ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ސްކޮލަރޝިޕާއި ހައި އެޗީވާސް ސްކޮލަރޝިޕަށް ހުޅުވާލައިފި

ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕާއި ހަޔަރ އެޗީވަރ ސްކޮލަރޝިޕަށް ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ލިބޭ ދަރިވަރުން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ލިބޭގޮތަށް ސަރުކާރުން ވަނީ އުޞޫލަށް ބަދަލުގެންނަވާފައެވެ. ބަދަލުތައް މިދިޔަ އަހަރު ނިންމި ދަރިވަރުންނަށް ނުހިނގާނެއެވެ.

ހައި އެޗީޗާސް ސްކޮލަރޝިޕްގެ އުޞޫލުގައި ބުނެފައިވާ ގޮތުން ހައި އެޗީވާސް ސްކޮލަރޝިޕް ލިބެނީ، ފަސް މާއްދާގެ ތެރެއިން ދަރިވަރު ބައިވެރިވި އޭލެވެލް ނުވަތަ އެއާ އެއްވަރުގެ އިމްތިޙާނެއްގައި އެސްއެސްސީގެ ދިވެހި އިސްލާމް މާއްދާ ހިމެނޭހެން އެއް މާއްދާއިން އޭ ސްޓަރ އަނެއް ހަތަރު މާއްދާއިން ދަށްވެގެން އޭ އެއް ލިބުމުންނެވެ. ނުވަތަ ޝަހާދާ ޘާނަވިއްޔާ އިމްތިޙާނުގެ އެ ދަރިވަރަކު ކިޔެވި ސްޓްރީމުގައި ކިޔަވަންޖެހޭ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅައިފައިވާ ހުރިހައި މާއްދާތަކާއި އަދި އެޗްއެސް.ސީގެ ދިވެހި އިސްލާމުގެ ތެރެއިން އެއް މާއްދާއިން އޭ ސްޓަރ ހޯދުމާއެކު ދެން ހުރި މާއްދާތަކުން، ދަށްވެގެން ”އޭ “ ގުރޭޑް ލިބުމުންނެވެ. އަދި އިނގިރޭސި މާއްދާއިން އޯލެވެލްއާ އެއްފެންވަރުގެ ނުވަތަ އެއާ އެއްވަރުގެ އިމްތިޙާނަކުން ދަށްވެގެން ސީ ފާހެއް ވެސް އޮންނަން ޖެހެއެވެ.

ހައި އެޗީވާސް ސްކޮލަރޝިޕް ދެނީ ފުލްޓައިމްކޮށް ކިޔަވަން ތިނެއް ނޫނީ ހަތަރު އަހަރު ދުވަހުގެ ބެޗްލާސް ޑިގްރީއެއް ފުރިހަމަ ކުރުމަށެވެ. އަދި ހަ އަހަރުގެ މެޑިސިން އަދި ޑެންޓިސްޓްރީގެ ބެޗްލާސް ޑިގްރީއެއް ފުރިހަމަ ކުރުމަށެވެ. އަދި 3ތިނެއް ނޫނީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ބެޗްލާސް ޑިގްރީއާއެކު ފުރިހަމަކުރާ ޕްރޮފެޝަނަލް ލައިސަންސް ޕްރޮގްރާމަތަކަށެވެ.

ތަޢުލީމާއި މަތީތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވަނީ، 2025ވަނަ އަހަރުގެ ހައި އެޗީވާސް ސްކޯލާޝިޕަށާއި ރައީސުލްޖުމްހޫރިއްޔާގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ހުޅުވާލާފައެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ، ”ކުރި“ ޕޯޓަލް މެދުވެރިކޮށެވެ.

ރައީސުލްޖުމްހޫރިއްޔާ ދޭ ޚާއްޞަ ސްކޮލަރޝިޕްގައި ގެންނެވި އެންމެ ބޮޑު ބަދަލަކީ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕްގައި ތަޢުލީމު ޙާޞިލް ކުރުމުގެ ފުރުޞަތު ލިބޭ ދަރިވަރުން، ބޭނުންވާ ކޮންމެ ރޮނގަކުން ކިޔެވުމުގެ ފުރުޞަތު ދެއްވާގޮތަށް ހަމަޖެއްސެވުމެވެ. މިބަދަލުގެ އިތުރުންވެސް އުސޫލަށް ވަނީ މުހިއްމު ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން ހައި އެޗީވަރސް ސްކޮލަރޝިޕް ލިބޭ ދަރިވަރުން ރާއްޖޭގައި ކިޔަވާނަމަ ސްޓައިޕެންޑުގެ އިތުރުން އެލަވަންސެއް ދޭން ވަނީ ހަމަޖައްސާފައެވެ. މިއީ، ރަނގަޅު ނަތީޖާ ލިބޭ ދަރިވަރުން ރާއްޖޭގައި ތިބެގެން ކިޔަވަން ބާރު އެޅުމުގެ ގޮތުން ގެންނެވި ބަދަލެކެވެ. މިބަދަލުގެ ދަށުން ސްޓައިޕެންޑުގެ އިތުރަށް 6000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖައްސާފައެވެ. މި އުސޫލުގައި އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ލިބިގެން ކިޔަވާ ދަރިވަރުން 4 އަހަރާއި، 7 އަހަރާ ދެމެދުގެ މުއްދަތަކަށް ސަރުކާރަށް ޚިދުމަތް ކުރަން ޖެހެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ލިބޭ ދަރިވަރުން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ލިބޭގޮތަށް އުސޫލު ބަދަލު ކުރައްވާފައިވާއިރު، މިދިޔަ އަހަރު އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން ރައީސްގެ ޚާއްސަ ސްކޮލަރޝިޕް ހޯދި ދަރިވަރުންނަށް، އެ ދަރިވަރުން ކިޔަވަން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުޞަތު ދޭގޮތަށްވެސް ވަނީ ނިންމާފައެވެ.

މި ބަދަލުތަކުގެ އިތުރުންވެސް ދަރިވަރުންނަށް ފަސޭހަ އިންތިޒާމުތައް ހަމަޖެއްސުމާއި އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ކަންކަންވެސް ސަރުކާރުން ވަނީ ގެޒެޓް ކުރެއްވި އުސޫލުގައި ހިމަނުއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: