ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީރު އިހްސާނަށް ވޯޓު ދެވުން އެއީ ހެދުނު ގޯހެއް: މުހައްމަދު އިބްރާހިމް

ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ކެބިނެޓަށް އަލަށް އައްޔަނުކުރި ވަޒީރުންނަށް ރުހުން ދިނުމަށްޓަކައި ނެގި ވޯޓުގައި، ހޯމް މިނިސްޓަރު އަލީ އިހުސާނަށް ވޯޓު ދެއްވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ކުޑޫ) ވިދާޅުވެއްޖެއެވެ.

މެންބަރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގެ ވޯޓުގައި މިނިސްޓަރު އިހުސާނަށް ވޯޓު ދިނުމުގައި އޭނާއަށް ހެދުނީ ވަރަށް ބޮޑު ގޯހެއް ކަމަށާއި އެކަން ގަބޫލުކުރައްވާ ކަމަށެވެ.

އެ ވަގުތު އެކަމާ މެދު އެންމެ ފުންކޮށް ނުވިސްނާ އަމަލުކުރެވުނީތީ، އެކަމަށްޓަކައި އިބްރާހިމް މުހައްމަދު ވަނީ މާފަށް އެދިވަޑައިގެންފައެވެ.

”އެކަން ބަލައިގަތުމަކީ އުނދަގޫކަމެއްކަން އަޅުގަނޑަށް އެނގޭ،“ އޭނާ ވިދާޅުވިއެވެ.

އަދި ކުރިޔަށް އޮތް ތަނުގައި މިފަދަ ކަންކަން ތަކުރާރު ނުވާނޭގޮތަށް އަމަލުތައް ބަހައްޓާނޭ ކަމުގެ ޔަގީންކަން ވެސް އޭނާ ވަނީ ދެއްވާފައެވެ.

ވަޒީރު އިހްސާނަށް ރުހުން ދިނުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ޖުމްލަ 8 މެންބަރަކު ވޯޓު ދެއްވާފައިވާއިރު، މިކަމާ ގުޅިގެން އެމްޑީޕީގެ އާންމު މެންބަރުން ދަނީ ބޮޑު ކަންބޮޑުވުމެއް ފާޅުކުރަމުންނެވެ. ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި އެމްޑީޕީއަކީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނަންޖެހޭއިރު، ސަރުކާރުގެ ކަންތައްތަކަށް އެ ޕާޓީގެ މެންބަރުން ތާއިދުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކާއެކު، އަލުން ހުވާކުރެއްވި 14 ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ އޭޕްރިލް މަހުގެ 29 ވަނަ ދުވަހުއެވެ. މި ވޯޓުގައި ދާޚިލީ ވަޒީރު އަލީ އިޙްސާންއަށް ޖުމްލަ 70 މެންބަރުންގެ ވޯޓު ލިބިވަޑައިގެންފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: