެއީ އެލެކްސް ޖަލުގެ ގޮޅީގައި އޮންނެވި ދުވަސްވަރު އެލެކްސްގެ ދިފާއުގައި ވެސް މަސައްކަތް ކުރެއްވި އެއް ފަރާތެވެ.

ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންޓީމް ،

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ކުރިން ހިންގެވި ލޯފާމް ގެ ނަމަކީ “ރިއްފަތު ހިސާން އެންޑް ކޯ” އެެވެ. އެ ފާމުގައި އިސްކޮށް ކުރިން ތިއްބެވީ ބަންޑާރަ ނައިބު ރިއްފަތު އަދި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންއެވެ. ހިސާން ހުސެއިން އަކީ މިހާރު ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސްވެސް މެއެވެ. ބަންޑާރަ ނައިބު ކަމަށް އައްޔަން ކުރެވުނު ހިސާބުން ރިއްފަތު ވަނީ އެ ލޯފާމުގައި އޮންނަ އެބޭފުޅާގެ ހިއްސާ ދޫކޮށްލައްވާފައެވެ. އަދި ލޯފާމްގެ ނަން ހިސާން އެންޑް ސަފާ އެލްއެލްޕީ އަށް ބަދަލުކުރައްވާފައެވެ.

ނަމަވެސް ރިފްއަތުގެ ހިއްސާ ދެއްވާފައިވަނީ އެ ބޭފުޅާގެ ކޮއްކޯފުޅު އަލްހާ ރަޝީދަށެވެ. އަލްހާ ރަޝީދަކީވެސް ޤާނޫނީ ވަކީލެކެވެ. އަދި ދެން މި ފާމުގައި ހިމެނޭ އިސް ވަކީލު ސަފާ ޝަރީފަކީ ބަންޑާރަ ނައިބުގެ ކުރީގެ އަނބިކަނބަލުންނެވެ. އަދި ސީޕްލޭން ޓާމިނަލް މައްސަލާގައި ޓީއެމްއޭއަށް ޤާނޫނީ ލަފާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވަނީ އަލްހާ ރަޝީދު އަދި ސަފާ ޝަރީފެވެ. އަދި މި ދެބޭފުޅުންނާއި އެކު އެލެކްސްގެ ކުރީގެ ޤާނޫނީ ވަކީލު ޖެރާޑް ޖެންސާވެސް ހަރަކާތްތެރިވާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން ސަފާ އާއި އަލްހާ ރަޝީދު ވެސް ވަނީ އެލެކްސް ޤާނޫނީ ވަކީލުކަން ކުރިން ކުރައްވާފައެވެ.

ކޮންމެއަކަސް މިހާހިސާބުން ޓީއެމްއަށް ސީޕްލޭން ޓާމިނަލް ދޭން އެލެކްސް ބޭނުންފުޅުވާ ސަބަބާއި އަދި ޓާމިނަލް ޓީއެމްއޭއަށް ނުދީފިނަމަ ގެއްލުމުގެ ބަދަލު ދޭން ޖެހޭނެ ކަމަށް އެލެކްސް ވިދާޅުވާ ސަބަބުވެސް ސާފުވެއްޖެ ކަމަށް އަޅުގަނޑު ޔަގީން ކުރަމެވެ. 

ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ތެރޭގައި ކުރިން ހިމެނުނު ބޭފުޅުންނަކީ މިހާރު ޓީއެމްއޭގެ ވެސް ގާނޫނީ ވަކީލުން

ދަންނަނަވްން އޮތީ ޖަޒީރާ ރައީސްގެ “ޒީރޯ ޓޮލަރެންސް” ސިޔާސަތުގެ ދަށުން ޓީއެމްއޭއަށް ޓާމިނަލް ކުޑަ އަގެއްގައި ދިނުމަށް މަސައްކަތް ކުރަމުން ދާއިރު، އެކަމަށް އެލެކްސް މަސައްކަތް ކުރުމަކީ ސަޕްރައިޒެއް ނޫން ކަމަށެވެ. ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދިނުމަށް ނިންމާފައިވަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށާއި، ޓީއެމްއޭއަށް ނުދީފިނަމަ ދެން ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ލާރިދޭން އެލެކްސް މަސައްކަތް ކުރުމަކީ ވެސް ސަޕްރައިޒެއް ނޫނެވެ.

ނަމަވެސް މިފަދަ އެއްވެސް އެއްބަސްވުމެއް ކުރީގެ ސަރުކާރުން ޓީއެމްއޭއާއި އެކު ހަދާފައިނެތްކަން އޮޑިޓާ ޖެނަރަލް ވެސް ވަނީ ޔަގީންކޮށްދެއްވައެވެ. އެހެން ކަމުން ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލް ދޭން ވެސް އަދި ޓާމިނަލްގެ ނުދީފަނަމަ ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާކޮޅެއް ދޭން ނިންމީ ވެސް ހަމަ އެލެކްސްއޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ.

މިހުރިހައި ކަމެއްގެ ތެރެއިން އަޅުގަނޑު ކަންބޯޑުވަނީ ހިންނަވަރަށް ނިސްބަތްވެވަޑައިގަންނަވާ ޖަޒީރާ ރައީސްގެ “ޒީރޯ ޓޮލަރެންސް” ސިޔާސަތު އެލެކްސް އަހުމަދު އޭނާގެ އެކުވެރިންގެ ހައްގުގައި ފުނޑާލަމުންދާތީއެވެ. މިކަމަކީ ޖަޒީރާ ރައީސް އަވަސް ފިވަޅުތަކެއް ނާޅުއްވައިފިނަމަ އޭގެ ހިތި ޖަޒީރާ ރައީސްއަށް ފެނިވަޑައިގަންނަވާނެ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: