ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީއަށް އެންމެ ފައިދާހުރި ގޮތަކީ އިންތިޚާބު އަވަހަށް ބޭއްވުން: ރައީސް ނަޝީދު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަށް އެންމެ ފައިދާހުރި ގޮތަކީ ޕާޓީގެ އެތެރޭގެ އިންތިޚާބުތައް ވީހާވެސް އަވަހަށް ބާއްވާ ނިންމާލުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާސަން ހޮވުމުގެ އިންތިޚާބުގެ ކެމްޕެއިނަށް ތ. ތިމަރަފުށްޓަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވާހަކަދައްކަވަމުންނެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ، ޗެއާޕާސަން އިންތިޚާބާއި ދާއިރާގެ އިންތިޚާބުތައް ރިޔާސީ ޕްރައިމަރީއަށް ފަހު ބޭއްވުމަށް ފެންނަ ކަމަށް ވިދާޅުވެފައިވާތީ އެކަމަށް ރައީސް ނަޝީދު ވަނީ ރައްދު ދެއްވާފައެވެ.

ޕާޓީ ހިންގުމަށާއި އިންތިޚާބު ބޭއްވުމަށް މާލީ ދަތިތަކެއް ހުރި ކަމަށް ޣަފޫރު ވިދާޅުވި ނަމަވެސް، ރައީސް ނަޝީދު ވިދާޅުވީ ޕާޓީއަށް އެހީތެރިވުމަށް ވަރަށް ގިނަ ވިޔަފާރިވެރިން ތިބީ ތައްޔާރަށް ކަމަށެވެ.

”އަޅުގަނޑުމެން އެންމެންވެސް ހޭދަކޮށްގެން، މިޕާޓީއަށް އެހީތެރިވުމަށް ވަރަށް ގިނަ މީހުން ތިބެނީ ތައްޔާރަށް. ވިޔަފާރިވެރިންވެސް ތިބެނީ މާލީ އެހީތެރިކަންވެސް ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް ތައްޔާރަށް، އެހެންކަމުން އަޅުގަނޑު ދެކޭ ގޮތުގައި އެވެސް އެއްވެސް އުނދަގުލަކަށް ވެގެން ނުވާނެ،“ ރައީސް ނަޝީދު ވިދާޅުވިއެވެ.

އިންތިޚާބު އަވަސްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ނަޝީދު ވިދާޅުވީ، ޕާޓީގެ މެމްބަރުންގެ ފިކުރު ހުރިގޮތް ސާފުވާންޖެހޭ ކަމަށާއި، އެހެންކަމުން އިންތިޚާބު އަވަހަށް ނިންމާލުމަކީ ޕާޓީއަށް އޮތް އެންމެ ފައިދާހުރި ގޮތް ކަމަށެވެ.

މީގެ އިތުރުން، އިންތިޚާބަށް ނިކުމެވަޑައިގެން ހުންނެވީ ކާމިޔާބު ކުރެއްވުމުގެ އަޒުމުގައި ކަމަށާއި، ނަމަވެސް އެމަނިކުފާނުގެ ނިޔަތަކީ އެއްވެސް މީހަކު ބާކީކުރުން ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީގެ ތެރެއިން އެއްވެސް މީހެއްގެ ބާރުވެރިކަން ކުޑަކުރުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށާއި، އެމްޑީޕީއަކީ އެއްވެސް މީހަކު ތަފާތު ކުރުމެއް ނެތި އެންމެނަށް ޖާގަދޭނެ ޕާޓީއެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: