ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ރައީސުން ދެކެ ވެސް ހިތްހަމަނުޖެހޭ މީހުން އެބަތިބި، ތާއީދު ބޮޑު ފަޅި ބަލަން އިންތިހާބު ބާއްވަން ޖެހޭ: ރައީސް ނަޝީދު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްއާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ތެރޭގައި އެންމެ ބޮޑު ތާއީދެއް އޮތީ ކޮން ފަޅިއަކަށްތޯ ކަށަވަރުކުރުމަށްޓަކައި، ޕާޓީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު ވީހާވެސް އަވަހަކަށް ބޭއްވުން މުހިންމުކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުރިޔަށް އޮތް ޕާޓީގެ ޗެއާޕާސަންކަމުގެ އިންތިހާބުގައި ވާދަކުރައްވާ، ރައީސް ނަޝީދު މިވަގުތު ހުންނެވީ އެމަނިކުފާނުގެ ޓީމާއި އެކު ތ. އަތޮޅުގަ އެވެ. މި ދަތުރުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ބައިވެރިވެވަޑައިގެން ދެ ބޭފުޅުންގެ ފަރާތުން ހުށަހަޅާ ”ބޮޑު ބަދަލު“ ގެ މައުލޫމާތުތައް ދަނީ ހިއްސާ ކުރައްވަމުންނެވެ.

މިއަދު ކުރިޔަށް ގެންދިޔަ ހަރަކާތުގައި އޮތް ބައްދަލުވުންތަކުގައި، ރައީސް ނަޝީދު ވިދާޅުވީ ޕާޓީގެ ތެރޭގައި އެމަނިކުފާނަށާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ތާއީދު ނުކުރާ އަދި ހިތްހަމަނުޖެހޭ ފަރާތްތަކެއް އެބަތިބި ކަމަށެވެ. ހަމަ އެގޮތަށް އެމަނިކުފާނު ދެކެ ވެސް ނުރުހުންވެ، ހިތްހަމަނުޖެހޭ ބަޔަކު ޕާޓީގެ ތެރޭގައި އެބަތިބިކަމަށް ވިދާޅުވި އެވެ. އެހެންކަމުން، ގިނަ މެންބަރުން ތިބީ ކޮން ފަރާތަކާ އެކުތޯ ސާފުވާނީ އިންތިހާބަކުންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ގޮވާލީ އެންމެ ބޮޑީ ކޮންފަޅިއެއްތޯ ދެނެގަތުމަށް ރަނގަޅު ވޯޓެއް ނަގަން ޖެހެ އެވެ. އަދި އެއްވެސް ސަބަބަކާއި ހުރެ ޗެއާޕާސަން އިންތިހާބު ފަސްކުރަން ނުޖެހޭ ސަބަބަކީ އެއީކަމަށް ވިދަޅުވި އެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އިންތިހާބު ލަސްކޮށްގެން ޕާޓީއަށް ގެއްލުންތައްވެ، މަސްލަހަތު އިތުރަށް ގޯސްވާނެ އެވެ.

މީގެއިރުރުން ރައީސް ނަޝީދު ވަނީ ބައެއް ފަރާތްތަކުން ތާއީދު އޮތްކަން ދެއްކުމަށް ކޮންމެވެސް އެއް ބޭފުޅަކާއި އެކު ފޮޓޯ ނަންގަވައި ޕޯސްޓު ކުރާކަން ފާހަގަކުރައްވާފަ އެވެ. ނަމަވެސް އެއީ މައްސަލައަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށާއި، އެފަދަ ގޮތަކަށް ޕޯސްޓުތައް ލިޔެގެން ހިތްހަމަޖެހުން ލިބެނީ މަދު ދުވަސްކޮޅަކަށްކަމަށް ވިދާޅުވި އެވެ.

މިހާރު މިސާލަކަށް އެއްބަޔަކު އެބަތިބި ރައީސް ސޯލިހަށް ހަމަ އެއްގޮތަކަށް ވެސް ހިތްހަމަނުޖެހޭ ބައެއް، އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި. އަނެއް ބަޔަކު އެބަތިބި އަޅުގަނޑާ ހަމަ އެއްގޮތަކަށް ވެސް ހިތްހަމަނުޖެހޭ ބައެއް، ހަމަ އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި… އެހެންވީމަ މިކަމުގައި ރަނގަޅު ވޯޓެއް ނަގައި ހޯދަން ވެއްޖެތާ ކޮންބައެއްތޯ ގިނައީ.

އެމްޑީޕީގެ މާލީ ދަތިތަަކާއި ހުރެ، އިންތިހާބު ފަސްކުރުމަށް ރޭގެ ވަގުތެއްގައި ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަނީ ހުށަހަޅުއްވާފަ އެވެ. ޣަފޫރުގެ ހުށަހެޅުންތަކުގެ ތެރޭގައި އޭނާ މަސްއޫލިއްޔަތުން ދުރުވެ، ޕާޓީ ހިންގުމަށް ވަގުތީ އިންތިޒާމެއް ހަމަޖެއްސުން ހިމެނެ އެވެ. އަދި އެ ހުށަހެޅުމާއި ގުޅުވައި ޕާޓީގެ އެތެރޭގެ މަސްލަހަތު އަނެއްކާވެސް ވަނީ ގޯސްވެފަ އެވެ. މި ބަހުސްތަކުގެ ތެރޭގައި ގައުމީ މަޖިލީހުގައި މެމްބަރަކު ވަނީ ރިޔާސީ ޕްރައިމެެރީއާއި ހަމައަށް ރައީސް ނަޝީދު ޗެއާޕާސަންގެ މަގާމަށް ހަވާލުވުމަށް ގޮވާލާފަ އެވެ.

އެކަމަށް ދިން ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ ގައުމީ މަޖިލިސް އެދޭނަމަ އެ މުއްދަތާއި ހަމައަށް ޕާޓީގެ ޗެއާޕާސަންކަމާއި ހަވާލުވުމަށް އެމަނިކުފާނުގެ އިއުތިރާޒެއް ނެތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: