ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ވަހީދުކަމަށް ބެލެވޭ މީހެއްގެ 4 ވަނަ އޯޑިއޯ: ސުޕްރީމް ކޯޓަށް ގެންނަ ކާރުތަކަކުން “ކޮރަޕްޝަނެއް” ހިންގުމުގެ ވާހަކަ!

ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު އަދި އަރިހުގައި ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް: ފޮޠާ އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

 ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުކަމަށް ތުހުމަތު ކުރެވޭ ހަޑިހުތުރު ބަހުން ވާހަކަ ދައްކާ މީހާހެ ހަތަރު ވަނަ އޯޑިއޯއެއްް މިއަދު މީސްމީޑިއާގައި އަނެއްކާވެސް ލީކްކޮށްލައިފިއެވެ. 

“ލީކްސް”ގެ ނަމުގައި ޓްވިޓާ އެކައުންޓެއް ހަދައި، މިނިސްޓަރެއް ބޭޒާރުކޮށްލާނެ ކަމުގެ އިންޒާރު އިއްޔެ ހެނދުނު ޓްވިޓާގައި ދިނުމަށް ފަހު މިހާތަނަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ކަމަށް ތުހުމަތު ކުރެވޭ މީހާގެ ހަތަރު އޯޑިއޯ ކްލިޕް ވަނީ ލީކް ކޮށްފައެވެ. 

އެގޮތުން މިއަދު ލީކް ކުރި އޯޑިއޯ އަކީ އަލީ ވަހީދު ކަމަށް ބެލެވޭ މީހާ ކޮރަޕްޝަނަކުން ދަރަނި ފިލުވާ ވާހަކަދައްކާ އޯޑިއޯއެކެވެ. އެގޮތުން އަލީ ވަހީދު ވާހަކަ ދައްކަވާ ކަމަށް ބުނެ އާންމުކޮށްފައިވާ ހަތަރު ވަނަ އޯޑިއޯގައި ދެކެވެމުންދާ ވާހަކަ އަކީ ސުޕްރީމް ކޯޓަށް ގެންނަ ކާރުތަކަކުން “ކޮރަޕްޝަނެއް” ހިންގުމުގެ ވާހަކައެވެެ.

ސުޕްރީމް ކޯޓަށް ވެހިކަލްތައް ގަންނަ ވާހަކަތަށް ދައްކަމުން ގޮސް އެ މައްސަލަ “ޕޮލިސް ކޭސް” އަކަށް ހަދަން އުޅޭ ކަމަށް ބުނާ އަޑުއިވެއެވެ. އަދި އެ ވާހަކަ ދައްކާފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު “ސީމައްޓޭ” އާ ކަމަށް އެ އޯޑިއޯ ލީކް ކުރި ފަތާރުން ބުނެފައިވެއެވެ.

” އެކޮޅުން އެބައޮތޯ އެ އެއްޗެހިތަށް ފޮނުވާށޭ ކިޔާފަ. ތިމަންނަ މިހާރު ބެނެފީމޯ! ޝިމައްޓެ ކައިރީ އެހިއޯ ތިމަންނައަށް އެއްޗެއް ނެތް ހެއްޔޭ! ބުނެފީމޭ “ބްރޭންޑް ނިއުއޭ” ސްޕްރީމް ކޯޓުން އެބައުޅޭ ކޮންމެވެސް މީހަކު ފަނިހަދަންއުޅޭ. އޭނާ ވާގޮތަކީއޯ ހުރިހާ އެއްޗެއް ދޭށޭ. އެކައްޗެއް ތިމަންނަ ނުދެމޭ. ސްޕްރީމް ކޯޓުގެ އެސްޖީ އޯ އެކަންތަށް ކުރުވަނީ.” އަޑުބަރޭ ކަމަށް ބެލެވޭ މީހާ ބުނެއެވެ.

ލީކުވެފައިވާ އޯޑިއޯއިން އެނގޭ ގޮތުގައި އަށް ލައްކަ ރުފިޔާގެ ވާހަކަ ދައްކަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑު ބަރޭ) ކަމަށް ބެލެވެއެވެ. އަދި ފައިސާ ލިބޭނެ ކަމަށާ އެ ފައިސާއިން ދަރަނި ފިލުވާދޭނެ ކަމަށް އަލީ ވަހީދު ކަމަށް ބުނާ މީހާ ބުނާ އަޑުއިވެއެވެ. ނަމަވެސް ސުޕްރީމް ކޯޓު ތެރެއިން ފަނި ހަދަން އުޅޭ ކަމަށާއި އެކަން ކުރަން އުޅެނީ ސުޕްރީމް ކޯޓުގެ އެސްޖީ ކަމަށް ބުނާ އަޑު އޯޑިއޯއިން އިވެއެވެ. 

” ކޮބާ އެބައި އެއްކޮށް ނިންމާލަދޭންވީނުން. އޯކޭތަ އޭރުން. މައްސަލައެއް ނެތްތަ. 8 އެއްކޮށް ނަގާނަން އޭރުން. އެއްކޮށް ދީ ނިންމާނަމޭ. މަށަށް 8 ލައްކަ ނަގާފަ ބާނީ ކަލެއަށް ލިބޭނުން” އަޑުބަރޭ ކަމަށް ބެލެވޭ މީހާ ބުނެއެވެ.

ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ކަމަށް ބެލެވޭ މީހާގެ ހަތަރު ވަނަ އޯޑިއޯ ލީކް ކޮށްލާފައިވާއިރު އެކަމާ ގުޅޭ ގޮތުން މިނިސްތަރ އަލީ ވަހީދު ވިދާޅުވީ ދައުރުވަމުންދާ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށެވެ. އަދި އެކަމެއް އެ ކުރާ ބަޔަކު އެކަން އެ ކުރަނީ އޭނާގެ އަބުރު ކަތިލުމުގެ މަގުސަދުގައި ކަމަށް އަލީ ވަހީދު ވިދާޅުވެފައިވެއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: