ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާންމު ރައްޔިތުންގެ ތަނަވަސްކަން އިތުރު ކުރުމަށް ބޮޑު ބަދަލު އަންނަން ޖެހޭ: ރައީސް ނަޝީދު

ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް / ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ޝަކުވާތަކަށް ޖަވާބުދިނުމާއި އާންމު ތަނަވަސްކަން އިތުރުކުރުމަށްޓަކައި ރާއްޖޭގެ ނިޒާމަށް އަނެއްކާވެސް ބޮޑެތި ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާފަންނު ދާއިރާގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީއަށް 18 އަހަރު ވެފައިވާއިރު، އޭގެ ސަބަބުން ގިނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް، މިހާރު ހުރި ގޮންޖެހުންތަކާއި ރައްޔިތުންގެ ޝަކުވާތަކަށް ބަލާއިރު، ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެންނަން ޖެހޭ ވަގުތު ޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޚާއްސަކޮށް ދައުލަތުގެ އާމްދަނީ 2008 ވަނަ އަހަރު ހުރި 4 ބިލިއަނުން މިއަދު 40 ބިލިއަނަށް އިތުރުވެފައިވީ ނަމަވެސް، އެއާ އެއްވަރަށް ރައްޔިތުންގެ ތަނަވަސްކަން އިތުރުކުރުމަށް ނިޒާމީ ބަދަލުތަކެއް ބޭނުންވާ ކަމަށް ފާހަގަކުރެއްވިއެވެ.

މާލޭގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަމާއި ތޮއްޖެހުންކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، މި މައްސަލައިގެ ސަބަބުން ރަށްރަށް ފަޅުވަމުންދާ ކަމުގެ ޝަކުވާ އަތޮޅުތަކުން ލިބެމުންދާ ކަމަށެވެ. މިސާލެއްގެ ގޮތުން ކިނބިދޫގެ 60 އާއިލާއަކަށް މާލެއިން ބޯހިޔާވަހިކަން ދިނުމުން އެ ރަށް ފަޅުވަމުންދާކަން ކައުންސިލުން ފާހަގަކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަތޮޅު ކައުންސިލްތަކުގެ ދައުރު ކުޑަވެ، އަތޮޅުތައް އުވާލުމުގެ މިސްރާބަށް ކަންކަން ދިއުމަކީ ދިވެހިރާއްޖޭގެ ވާރުތަވެފައިވާ އޮނިގަނޑު ގެއްލިގެން ހިނގައިދާނެ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. ”އެ އަތޮޅުތައް އުވާލައިފި ނަމަ ދެން މިސްރާބު ޖެހެނީ ޒަމާންތަކެއްވަންދެން އަޅުގަނޑުމެންގެ އަތަށް ވާރުތަވެފައިވާ ދިވެހިރާއްޖެ އުވާލުމަށް“ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، މި ބަދަލުތަކަކީ ރައްޔިތުންގެ މުއްސަނދިކަމާއި ސީދާ ގުޅިފައިވާ ކަންކަން ކަމަށެވެ. އަދި ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޕާޓީގެ ޗެއާމަންގެ މަގާމަށް އެމަނިކުފާނަށް ވޯޓު ދެއްވުމަށް ހުރިހާ މެންބަރުންގެ ކިބައިން އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: