ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަރަށް ގިނަ ގަރާރު ހުށަހަޅައި ބާތިލުވެސް ކުރި، ޝަރުތުތައް ބަޔާން ކުރަން ޖެހޭނީ އިއުލާނުގައި: އިބްރޭ

ރައީސް ނަޝީދުގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން/ ފޮޓޯ: ސޯޝަލް މީޑިއާ ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަކީ އިންތިޚާބަށް ކުރާ އިއުލާނުގައި ސާފުކޮށް ބަޔާންކޮށްފައި އޮންނަންޖެހޭނެކަމަށް އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވެއްޖެއެވެ.

އިބްރޭ މިހެން ވިދާޅުވީ ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި ވާދަކުރެވޭނީ، ޕާޓީގެ މެމްބަރަކަށްވާތާ ވަކި މުއްދަތެއްވާފަހުންކަމަަށް ބުނެ ދައުރުވަމުންދާ ލިޔެކިއުމަކާއި ގުޅުވަ އެވެ. އެއީ 2019 ވަނަ އަހަރު އެމްޑީޕީގެ ގައުމީ މަޖިލީހަށް، ހުށަހަޅާފައިވާ ގަރާރެކެވެ. ގަރާރު ބުނާ ގޮތުގައި އިންތިހާބުގައި ވާދަކުރެވޭނީ، ޕާޓީގެ މެމްބަރަކަށްވެ އެ ފަރާތެއްގެ މެމްބާޝިޕް ޕާޓީގެ ސެކްރެޓޭރިއެޓަށް ލިބޭތާ އެއް އަހަރު ފުރުމުންނެވެ.

އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަނުކުރެވޭނެކަމަށް ބުނެ ދައުރު ކުރަމުން ގެންދާ އެ ލިއުމަށް ރައްދު ދެއްވައި އިބްރޭ ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި އެމްޑީޕީގެ ގައުމީ މަޖިލީހުން ވަރަށް ގިނަ ގަރާރުތައް ފާސްކޮށް، އަދި އޭގެ ތެރެއިން ބައެއް ގަރާރުތައް ބާތިލުވެސް ކޮށްފައިވާކަމަށެވެ.

އިބްރޭ ވިދާޅުވީ، މެޗު ކުޅެން އެރުމަށްފަހު އޭގެ ގަވައިދު ބަދަލުކޮށްގެން މޮޅުވެވޭނެ ކަމަށް ވިސްނުމަކީ ގޯސް ވިސްނުމެއް ކަމަށެވެ.

އިބްރޭ ހިއްސާކުރެއްވި އެމްޑީޕީގެ އިންތިޚާބާ ބެހޭ ގަވައިދުގެ 11 ވަނަ މާއްދާގެ (ހ) ގައި ބުނާގޮތުން، އިންތިޚާބެއް ބާއްވާކަން އިންތިޚާބާ ބެހޭ ކޮމިޓީން އާންމުކޮށް އިއުލާން ކުރަންވާނެއެވެ. އަދި އެ އިއުލާނުގައި މުހިންމު ފަސް ކަމެއް ހިމަނަންޖެހޭނެ ކަމަށް އެ ގަވައިދުގައި ބަޔާންކޮށްފައިވެއެވެ.

އެއީ:

  • ކޮން އިންތިޚާބެއްކަމާއި، އެ އިންތިޚާބާ ބެހޭ އިތުރު މަޢުލޫމާތު
  • އިންތިޚާބަށް ކުރިމަތިލުމަށް ދެވޭ މުއްދަތު
  • އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުންގެ ފުރިހަމަވާންޖެހޭ ޝަރުތުތައް
  • ކުރިމަތިލުމަށް ހުށަހަޅަންޖެހޭ ތަކެއްޗާއި، ތަނާއި، ތާރީޚާއި ވަގުތު
  • ވޯޓު ނެގުން ބާއްވާ ތާރީޚާއި ގަޑި

 

ރައީސް ނަޝީދުގެ ކެންޑިޑެސީއާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ސުވާލު އުފައްދާއިރު، އެމަނިކުފާނު އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސްގައި މަސައްކަތް ކުރެއްވުމަށް ފަހު އަލުން އެމްޑީޕީއާއި ގުޅިވަޑައިގަތީ 2025 ވަނަ އަހަރުގެ ޖޫން މަހު އެވެ.

އެތެރޭގެ އިންތިހާބުގެ ވާދަވެރިކަން ބޮޑުވެ، ޓީމުތަކުގެ މެދުގައި ދަނީ ބަހުގެ ހަމަލާތައް ވެސް ރައްދު ކުރަމުންނެވެ. އަދި ޕާޓީގެ ހަރަދުތަކާއި ގުޅޭގޮތުން ވެސް ސުވާލު އުފައްދައި، ނުރުހުންފާޅު ކުރަމުންދާކަން ފާހަގަކޮށްލެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: