ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީސީބީގެ ރައީސްކަމުން އަނަސް އިސްތިއުފާ ދެއްވުމުން، އެ މަގާމަށް ނިޒާރު!

ޕީސީބީގެ ރައީސްގެ މަގާމަށް މުހައްމަދު ނިޒާރު/ ފޮޓޯ: ފިނޭންސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީސީބީ) ގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު އަނަސް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް މުހައްމަދު ނިޒާރު މިއަދު އައްޔަންކުރައްވައިފިއެވެ.

ފިނޭންސް މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި، މަގާމުން އިސްތިއުފާ ދިނުމަށް އަނަސް ހުށަހެޅުއްވި އިސްތިއުފާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ގަބޫލު ކުރައްވާފައެވެ. އަދި އެ މަގާމަށް މއ. ޔެލޯބެލް، މުހައްމަދު ނިޒާރު އައްޔަނުކޮށްފައިވާކަމަށް މައުލޫމާތު ދިނެވެ.

މި މަގާމަށް ނިޒާރަކީ މީގެ ކުރިން 2014 އިން 2019 އަށް ވެސް ޕީސީބީގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ އޮސްޓްރޭލިއާއިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ، ބޭފުޅެކެވެ.

ނިޒާރު ވަނީ އެސްޓީއޯގައި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައެވެ. މި މުއްދަތުގެ ތެރޭގައި އެ ކުންފުނީގެ އެޑްމިނިސްޓްރޭޝަން، ސޭލްސް އަދި އިމްޕޯޓް ފަދަ މުހިންމު ދާއިރާތަކުގެ އިސް މަގާމުތައް ފުރުއްވައި، ސަޕްލައި ޗެއިން އާއި ބައިނަލްއަގުވާމީ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމުގައި މަސައްކަތް ކުރައްވާފައިވެއެވެ.

މީގެ އިތުރުން، މޯލްޑިވް ގޭސްގެ ބޯޑު މެންބަރުކަމާއި، ރިސްކް މެނޭޖްމަންޓާއި ޕްރޮކިއުމަންޓް އަދި ކޯޕަރޭޓް ގަވަނަންސްއާ ގުޅޭ ގައުމީ ފެންވަރުގެ އެކި ކޮމިޓީތަކުގައި ވެސް ނިޒާރު ވަނީ މީގެ ކުރިން އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: