ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ދަރަނި ބޮޑުވުމުން އޭގެ އަސަރު ރައްޔިތުންނަށް ކުރާނެ: ފައްޔާޒް

އެމްޑީޕީގެ ޖަލްސާގައި ފައްޔާޒު ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ދަރަނި ބޮޑުވުމުން ރައްޔިތުންގެ ޖީބަށް އޭގެ އަސަރު ކުރާނެކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ، ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބުގެ ކެމްޕޭނަށް ތ. ތިމަރަފުއްޓަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ފައްޔާޒު ވިދާޅުވީ، އެކަން ރައްޔިތުންނަށް މިވަގުތު އިހުސާސް ނުކުރެވުނު ކަމުގައި ވިޔަސް، ދައުލަތުގެ ހަރަދު ބޮޑުވެ ލާމަރުކަޒީ ނިޒާމު ކުއްލި ކުއްލިއަށް ބަދަލުކުރާ ކޮންމެ ފަހަރަކު ކައުންސިލްތަކުން ރާވާފައި ހުންނަ ހުރިހާ ކަމެއްވެސް ފަނުފުލުން ދާނެ ކަމަށެވެ. އަދި މީގެ ނޭދެވޭ އަސަރު ސީދާ ރައްޔިތުންނަށް ކުރާނެކަމަށް ފާހަގަކުރެއްވިއެވެ.

އެހެންކަމުން ނިޒާމީ ބަދަލުތައް ގެންނައިރު، އެކަން ކުރަންވާނީ ރައްޔިތުންވެސް އެކަން ބޭނުންވާނަމަ ކަމަށާއި، ހަމައެކަނި ސަރުކާރުން އެކަން ބޭނުންވުމުން އެގޮތަށް ކަންތައް ކޮށްގެން ނުވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ، ސަރުކާރު ރައްޔިތުމީހާ ކުރިމަތީގައި ”ސައިޒުވާން“ ޖެހޭނެ ކަމަށެވެ. ސަރުކާރުގެ ވެރިއަކަށް ހުންނަ މީހަކީ އެކި ގައުމުތައް ހިފާ ބޮޑު ރަސްގެފާނެއްގެ ގޮތުގައި ސިފަވާކަށް ނުޖެހޭ ކަމަށާއި، އޭގެ ބަދަލުގައި ގައުމުގެ ރައީސް ވާންޖެހޭނީ ރައްޔިތު މީހާއަށް ދިމާވާ މައްސަލަތައް ހައްލުކޮށްދޭ މީހަކަށްކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސަކަށް އަންނަ މީހާ ނުވަތަ ވެރިއަކަށް އަންނަ މީހާއަކީ ގައުމުތައް ހިފާ ބޮޑު ވަރުގަދަ ރަސްގެފާނެއްގެ ގޮތުގައި ސިފަވާކަށް ނުޖެހޭ. ވެރިމީހާ ވާންޖެހޭނީ ރައްޔިތުންނަށް ދިމާވާ މައްސަލަތައް ހައްލުކޮށްދޭ މީހަކަށް. އިނގިރޭސި ބަހުން ބުނާނަމަ ’ސޮލިއުޝަން ޕްރޮވައިޑާ‘ އަކަށް، މައްސަލަ ހައްލުކޮށްދޭ މީހަކަށް ވާންވީ

އެމްޑީޕީން ބޭނުންވަނީ ސަރުކާރު ވަކި މިނެއްގައި ބަހައްޓައިގެން، ރައްޔިތުންގެ ބަސްވިކޭ، ރައްޔިތުންގެ ލަފާ ހޯދައިގެން މަސައްކަތް ކުރުން ކަމުގައި ފައްޔާޒު ވިދާޅުވިއެވެ. މީގެ އިތުރުން މިއަދު އަޅުގަނޑުމެންގެ މުއްސަނދިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭ ކަމަށާއި، ނަމަވެސް މިހާރު ކަން އޮތް ގޮތުން ގުދުރަތީ ވަސީލަތްތައް ކުއްލި ކުއްލިއަށް އެކި ގޮތްގޮތަށް ބަދަލުވަމުންދާކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މިގޮތުން އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށްގެން ކުއްލިއަކަށް އެކި ތަންތަނުގައި އެއާޕޯޓުތައް އަޅައި، ޖެހިޖެހިގެން އޮންނަ ރަށްރަށުގައިވެސް އެއާޕޯޓް ބިނާކޮށް، މާލެ ސަރަހައްދުން ބޮޑެތި ބިންތައް ހިއްކައި ބޭކާރު ހަރަދުތައް ކުރަމުންދާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި މި ހުރިހާ ކަމެއްވެސް ކުރަނީ ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ރައްޔިތުންގެ ބައިވަރު އަސާސީ ބޭނުންތައް ހުއްޓާ، ސަރުކާރުން ބޭކާރު ކަންކަމަށް ހަރަދު ކުރާތީ ފައްޔާޒު ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ ސަރުކާރާއި ސަރުކާރުގެ ކުންފުނިތައް ވަކިވާން ޖެހޭ ކަމަށާއި، އާ ސަރުކާރެއް އަންނަ ކޮންމެ ފަހަރަކު އެ ތަންތަން ހަލާކުކޮށްލަން ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: