ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2025 ގެ ސަންގު ސްޓާފް އޮފް ދި އިޔާއަކަށް ނިޝް!

"ސަންގު ސްޓާފް އޮފް ދި އިޔާ" އެވޯޑު ސަންގުގެ ހިއުމަން ރިސޯސް (އެޗްއާރް) އެންޑް އެޑްމިން، އާމިނަތު ނިޝްފާ ހާސިލުކުރުން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަންގުޓީވީގެ 2025 ވަނަ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފަށް ދޭ، ”ސަންގު ސްޓާފް އޮފް ދި އިޔާ“ އެވޯޑު ސަންގުގެ ހިއުމަން ރިސޯސް (އެޗްއާރް) އެންޑް އެޑްމިން، އާމިނަތު ނިޝްފާ (ނިޝް) ހާސިލުކޮށްފިއެވެ.

މިއީ ސަންގުޓީވީއަށް 11 އަހަރު ފުރުން ފާހަގަކުރުމަށް ކުރިޔަށް ގެންދިޔަ ހަފްލާއެކެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި އެމަނިކުފާނާއި އެކު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ބައިވެރިވެވަޑައިގަތެވެ.

އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ސަންގުގެ އެންމެ ރަނގަޅު މުވައްޒަފުން ވެސް ވަނީ ހޮވާފަ އެވެ. އަދި އެންމެ ޝަރަފުވެރި އެވޯޑު، ސްޓާފް އޮފް ދި އިޔާ އެވޯޑު ހާސިލު ކުރި ނިޝްފާއަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސް ނަޝީދެވެ.

ނިޝްފާ ސަންގުޓީވީގެ އެޗްއާރްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނާތާ ވަނީ ތިން އަހަރު ވެފައެވެ. ނިޝްފާއަކީ ސަންގުގެ މުވައްޒަފުންގެ ކަންކަން ވަރަށް ގާތުން ބަލައި، އެހީތެރިކަން ބޭނުންވާ ކޮންމެ ވަގުތެއްގައި އެއްބާރުލުން ފޯރުކޮށްދޭ ނަމޫނާ މުވައްޒަފެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ.

މީގެ އިތުރުން، ނިޝްފާ އަކީ މަސައްކަތަށް ފަރުވާތެރި، ގަޑިއަށް ސަމާލުކަންދޭ އަދި ހަވާލުކުރެވޭ ކޮންމެ ޒިންމާއެއްވެސް ފުރިހަމައަށް އަދާކުރާ ކަމަށް ކަމޭހިތާ މުވައްޒަފެއްގެ ގޮތުގައި އެ ސްޓޭޝަނުން ފާހަގަކުރެއެވެ.

ސަންގުޓީވީން ކޮންމެ އަހަރަކުވެސް ދެމުން އަންނަ މި އެވޯޑަކީ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، މަސައްކަތުގެ ރޫހު އާލާކުރުމުގެ މަގްސަދުގައި ދެވޭ އެވޯޑެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: