ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤާނޫނު އަސާސީއަށް ބަދަލުތަކެއް ގެންނަންޖެހޭ: ފައްޔާޒު

:ފައްޔާޒު އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެދިޔަ ދުވަސްތަކުގެ ތަޖުރިބާއަށް ބަލައި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ، ކުރިއަށް އޮތް އެމްޑީޕީ ޗެއަރޕާސަން ހޮވުމުގެ އިންތިޚާބުގެ ކެންޕެއިނަށް ތ. ތިމަރަފުށްޓަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ފައްޔާޒު ވިދާޅުވީ ޤާނޫނު އަސާސީގައި ހެޔޮ ބަދަލުތަކެއް ހުރި ނަމަވެސް، އޭގެން ލިބެންޖެހޭ ފުރިހަމަ މަންފާ ރައްޔިތުންނަށް ނުލިބޭ ކަމަށެވެ. އަދި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅެއްގެ މިޒާޖުގެ ސަބަބުން ޤާނޫނު އަސާސީއިން ރައްޔިތުންނަށް ކުރަންޖެހޭ ފައިދާ ނުލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ. މިގޮތުން، ކޮންމެ ފަސް އަހަރަކުން ވެރިކަން ބަދަލުވާއިރު ރައްޔިތުން ތިބެންޖެހެނީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ރައްޔިތުން އެމީހުންގެ އަސާސީ ހައްޤުތައް ހިމާޔަތް ކުރެވޭތޯ ނުވަތަ ނޫންތޯއާއި މެދު ސުވާލު އުފައްދާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި އަތޮޅުތެރޭގެ ރައްޔިތުން ރަށަށް ގެންނަން ބޭނުންވާ ތަރައްޤީއާއި ތަނަވަސްކަމަށް ދެންވާނީ ކިހިނެއްތޯ ނޭނގޭ ޙާލަތްތަކަށް ވެއްޓޭކަމަށް ވިދާޅުވެ، މިހުރިހާ ކަމެއް ޙައްލުވެގެންދާނީ ޤާނޫނު އަސާސީއަށް ބަދަލުތަކެއް ގެނެސްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޤާނޫނު އަސާސީއަށް ގެންނަ ބަދަލުތަކަކީ ރައްޔިތުންގެ އަސާސީ ހައްޤުތައް ހިމާޔަތްކުރުމުގެ އިތުރުން ރައްޔިތުންގެ ފުދުންތެރިކަމާއިވެސް ވަރަށް ގުޅުން ހުރި ކަމެކެވެ. މި ބަދަލު ގެނައުމަށްޓަކައި އެންމެ ފުރަތަމަ ޤާނޫނު އަސާސީ ތަފްސީރު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ފައްޔާޒު ވަނީ މިހާރުގެ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. ޤާނޫނު އަސާސީގައި މިހާރު ހުރި މަފްހޫމްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤަބޫލު ނުކުރައްވާ ކަމަށާއި، ރައްޔިތުންނަށް ލިބިދޭ ޚައްޤުތައް ނިގުޅައިގަންނަ ގޮތަށް ޤާނޫނު މާނަކުރައްވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އަދި ރައްޔިތުންގެ ސުޕަރ މެޖޯރިޓީ ލިބުމުން ކޯޓުތަކާއި މިނިވަން މުއައްސަސާތައް ސަރުކާރުގެ މުށުތެރެއަށް ގެންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނިންމަވާލައްވަމުން ފައްޔާޒު ވިދާޅުވީ، ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރުމަށްޓަކައި ޤާނޫނު އަސާސީގައި ލިޔެވިފައިވާ މާއްދާތައް ސާފުކޮށް، ބަދަލު ނުކުރެވޭނެ ގޮތަށް ތަފްސީލު ކުރުމަކީ މިވަގުތު އެންމެ މުހިންމު ކަންތައް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: