ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި އާ ޕާކިންގް ޒޯނެއް ގާއިމްކޮށްފި

ފޮޓޯ: އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި އިތުރު ޕާކިންގް ޒޯނެއް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގާއިމުކޮށްފިއެވެ. މި އައު ޕާކިންގް ޒޯނަކީ އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިމާވާ ޕާކުކުރުމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ގާއިމުކުރި ތަނެކެވެ.

އެޗްޑީސީން މައުލޫމާތު ދީފައިވާ ގޮތުގައި، މި ޕާކިންގް ޒޯން ގާއިމުކޮށްފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދު ކައިރީގައި ހުރި ޕޮލިސް ސްޓޭޝަން ކައިރީގައެވެ. މިކަން ހާމަކޮށް އެ ކޯޕަރޭޝަނުން ވަނީ އެކްސްގައި ޕޯސްޓެއް ވެސް ހިއްސާކޮށްފައެވެ.

މި ޕާކިންގް ޒޯންގެ ސަބަބުން ސެންޓްރަލް ޕާކަށް ސައިކަލުތަކުގައި ޒިޔާރަތްކުރާ އާންމު ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ. މީގެ އިތުރުން، އެ ކޯޕަރޭޝަނުން މިހާރު ގެންދަނީ އެ ސަރަހައްދުގައި ދުވާރު ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

އެޗްޑީސީން ބުނީ ހުޅުމާލެއަކީ ހިތްފަސޭހަ، އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ރޭވިގެން ކުރިއަށްދާ ކަމަށެވެ. މިގޮތުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމުގެ މަޝްރޫއުތައް އެ ކޯޕަރޭޝަނުން ދަނީ ހިންގަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: