ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭނުންވަނީ އަދުލުވެރި ހަމަހަމަ ނިންމުންތަކެއް!

މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ބޭއްވި އެއްވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ގައުމެއްގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ އެންމެ ބޮޑު ބާރަކީ އެ ގައުމެއްގެ މަސައްކަތްތެރިންނެވެ. ދިވެހިރާއްޖޭގެ ތަރައްގީގެ ދަތުރުގައި ދޭސީ އަދި ބިދޭސީ މަސައްކަތްތެރިން އަދާކުރާ ދައުރަކީ ނުހަނު ފާހަގަކޮށްލެވޭ މުހިންމު ދައުރެކެވެ.

މި އަހަރުގެ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި ފާހަގަކުރެއްވި ފަދައިން، މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމާއި، އެމީހުންނަށް އަދުލުވެރި ފުރުސަތުތަކެއް ހޯދައިދިނުމަކީ ދައުލަތުގެ އެންމެ އިސް އެއް ސިޔާސަތެވެ.

މަސައްކަތްތެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ޒުވާނުންނަށް ބޭނުންވާ ތަމްރީނާއި ހުނަރު އުނގަންނައިދިނުމެވެ. މިގޮތުން، ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލް ގާއިމްކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ފާހަގަކޮށްލެވޭ ފިޔަވަޅެކެވެ. މީގެ އިތުރުން، އެކި ދާއިރާތަކުން މީހުން ތަމްރީންކުރުމުގެ ހާއްސަ ޕްރޮގްރާމްތަކާއި، ފަންނުވެރިކަން ކުރިއެރުވުމަށް ދެވޭ ހިލޭ އެހީއާއި ލުއި ލޯނުތަކަކީ ދިވެހި މަސައްކަތްތެރިން ބާރުވެރިކުރުވުމަށް އެޅޭ މުހިންމު ބިންގަލެކެވެ.

އަދުލުވެރި ސިޔާސަތެއްގެ އެންމެ މުހިންމު ސިފައަކީ އެއްވެސް މީހަކު ބާކީވިޔަ ނުދިނުމެވެ. ޖަލުތަކުގައި ތިބޭ ގައިދީންނަށް މަސައްކަތުގެ ފުރުސަތު ފަހިކޮށްދިނުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ވަޒީފާގެ ފުރުސަތުތައް ހަމަޖެއްސުމަކީ އިޖުތިމާއީ އަދާލަތު ގާއިމްކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ. ހަމައެއާއެކު، އުމުރުން 65 އަހަރުވުމަށްފަހުވެސް މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމަކީ ތަޖުރިބާކާރު މަސައްކަތްތެރިންގެ ބޭނުން ގައުމަށް ހިފޭނެ ކަމެކެވެ.

ހަމައެހެންމެ ދިވެހި މަސައްކަތްތެރިންގެ އުފެއްދުންތަކަށް ބައިނަލްއަގުވާމީ ބާޒާރުން ޖާގަ ހޯދައިދިނުމަށް އީ-ކޮމާސް މަންސަތަކާ ގުޅިގެން ކުރެވޭ މަސައްކަތަކީ އުއްމީދީ މަސައްކަތެކެވެ. މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަން ފަދަ ސިނާއަތްތަކުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކުރުމަކީ އިގްތިސާދީ ހަމަހަމަކަން ގެނައުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ގައުމެއްގެ ކުރިއެރުން ބިނާވެފައިވަނީ އެ ގައުމެއްގެ މަސައްކަތްތެރިންނަށް ދެވޭ އިހުތިރާމާއި، އެމީހުންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ މައްޗަށެވެ. ސަރުކާރުން ގެންގުޅޭ ވަށައިޖެހޭ އަދުލުވެރި ސިޔާސަތުތަކުގެ ސަބަބުން، ދިވެހި މަސައްކަތްތެރިންނަކީ ފަހުރުވެރި، ޒިންމާދާރު އަދި އާއިލާތަކަށް އުފާވެރިކަން ގެނެސްދޭ ބަޔަކަށް ވެގެންދާނެއެވެ. ބޭނުންވަނީ މިފަދަ ހަމަހަމަ އަދި އަދުލުވެރި ނިންމުންތަކާއެކު ގައުމުގެ މުސްތަގުބަލު ބައްޓަންކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: