ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސަރުކާރަކުން ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްފައެއް ނުވާނެ: މުއްތަލިބް

މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްތަލިބު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓްތަކާއި ފަހި ފްލެޓްތަކުން ކުލި ކަނޑާ ކުލި ކުޑަކޮށްފައިނުވާނެކަމަށް ހައުސިން، އިންފްރާސްޓްރަކްޗާ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެމްބަރު މުހައްމަދު އިބްރާހިމް ވަނީ މިސަރުކާރުން ހިޔާ ފްލެޓްތަކުގެ ކުލި އުނިކޮށް، ފަހި ފްލެޓްގެ ކުއްޔަށް 2000 ރުފިޔާ އިތުރުކޮށްފައިވާކަމީ އިންސާފެއް ނޫންކަމަށް ވިދާޅުވެ، މިފަދަ ގޮތަކަށް ބޭއިންސާފުން އަމަލުކުރުމަކީ ކޮންކަހަލަ ކަމެއްތޯއާއި މެދު ސުވާލު ކުރައްވާފައެވެ. މެމްބަރު ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންގެ މެދުގައި އަދުލު އިންސާފާއި ހަމަހަމަކަން ގާއިމުކުރުމަކީ ރައީސަކަށް ހުންނަވާ ބޭފުޅެއްގެ ޒިންމާއެކެވެ.

މެމްބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ މުއްތަލިބް ވިދާޅުވީ، މިސަރުކާރަކުން ހިޔާ ފްލެޓްތަކާއި ފަހި ފްލެޓްތަކުން ކުލި ކަނޑާ ކުލި ކުޑަކޮށްފައިނުވާނެ ކަމަށެވެ. ނަމަވެސް، ނިމިދިޔަ ސަރުކާރުތަކުން ހިޔާ ފްލެޓްގެ ކުލި ކަނޑައެޅުމުގައި ތަފާތުކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި 5,300 ރުފިޔާއަށް ކުލި ކަނޑައެޅިއިރު، ރައީސް ސޯލިހުގެ ސަރުކާރުގައި މެއިންޓަނަންސް ފީއާއެކު ޖުމްލަ 8,500 ރުފިޔާއަށް ކުލި ބޮޑުކުރި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ހިޔާ ފްލެޓްގެ ކުއްޔާ ގުޅިގެން ދެކެވޭ ވާހަކަތަކުގެ ހަގީގަތަކީ މިސަރުކާރުން ކުލި ކަނޑާ ކުލި ކުޑަކުރީ ނޫން ކަމަށެވެ. މިސަރުކާރުން ކުރިހާވެސް ކަމަކީ ރައްޔިތުމީހާ ފްލެޓްގެ އިންޓީރިއާ މަސައްކަތް ކުރުމަށް އަމިއްލައަށް ކުރި ހަރަދަށް ބަދަލު ލިބޭނެ މަގެއް ހޯދައިދިނީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިކަމުގެ ތަފްސީލު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ބަރާބަރަށް ކުލި ދައްކަމުން އައި ފަރާތްތަކަށް ދެލައްކަ ރުފިޔާ ހަމަވަންދެން ކުލި ކަނޑާލީ ކަމަށާއި، ކުލި ނުދައްކާ ތިބި ފަރާތްތަކަށް ކުލިން އެބައި އުނިކޮށްދިނީ ކަމަށެވެ.

 ”ބަރާބަރަށް ކުލި ދައްކަމުންއައި ފަރާތްތަކަށް ދެލައްކަ ރުފިޔާ ހަމަވަންދެން ކުލި ކަނޑާލީ، އެއްވެސް ގޮތަކަށް އެއް ހަމައަކުން ހުރިހާ އެންމެގެ ކުލި އެއްކޮށް ކަނޑާލީކީނޫން، މިއީ އެއްވެސް ގޮތަކަށް ކުލި ކުޑަކުރުމަށް ކުރި ކަމެއް ނޫން،“ މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މުއްތަލިބް ވިދާޅުވީ ސަރުކާރަކުން މަޝްރޫއެއް ނުނިންމާ ރައްޔިތުންނާ ހަވާލުކުރުމަކީ ރައްޔިތުމީހާ އެކަމުގެ ޒިންމާ ނަގަންޖެހޭ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން މިސަރުކާރުން ކުރި މަސައްކަތަކީ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް ރައްޔިތުން ކުރި ހަރަދަށް އިންސާފު ހޯދައިދިނުން ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: