ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓީއެމްއޭގެ ފަރާތުން ސިއްރު ރިޕޯޓެއް މަޖިލީޙުގެ ރައީސްއަށް

ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ހިއްސާ ކޮންޓްރޯލްކުރާ ކޮންސޯޓިއަމްގައި ހިމެނޭ ބެއިން ކެޕިޓަލްގެ ފަރާތުން ސިއްރު ރިޕޯޓެއް ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދަށް ފޮނުވައިފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ޓީއެމްއޭގެ ހިއްސާ ކޮންޓްރީލް ކުރާ ބެއިން ކެޕިޓަލްގެ ފަރާތުން ހުށަހެޅީ ސިއްރު ރިޕޯޓްގައި ގިނަ ކްނަތައްތަކެއް ފާހަގަ ކޮށްފައިވާ ކަމަށާއި އަދި އެ ރިޕޯޓުގެ މަޖިލީޙުގެ ކޮމެޓީއަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. އަދި އެމްއޭސީއެލްއިން ހަދާ އައު ސީޕްލޭން ޓާމިނަލްއާ ގުޅޭ ގޮތުން އޭސީސީގެ ފަރާތުން ވެސް މަޖިލީހަށް ސިއްރު ރިޕޯޓެއް ފޮނުވާފައި ކަމަށް އެމަނިކުފާން ވިދާޅުވިއެވެ. 

ބެއިލް ކެޕެޓިލަްގެ ފަރާތުން ރައީސް ނަޝީދަށް ފޮނުވި ސިއްރު ރިޕޯޓު މަޖިލީހުގެ މެމްބަރުންނާ ވެސް ސިއްރު ރިޕޯޓެއްގެ ގޮތުގައި ހިއްސާ ކުރުމަށް ރައީސް ނަޝީދު ވަނީ ނިންމަވާފައެވެ. އަދި އެ ރިޕޯޓު މެމްބަރުންނާ ހިއްސާ ކުރެއްވުމުގެ ކުރިން ރައީސް ނަޝީދު ވަނީ ރިޕޯޓުގައި ހުރި ބއެއްކަންކަން ފާހަގަ ކުރައްވާފައެވެ. 

އެގޮތުން ބެއިން ކެޕިޓަލްގެ ފަރާތުން ފޮނުވި ސިއްރު ރިޕޯޓާއި ގުޅޭ ބައެއް މައުލޫޟާތު ހިއްސާ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ކުންފުނީގެ ފަރާތުން އެމަނިކުފާނަށް ފޮނުވާފައިވާ ރިޕޯޓުގައި ހުރި ލިޔެކިޔުންތަކަށް ފެންނަ ގޮތުގައި އެމްއޭސީއެލްއިން ހަދާ އައު ސީޕްލޭން ޓާމިނަލްގެ ބޮޑު ބައެއް ޓީއެމްއޭއަށް ދޭން މަޝްވަރާތައް ފަށާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ކަމަށެވެ. އަދި ޓީއެމްއަށް ސީޕްލޭން ޓާމިނަލްގެ ބޮޑު ބައެއް ދިނުމަށް އެއްބަސްވުމަކާއި ހިސާބަށް ވާސިލްވުމަށް2018 ވަނަ އަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް ލިޔެކިޔުންތައް ބަދަލު ކޮށްފައިވާ ކަމަށް ބެއިން ކެޕިޓަލްގެ ފަރާތުން ފޮނުވި ސިއްރު ރިޕޯޓުން އެނގޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

އެމަނިކުފާން ވިދާޅުވީ އެމްއޭސީއެލްއިން ހަދާ އައު ސީޕްލޭން ޓާމިނަލް ކުޑަ އަގުގައި ޓީއެމްއޭއަށް ދޭން މަސައްކަތް ފަށާފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށާއި އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރަމުންދާ ކަމަށެވެ. 

ޓީއެމްއޭގެ ބޮޑު ހިއްސާއެއް ކޮންޓްރޯލް ކުރާ ބެއިން ކެޕިޓަލްގެ ފަރާތުން ސިއްރު ރިޕޯޓެއް މަޖިލީޙުގެ ރައީސް އަށް ފޮނުވާފައިވާއިރު މީގެކުރިން ޓީއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އާ ޓާމިނަލް މައްސަލާގައި އެމްއޭސީއެލްއާއެކު ލިޔެކިއުމުން ވެފައިވާ އެއްބަސްވުމަށް އަމަލު ނުކުރާނަމަ ރާއްޖޭގައި އިންވެސްޓް ކުރަން އަންނަ ފަރާތް ތަކުން ކަންބޮޑުވާނެ ކަމަށެވެ. 

ޓީއެމްއޭ އިން ނެރެފައިވާ ނޫސް ބަޔާނުގައި ބުނީ އާ ޓާމިނަލް ޓީއެމްއޭ އަށް ދެވޭނެ މުއްދަތާއި ޖާގަ އާއި ކުލި އަދި ކޮންޓްރެކްޓުގެ މުއްދަތާއި ގުޅޭ ގޮތުން ލިޔުމުން ވެފައިވާ އެއްބަސްވުމެއް އޮތުމަކީ ބެއިން ކެޕިޓަލް އިން ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ 500 މިލިއަން ޑޮލަރަށް ގަތުމަށް އެންމެ ބޮޑު ސަބަބުކަން އެ ކުންފުނިން ސަރުކާރަށް ސާފުކޮށް ދީފައިވާނެ ކަމަށެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި ޓާމިނަލްގެ މައްސަލާގައި ވޭތުވެދިޔަ ހަ އަހަރުތެރޭގައި 100 އަށް ވުރެ ގިނަ މުއާމަލާތް ލިޔުމުންނާއި އަނގަ ބަހުން ކުރެވިފައިވާ ކަމަށެވެ. މީގެތެރޭގައި އެމްއޭސީއެލް އާއި ޓީއެމްއާ ދެމެދު ވެވި ދާނެ އެއްބަސްވުމެއްގެ ޑްރާފްޓް ވެސް ބަދަލު ކުރެވިފައި ވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ޓީއެމްއޭ އިން ބުނެފައިވާ ގޮތުގައި ބޭރުގެ އޮޑިޓް ފާމެއް ކަމަށްވާ އާނަސްޓް އެންޑް ޔަންގް އިން ކޮށްފައިވާ އޮޑިޓުން އެނގޭ ގޮތުގައި މިދިޔަ އަހަރު ލައުންޖު ހިންގައިން އެ ކުންފުންޏަށް ލިބިފައިވަނީ 2.8 ޑޮލަރު ކަމަށާ، އެ ކުންފުނިން މިހާރު ބޭނުން ކުރާ ސީޕްލޭން ޓާމިނަލް އަށް 18.53 މިލިއަން ޑޮލަރު އިންވެސްޓް ކޮށްފައި ވާނެ ކަމަށެވެ.

އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް، ސަރުކާރުން ވަނީ ޓީއެމްއޭ އަށް ބިން ދޫކޮށްފައިވާ އަގަށް ކުރި އަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލް އިން ބޮޑު ޖާގައެއް ދޭން ނިންމާފަ އެވެ. ނަމަވެސް އިއްޔެ މާލިއްޔަތު ކޮމެޓީގައި އެ ކުންފުނީގެ ސީއީއޯ އެމްޔޫއެމް ފައުޒީ ވިދާޅުވީ އާ ސީޕްލޭން ޓާމިނަލުން 19،000 އަކަމީޓަރުގެ ބިމުގެ ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: