ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމުގައި ދޫނުދިނުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމުގައި އެއްވެސް ވަރަކަށް ދޫނުދިނުމަށް ގޮވާލައްވައި، ހުރިހާ ނޫސްވެރިންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް ނަޝީދަކީ އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގައިވެސް އަދި އޭގެ ކުރިންވެސް ނޫސްވެރިކަމުގެ މިނިވަންކަމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރައްވައި، އެކަމަށް އަބަދުވެސް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. މިއަދު އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ ރާއްޖޭގައި މިހާރު އޮތް ނޫސްވެރިކަމުގެ ޙާލަތާމެދު ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓް

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ޕްރެސް ފްރީޑަމް އިންޑެކްސް ނުވަތަ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖަ ކަނޑައަޅާ މިންގަނޑުގައި ރާއްޖެ ދަނީ ދުވަހުން ދުވަހަށް ފަހަތަށް ސޮހެމުންނެވެ. މީގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުކުރުމާއި، މީޑިއާ ކޮންޓްރޯލް ކޮމިޝަން ފަދަ މުއައްސަސާތައް މެދުވެރިކޮށް ނޫސްވެރިންނަށް ބިރުދެއްކުމަކީ މިހާރު އާންމު ކަމަކަށް ވެފައިވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ޑިމޮކްރަސީއެއްގެ އެންމެ މުހިންމު އެއް ތަނބަކީ ނޫސްވެރިކަމުގެ މިނިވަންކަން ކަމަށްވާއިރު، އެ މިނިވަންކަން ހިމާޔަތްކުރުމުގައި އެއްވެސް މިންވަރަކަށް ދޫދިނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި ނޫސްވެރިންނަށް ކުރިމަތިވަމުންދާ މިފަދަ ހުރަސްތަކާ ދެކޮޅަށް ސާބިތުކަމާއެކު ތިބުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

މިއަދުގެ މުނާސަބަތުގައި ރައީސް ނަޝީދު ވަނީ ރާއްޖޭގެ ހުރިހާ ނޫސްވެރިން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެންމެހައި ނޫސްވެރިންނަށް ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: