ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުރު ކުރަމުންދަނީ ސައްހަ އޯޑިއޯތަކެއް ނޫން، މަގުސަދަކީ އަބުރު ކަތިލުން : މިނިސްޓަރ އަލީ ވަހީދު

ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ރައީސް ސާލިހުގެ އަރިހުގައި: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ބައެއް ވަޒީރުންނަށް ނިސްބަތް ކުރައްވާ ޓުއަރިޒަމް މިނިސްޓަރ ބޭއަދަބީ ވާހަކަތަކަެއް ދައްކާފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ދައުރުކުރަމުންދާ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ އަލީ ވަހީދު ކަމަށް ބެލެވޭ ބޭފުޅަކު ބޭއަދަބީ ވާހަތަކަެއް ދެއްކަނީ ހެލްތް މިނިސްޓަރ އަބްދުﷲ އަމީންއާއި އެޑިއުކޭޝަން މިނިސްޓަރ ޑރ ޢައިޝަތު އަލީއާއި އަދި ޓްރާންސްޕޯޓް މިނިސްޓަރ ޢައިޝަތު ނަހުލާގެ އިތުރުން އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލްއަށް ނިސްބަތް ކުރައްވައެވެ. 

މީސްމީޑިއާގައި ދައުރުކުރަމުންދާ އޯޑިއޯތައް ދޮގު ކުރައްވައި މިނިސްޓަރ އަލީ ވަހީދު ކުރެއްވި ޓުވީޓްގައި ވިދާޅުވީ އެމަނިކުފާން ސަރުކާރުގެ ސަރުކާރުގެ ބައެއް ވަޒީރުންނަށް ނިސްބަތް ކުރައްވައި އެމަނިކުފާން ބާއަދަބީ ވާހަތަކެއް ދެއްކެވި ކަމަށް ބުނެ ލީކް ކޮށްގެން އުޅޭ އޯޑިއޯއަކީ އެމަނިކުފާންގެ އަބުރު ކަތިލުމުގެ މަގުސަދުގައި ލީކް ކޮށްލައިގެން އުޅޭ އޯޑިއޯއެއް ކަމަށެވެ. އަދި އެފަދަ އަމަލުތަކަކީ އެމަނިކުފާން ކުރައްވާ މަސައްކަތަށް ކުޑަނަމަވެސް ހީނަރު ކަމެއް އަންނާނެ ކަމެއް ނޫން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. 

https://twitter.com/ali20waheed/status/1228718714616307712

މިނިސްޓަރ އަލީ ވަހހީދު ކަމަށް ބެލެވޭ ބޭފުޅެއްގެ ތިން އޯޑިއޯއެއް ސޯޝަލް މީޑިއާގައި ރޭ ވަނީ ލީކުކޮށްލާފައެވެ.

އެގޮތުން އެއް އޯޑިއޯއެއްގައި އަލީ ވަހީދު ވަނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަށް ފާޑުވިދާޅުވެވެފައިވެއެވެ. އެގޮތުން  ކޮރޯނާ ވައިރަހާ ގުޅިގެން މާސްކާއި ކެމެރާ އަދި ކަރަންޓީނު ފެސިލިޓީ ވެސް ހެދީ އޭނާ ކަމަށާއި މިނިސްޓަރު އަމީން ކުރެއްވި ކަމަކީ ހެދިކާ ކެއުން ކަމަށް އަލީ ވަހީދު ކަމަށް ބެލެވޭ ބޭފުޅާގެ  އެ އޯޑިއޯގައި ވިދާޅުވެފައިވެއެވެ.

ރޭ ދެން ލީކުކޮށްލާފައިވަނީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީއަށް ނިސްބަތްކޮށް އަލީ ވަހީދު ވާހަކަ ދެއްކެވި އޯޑިއޯއެކެވެ. އެ އޯޑިއޯގައި ވެސް އަލީ ވަހީދު އެޑިއުކޭޝަން މިނިސްޓަރަށް ވެސް ހުތުރު ބަސްތަކެއް ރައްދުކޮށްފައިވާއިރު މިނިސްޓްރީގެ ބައެއް ސިޔާސަތުތަކަށް ވެސް ފާޑު ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: