ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އެޓޯލް ކޮމިއުނިކޭޝަން” ކުންފުނީގެ ހިއްސާ ދޫކޮށް، ޝައުނާ އިސްތިއުފާ ދިންތާ އަހަރެއް!

މިނިސްޓާ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ދުވަސްވަރު މައްސަލަ ބޮޑުވެފައިވާ އާ ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ލަފާ ދިނުމަށް ހަމަޖައްސާފައިވާކަމަށް ބުނާ “އެޓޯލް ކޮމިއުނިކޭޝަން” ކުންފުނިން ރައީސް އޮފީހުގެ ޕޮލިސީ ސެކޭޓްރީ އާމިނަތު ޝައުނާ އިސްތިއުފާ ދެއްވިތާ އަހަރެއް ވެފައިވާކަމަށާއި އެ ކުށް މިހާރު އިސްލާހުކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެފިއެވެ.

އާ ސީ ޕްލޭން ޓާމިނަލުން ލައުންޖް ހަދަން ޖާގަ ކުއްޔަށް ދޫކުރަން އޮޕަރޭޓަރުންނާ އެކު އެމްއޭސީއެލް އިން މަޝްވަރާކުރަމުން އަންނަނީ މިހާރު ޖާގަ ދޫކޮށްފައިވާ އަގުތަކަށް ބަލާއިރު ވަރަށް ކުޑަ އަގެއްގައި ކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ހާމަކޮށްފައެވެ. އަދި އެ މީހުން ދައުވާ ކުރާ އުސޫލުން ބަލާނަމަ އަކަ މީޓަރަކަށް މަހަކު 10.35 ޑޮލަރުގެ ރޭޓުން ދީފި ނަމަ އަހަރަކު 55 މިލިއަން ޑޮލަރުގެ ގެއްލުމެއް ދައުލަތަށް ވާނެ ކަމަށް ވެސް އޭސީސީން ވަނީ ބުނެފައެވެ. އެއަށްފަހު އޭސީސީން ވަނީ މައްސަލައިގައި ގިނަ ކަންކަން އިސްލާހުކުރަން އެމްއޭސީއެލް އަށް އަންގާފައެވެ.

ސީ ޕްލޭން އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށާއި އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ފަށާފައިވާއިރު، މިއީ މީޑިއާތަކުގައި އެންމެ ހޫނު މައުޟޫއެވެ. ޓީއެމްއޭގެ މައްސަލައިގައި، އެކި މީހުންނަށް ތަފާތު އެކި ތުހުމަތުތަކެއް ވެސް ކުރިއެވެ. ރާއްޖޭގައި ހިންގާ، މީޑިއާ ވެބްސައިޓަކުން ވަނީ ރައީސް އޮފީހުގެ ޕޮލިސީ ސެކޭޓްރީ ޝައުނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށްފައެވެ. އެހެން ނަމަވެސް ޝައުނާވަނީ އެ ހަބަރަށް ރައްދުދެއްވާ ދޮގު ހަބަރު ނުފެތުރުމަށް ގޮވާލާފައެވެ. އަދި އެޓޯލްސް ކޮމިއުނިކޭޝަންގައި އެއްވެސް ހިއްސާއެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

https://twitter.com/anuahsa/status/1228589841312432131

ރައީސް އޮފީހުން އާންމުކޮށްފައިވާ ޝައުނާގެ މާލީ ބަޔާނުގައި ވިޔަފާރީގެ މަސްލަހަތުގެ ގޮތުގައި އޭނާގެ 50 ޕަސެންޓް ހިއްސާ “ޝައުނާ އެންޑް ރޮބާޓްސް” ކިޔާ ކުންފުންޏެއްގައި އޮންނަ ކަމަށް ބުނެފައިވެ އެވެ.

ޝައުނާ ވަނީ އެޓޮލްސް ކޮމިއުނިކޭޝަނުން އިސްތިއުފާ ދެއްވާފައެވެ. އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓްގައި އޭނާގެ ނަން އޮތީ، މިނިސްޓްރީގެ ވެބްސައިޓު އަޕްޑޭޓު ނުވާތީއެވެ. “އެޓޯލް ކޮމިޔުނިކޭޝަންސް” ކުންފުނި ފުރަތަމަ އުފެއްދީ ޝައުނާ ވެސް ހިއްސާ ވެގެން “ޝައުނާ އެންޑް ރޮބާޓްސް”ގެ ނަމުގައެވެ. އަދި އެކަން މާލީ ބަޔާނުންވެސް ދައްކައެވެ.

އިކޮނޮމިކް މިނިސްޓްރީގެ އޮންލައިން ރެކޯޑްތަކުން ދައްކާ ގޮތުގައި އެ ކުންފުނީގެ މެނޭޖިން ޕާޓްނަރެއްގެ ގޮތުގައި އިންނެވީ ޝައުނާ އެވެ. އެ މައްސަލައިގައި ޝައުނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާ ޓްވީޓެއް ކުރައްވާފައެވެ. އަދި މިނިސްޓްރީގެ ވެބްސައިޓު އަޕްޑޭޓެޑްއެއް ނޫންކަން ފާހަގަކުރެއްވިއެވެ. އަދި އެކަން މިނިސްޓްރީއިން ސާފުކޮށްދިނުމަށް އޭނާ އެދުނެވެ. ޝައުނާގެ ޓްވީޓާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީއިން ބުނެފައިވަނީ މިދިޔަ އަހަރު ފެބްރުއަރީ މަހު ޝައުނާ އެ ކުންފުނީގެ ހިއްސާ ދޫކޮށްލާފައިވާ ކަމަށެވެ. އެހެން ނަމަވެސް ޕޯޓަލަށް އެ އަޕްޑޭޓް ގެނެސްފައި ނުވާ ކަމަށެވެ. އަދި މިހާރު އެ ބަދަލު ގެނެސް އެކަމަށްޓަކައި މިނިސްޓްރީން ވަނީ މާފަށް އެދިފައެވެ.

https://twitter.com/MoEDmv/status/1228672539771060225

އިކޮނޮމިކް މިނިސްޓްރީގެ އޮންލައިން ރެކޯޑްތަކުން މިހާރު ދައްކާ ގޮތުގައި، އެ ކުންފުނީގެ މެނޭޖިން ޕާޓްނަރެއްގެ ގޮތުގައި ހުރީ މުހައްމަދު ތޯރިގްއެވެ.

ޓާމިނަލް މައްސަލައިގައި މި މައްސަލައިގައި ޓީއެމްއޭ އިން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ އާ ޓާމިނަލް ޓީއެމްއޭ އަށް ދެވޭނެ މުއްދަތާއި ޖާގަ އާއި ކުލި އަދި ކޮންޓްރެކްޓުގެ މުއްދަތާއި ގުޅޭ ގޮތުން ލިޔުމުން ވެފައިވާ އެއްބަސްވުމެއް އޮތުމަކީ ބެއިން ކެޕިޓަލް އިން ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ 500 މިލިއަން ޑޮލަރަށް ގަތުމަށް އެންމެ ބޮޑު ސަބަބުކަން އެ ކުންފުނިން ސަރުކާރަށް ސާފުކޮށް ދީފައިވާނެ ކަމަށެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި ޓާމިނަލްގެ މައްސަލާގައި ވޭތުވެދިޔަ ހަ އަހަރުތެރޭގައި 100 އަށް ވުރެ ގިނަ މުއާމަލާތް ލިޔުމުންނާއި އަނގަ ބަހުން ކުރެވިފައިވާ ކަމަށެވެ. މީގެތެރޭގައި އެމްއޭސީއެލް އާއި ޓީއެމްއާ ދެމެދު ވެވި ދާނެ އެއްބަސްވުމެއްގެ ޑްރާފްޓް ވެސް ބަދަލު ކުރެވިފައި ވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ޓީއެމްއޭ އިން ބުނެފައިވާ ގޮތުގައި ބޭރުގެ އޮޑިޓް ފާމެއް ކަމަށްވާ އާނަސްޓް އެންޑް ޔަންގް އިން ކޮށްފައިވާ އޮޑިޓުން އެނގޭ ގޮތުގައި މިދިޔަ އަހަރު ލައުންޖު ހިންގައިން އެ ކުންފުންޏަށް ލިބިފައިވަނީ 2.8 ޑޮލަރު ކަމަށާއި، އެ ކުންފުނިން މިހާރު ބޭނުން ކުރާ ސީޕްލޭން ޓާމިނަލް އަށް 18.53 މިލިއަން ޑޮލަރު އިންވެސްޓް ކޮށްފައި ވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: