ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިސާއެއް ވެސް ނެތް، މަސްލަހަތަށް ބަލައި ޗެއާޕާސަން އިންތިހާބު ފަސްކުރަން ޣަފޫރު ހުށަހަޅުއްވައިފި

އެމްޑީޕީ ޗެއާޕާސަންކަމަށް ވާދަކުރާނެކަން އިއުލާނު ކުރައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ޕާޓީގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ބޭނުންވާ ފައިސާ ނެތްކަމަށް ބުނެ، އިންތިހާބު ފަސްކުރަން އުޅޭކަމުގެ އަޑުތައް ގަދަވެއްޖެ އެވެ.

މިކަމާ ގުޅޭގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި، ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޢަފޫރު މޫސާ (ގަޕޯ) ވަނީ، ޕާޓީގެ ޗެއާޕާސަން އިންތިހާބާއި ދާއިރާތަކުގެ އިންތިހާބު މިވަގުތު ބޭއްވިދާނެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ގަޕޯ ވިދާޅުވީ، މި ދަނޑިވަޅުގައި އިންތިހާބެއް ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި، އޭގެ ނޭދެވޭ އަސަރު ސަރުކާރު ޖަވާބުދާރީކުރުވުމަށް ކުރާ މަސައްކަތްތަކަށް ކުރާނެ ކަމަށެވެ.

އިންތިހާބު ފަސްކުރަން ހުށަހެޅުއްވި އިރު ޗެއާޕާސަންކަމުގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ގެންދަވަނީ މަގާމަށް ކެމްޕެއިން ކުރައްވަމުންނެވެ.

ޕާޓީއަށް މާލީ ދަތިތައް ކުރިމަތިވެފައިވާއިރު، ގަޕޯ ވަނީ ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ އެމްޑީޕީއަށް މިހާތަނަށް ލިބިފައި ނުވާކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ ޕާޓީގެ އިދާރީ ހިންގުމަށާއި އިންތިހާބެއް ބޭއްވުމަށް ބޭނުންވާ އެއްވެސް ފައިސާއެއް މިވަގުތު ޕާޓީގެ ފަންޑުގައި ނެތް ކަމަށެވެ.

އެހެންވެ ގަޕޯ ހުށަހެޅީ ޕާޓީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އިސް ފަރާތްތަކުގެ މެދުގައި މަޝްވަރާކޮށް ވަގުތީ ގޮތުން ޕާޓީ ހިންގާނެ އިންތިޒާމެއް ހަމަޖެއްސުމަށެވެ. އަދި  މި ހުށަހެޅުމަކީ ޕާޓީގެ މުސްތަގުބަލަށްޓަކައި ނިންމަންޖެހޭ މުހިންމު ނިންމުމެއްކަމަށް ބަލައި، އެކަން ގައުމީ މަޖިލީހަށް ހުށަހަޅައިގެން ރަސްމީކޮށް ގޮތެއް ނިންމަވައިދެއްވުމަށް އެދިވަޑައިގަތެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ބައެއް އާންމު މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް ހުރި އިރު، ބައެއް މެމްބަރުން ތުހުމަތު ކުރާ ގޮތުން އިންތިހާބު ފަސްކުރުމަށް މަސައްކަތް ކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންގުމަށެވެ. އަދި އެކަމާއި ދެކޮޅަށް ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ މެމްބަރުން ދަނީ، ގަޕޯގެ އިސްތިއުފާއަށް އަނެއްކާވެސް ގޮވަމުންނެވެ.

ޣަފޫރުގެ ހުށަހެޅުއްވުމާ އެއްގޮތަށް، އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފަސްކޮށްފި ނަމަ، އެއީ އެ އިންތިހާބު ފަސްކުރާ ދެވަނަ ފަހަރަށް ވާނެ އެވެ. އެ އިންތިހާބު ފަސްކުރަން މިދިޔަ ޑިސެމްބަރު މަހު އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކުރީ ލޯކަލް ކައުންސިލް އިންތިހާބަށް ވުރެ ފަހުން ބޭއްވުމުގެ ބޭނުމުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: