ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކޮށް ނިމޭއިރު، އާރުޓީއައިއެއް ހުށަނާޅާ ވެސް އެ އަދަދު އެނގޭނެ: މުންދު

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމުގެ މަސައްކަތް ނިމޭއިރު، އެ އަދަދަކީ ކޮބައިކަން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ (އާރުޓީއައި) ދަށުން ހުށަހެޅުމެއް ނެތި ވެސް އާންމުންނަށް ސާފުކޮށް އެނގެން އޮންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ”ޕްރެސް ވިތު ދަ ސްޕޯކްސް“ ނޫސްވެރިންގެ ބައްދަލުވުމުގައި، ސިޔާސީ މުވައްޒަފުންގެ އަދަދު މިހާތަނަށް ހާމަނުކުރަނީ ކީއްވެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ، ސަރުކާރުގެ އޮނިގަނޑަށް މިހާރު ވެސް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޢުލާން ކުރައްވާފައިވާ ގޮތަށް ސިޔާސީ މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި މަދުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މުންދު ވިދާޅުވި ގޮތުގައި ވަޒީފާއަށް ފަރުވާކުޑަކުރުން ފަދަ ކަންކަން ފާހަގަކުރެވޭ، މަސައްކަތުގެ ފެންވަރު (ޕާފޯމަންސް) ދަށް ބޭފުޅުން މިހާރު ވެސް މަގާމުތަކުން ވަކިކުރަމުން އެބަދެއެވެ. އަދި އެއް ވުޒާރާއަކުން އަނެއް ވުޒާރާއަކަށް ބަދަލުކޮށްގެން ފައިދާވާނެ ނަމަ އެ ބަދަލުތައް ވެސް ގެންނަމުންދާ ކަމަށާއި، ސިޔާސީ މަގާމުތަކުގެ އަދަދާ ބެހޭގޮތުން ވާހަކަދައްކަން ވާނީ މި ހުރިހާ މަސައްކަތެއް ނިމުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

”ޖުމްލަ ނަތީޖާއަކަށް ވެގެންދާނީ ސިޔާސީ މުވައްޒަފުންގެ އަދަދު މަދުވުން. ސިޔާސީ މަޤާމު އެއީ ސަރުކާރުގެ ސިޔާސީ މަޤާމުތަކަށް ބަދަލެއް އައުމުގެ އަދަދު މަދުވުމުގެ ހަމަ އެއާއިއެކު އެސްއޯއީތަކަށް އަންގާފަވާނެ ތިބި މަޤާމުތަކުގެ އަދަދު ބޮޑުތަނުން ތިން ބައި ކުޅަ އެއްބައި މަދުކުރަން“ މުންދު ވިދާޅުވިއެވެ.

މިހާރު ވަކި އަދަދެއް ހާމަކޮށްފި ނަމަ، މާދަމާ އެ އަދަދު ބަދަލުވެދާނެ ކަމަށް މުންދު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ވޭތުވެދިޔަ ދެ ހަފްތާގެ ތެރޭގައި ވެސް އެ އަދަދުތަކަށް ބަދަލު އަންނަމުންދާ ކަމަށާއި، ރިއަލްޓައިމްގައި ބަދަލުވަމުންދާ މައުލޫމާތެއް ހާމަކުރުމުން އޮޅުން އަރާފާނެތީ އެކަމަށް ސަމާލުވާ ކަމަށެވެ.

ނިންމާލައްވަމުން މުންދު ވިދާޅުވީ، މި އިޞްލާޙީ މަސައްކަތް ނިމޭއިރު ސިޔާސީ މަގާމުތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީ) މަގާމުތައް ވެސް މަދުވެގެންދާނެ ކަމަށެވެ. އަދި އެ ހިސާބުން އެއްވެސް އާރުޓީއައިއެއް ހުށަނާޅައި ވެސް، ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ ސާފު އަދަދު އާންމުންނަށް އެނގިގެންދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: