ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ހުރި މީހެއްގެ ބީއެމްއެލް ކާޑު ބޭރުގައި ބޭނުން ނުކުރެވޭ ގޮތް ހަދަނީ!

ބީއެމްއެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ބީއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިމިގްރޭޝަނާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން، ރާއްޖޭގައި ތިބޭ މީހުންގެ ކާޑު ބޭނުންކޮށްގެން ރާއްޖޭން ބޭރުގައި މުއާމަލާތްތައް ހިންގުން ހުއްޓުވުމަށް އާ ފިޔަވަޅުތަކެއް ތައާރަފްކޮށްފިއެވެ.

މިކަން ހާމަކުރީ ބީއެމްއެލް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ.

މި އާ އުސޫލު ތަންފީޒުކުރެވޭނީ ބީއެމްއެލް އާއި މޯލްޑިވްސް އިމިގްރޭޝަނާ ދެމެދު ގާއިމުކުރެވޭ ޑިޖިޓަލް ނިޒާމެއްގެ އެހީގައެވެ. މި ނިޒާމުގެ ސަބަބުން ކާޑުގެ ވެރިފަރާތް ހުރީ ރާއްޖޭގައިތޯ ނުވަތަ ބޭރުގައިތޯ ބޭންކަށް ކަށަވަރު ކުރެވޭނެއެވެ.

ޝަރީފް ވިދާޅުވީ، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ޒަރޫރީ ބޭނުންތަކަށް ޑޮލަރު ފޯރުކޮށްދިނުމަކީ ބޭންކުގެ މަގްސަދެއް ކަމަށެވެ. ނަމަވެސް، ރާއްޖޭގައި ތިބެގެން ބޭރު ގައުމުތަކުގައި ހުންނަ އޭޓީއެމްތަކުން ފައިސާ ނެގުމާއި ވިޔަފާރިކުރުމަށް އެހެން މީހުންގެ ކާޑުތައް ބޭނުންކުރާކަން ފާހަގަކުރެވިފައިވާތީ، އެކަން ހުއްޓުވަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވި ގޮތުގައި، މި ބަދަލާއެކު ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދަތިތަކެއް ކުރިމަތިނުވާނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަވާނެއެވެ. އެގޮތުން ބެލެނިވެރިޔާ ރާއްޖޭގައި ހުރި ނަމަވެސް، އަމިއްލަ ކާޑެއް ނެތް ދަރިވަރުންނަށް ބެލެނިވެރިޔާގެ ކާޑު ބޭނުންކުރެވޭނެ މަގު ފަހިކޮށްދެއްވާނެއެވެ. މީގެ އިތުރުން، ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޚާއްސަކޮށްގެން 1،200 ޑޮލަރުގެ ލިމިޓެއް ހިމެނޭ އާ ކާޑެއް ތަޢާރަފުކުރުމުގެ މަސައްކަތް ބޭންކުން ދަނީ ކުރަމުންނެވެ.

އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ވަރަށް އަވަހަށް މި މަސައްކަތްތައް ނިންމާލެވޭނެ. އެހާތަނަށް މިހާރު ގެންގުޅޭ ކާޑުތައް އެއްވެސް ދަތިކަމެއް ނެތި ބޭނުންކުރެވޭނެ

ބީއެމްއެލްއިން ހާމަކުރި ގޮތުގައި މި އާ ބަދަލުތަކުގެ ސަބަބުން ޑޮލަރުގެ މުއާމަލާތްތައް އިތުރަށް ހަރުދަނާވެ، ކިޔަވާ ދަރިވަރުން ފަދަ ހަގީގީ ބޭނުންތައް ޖެހިފައިވާ ފަރާތްތަކަށް އިތުރު ލުއިތަކެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން، އޮންލައިންކޮށް މުދާ ގަތުމަށް ނުވަތަ އީކޮމާސް ރުފިޔާ ކާޑު ބޭނުންކުރާ މިންވަރު ކޮންޓްރޯލް ކުރުމަށް ވެސް ބޭންކުން ވަނީ ނިންމާފައެވެ.

މިހާރު ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ކޮންމެ ކަސްޓަމަރަކަށް މަހެއްގެ މައްޗަށް ކުރެވޭނީ ގިނަވެގެން 30 ޓްރާންސެކްޝަނެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ މަންފާ ވީހާވެސް ގިނަ ބަޔަކަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅެއްކަމަށް ބޭންކުން ބުނެއެވެ. ނަމަވެސް، އާންމުކޮށް ބޭނުންކުރާ އެހެނިހެން ސައިޓްތަކަށް މި ބަދަލުގެ ސަބަބުން އަސަރެއް ނުކުރާނެކަމަށް ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: