ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ފުށުން ހަރަކާތްތެރި ކަމެއް ނުފެނުމަކީ ހިތާމައެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވަނީ މޭޑޭގެ ތަހުނިޔާ އެންމެހާ މަސައްކަތްތެރިންނަށް ފޮނުއްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ މޭޑޭއަކީ އެމްޑީޕީން އިސްނަގައިގެން ފާހަގަކުރަމުން އަންނަ، މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭ ތާރީހީ މުހިންމު ހަރަކާތްތަކެއް ހިންގާފައިވާ ވަރަށް މުހިންމު މުނާސަބަތެއް ކަމަށެވެ. ރާއްޖޭގައި މޭޑޭ ބަންދު ދުވަހެއްގެ ގޮތުގައި ފުރަތަމަ ހަމަޖެއްސީވެސް އެމަނިކުފާނުގެ ވެރިކަމުގައިކަމަށް ނަޝީދު ވިދާޅުވިއެވެ.
މިއަދު އެމްޑީޕީގެ ފުށުން މޭޑޭގެ އެކަށީގެންވާ ހަރަކާތްތެރިކަމެއް ނުފެނުމަކީ ހިތާމައެއް
ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ މެއި 1 ގައެވެ.
މިއީ މަސައްކަތްތެރިންގެ ހައްގުތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުވަހެކެވެ

