ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާއާއި ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާއި މެދު ކަންބޮޑު ވާނެ ކަމެއް ނެތް، ބިލް ފާސްކުރާނީ އެންމެ ރަނގަޅު ގޮތަށް: ނަޝީދު

ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީފާއި ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުތަކާއި މެދު ކަންބޮޑުވެވަޑައި ނުގަތުމަށާއި ބިލް ފާސް ކުރާނީ  އެންމެ ރަނގަޅު ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވަޒީފާއާއި ބެހޭ ގާނޫނަސް ހުށަހަޅާފައިވާ އިސްލާހުތަކާއި މެދު ވަޒީފާއަދާ ކުރާ ގިނަ ބައެއްގެ ކޮންބޮޑުވުން އެކިއެކި ޕްލެޓްފޯމްތަކުގައި ފާޅުކުރަމުންދާ ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އަމިއްލަ މެމްބަރުންނާއި ސަރުކާރާއި އަދި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެމްބަރުންނަށް ވެސް ބިލުތައް ހުށަހެޅޭނެ ކަމަށާއި އެގޮތުން މަޖިލީހަށް އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާއިރު އޮންނަނީ އެ ހުށަހެޅުނު ގޮތަށް ކަމަށެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގެ ވާޖިބަކީ އެ ހުށަހެޅުނު ގޮތާއި މެދު ބަހުސްކޮށް، އެއަށް އިސްލާހު ގެނައުމަށްފަހު ފާސްކުރުން ކަމަށާއި، އެހެންކަމުން ބިލެއްގެ ފުރަތަމަ ކިޔުމަކީ އެއީ އެކަމުގެ އެންމެފަހުގެ ނިންމުން ކަމަށް ވިސްނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އެހެން ކަމުން ވަޒީފާއާއި ބެހޭ ގާނޫނަސް ހުށަހަޅާފައިވާ އިސްލާހުތައް ވެސް މަޖިލީހުން ފާސް ކުރެވިގެން ދާނީ ބަހުސް ކުރެވި އެންމެގެ ހިޔާލް ހިމަނައިގެން ކަމަށް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ ހަގޯގަތުގައި ކަން ވާން ޖެހޭ ގޮތަކީ މަޖިލިސް ހިނގަމުންދާ ގޮތް ހޯދައި ބެލުން ކަމަށާއި މަޖިލީހަށް ހުށަހަޅާ ބިލްތަކާއި މެދު މަޖިލީހުގައި މަސައްކަތް ކުރަމުންދާ ގޮތް އެނގެން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އީސާ ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައި ހަ މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެ އެވެ. އެ މުއްދަތުގައި ނޯޓިހެއް ދިނުމަކާ ނުލައި ކޮންމެ ފަރާތަކަށް ވެސް ވަޒީފާގެ އެއްބަސްވުން ބާތިލް ކުރެވިދާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ވަޒީފާ އަދާ ކުރާ މީހުންގެ ސަލާމުގެ މުއްދަތާ ގުޅޭ ގޮތުން ގާނޫނުގައި ބަޔާން ކުރާ މާއްދާއަށް ވެސް އިސްލާހު ހުށަހަޅާފައިވެ އެވެ. އިސްލާހުގައިވާ ގޮތުން ސަލާމުގެ ޗުއްޓީ ނަގާ ކޮންމެ ދުވަހަކަށް މެޑިކަލް ސެޓްފިކެޓްއެއް ހުށަހަޅަން ޖެހެ އެވެ. އެ ނޫން ގޮތަކަށް ސަމާލު ޗުއްޓީއެއް ނުގެނޭ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ވަޒީފާއި ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކާއި މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ކުރެއްވި ޓުވިޓްތަކެއްގައި ވިދާޅުވީ ވަޒީފާގައި ވަގުތީ ގޮތުން ބެހެއްޓޭނެ ނުވަތަ ވަޒީފާގެ ޕްރޮބޭޝަން މުއްދަތަކީ ދިގުވެގެން ހަ މަސް ދުވަސް ކަމަށް ކަނޑައަޅާ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އެކުލަވާލީ އެޓާނީ ޖެނަރަލްގެ އޮފީހުން ނޫން ކަމަށާއި ބިލް އެކުލަވާލީ އިކޮނޮމިކް މިނިސްޓްރީން ކަމަށެވެ. 

މިނިސްޓަރު ފައްޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ބިލަކީ އޭޖީ އޮފީހުން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އެކުލަވާލައްވާފައިވާ ބިލެއް ނޫން ކަމަށެވެ. އަދި ބިލް ހުށައެޅުއްވި މެންބަރު އަހުމަދު އީސާއާ އެ ބިލާ ގުޅުމެއް ނެތް ކަަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އެެ ބިލް އެކުލުވާލީ ސީދާ އޭނާގެ ބެލުމުގެ ދަށުން އިކޮނޮމިކް މިނިސްޓްރީން ކަމަށެވެ. އަދި އެ ބިލްގައިވާ ކަންތައްތަކަކީ މައްސަލަަތަކަށް އޮތް ހައްލު ކަމަށް އެ މިނިސްޓްރީއަށް ގަބޫލުކުރެވޭ ކަންތައްތަކެއް ކަމަށް ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންދާ ފަރާތްތަކުން ބުނަމުންދާ ގޮތުގައި، ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅިގެން ވަޒީފާ އަދާ ކުރާ މީހުންގެ ހާލަތު މިހާރަށް ވުރެ ގޯސް ވެގެން ދާނެ އެވެ. ޕްރޮބޭޝަންގެ މުއްދަތު އިތުރުކޮށްފައި އޮތުމުން ގިނަ މީހުނަށް ދާއިމީ ވަޒީފާ ހޯދަން ދަތިވާނެ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: