ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ޚިދުމަތުގެ އިމަޖެންސީ ލައިންތަކަށް ދިމާވި މައްސަލަ ހައްލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ފުލުހުންގެ ޚިދުމަތުގެ އިމަޖެންސީ ލައިންތަކަށް ދިމާވި ޓެކްނިކަލް މައްސަލަތައް ހައްލުކޮށް، އަލުން ޚިދުމަތް ދޭން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މިއަދު ހެނދުނުގެ ވަގުތެއްގައި ދިމާވި މި މައްސަލަ މިހާރު ވަނީ އެއްކޮށް ހައްލުކުރެވިފައެވެ. އެގޮތުން ފުލުހުންގެ މައި އިމަޖެންސީ ނަންބަރު 911 ގެ އިތުރުން، ހޮޓްލައިން ނަންބަރުތައް ކަމަށްވާ 3322111 އަދި 3322112 އަށް ދިމާވި މައްސަލަ ހައްލުކޮށް، މިހާރު އެ ނަންބަރުތަކަށް ގުޅޭނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ޚިދުމަތްތަކަށް މައްސަލަ ދިމާވި ވަގުތު، ކުއްލި ހާލަތެއް ދިމާވެއްޖެނަމަ ނުވަތަ އެހީތެރިކަމެއް ބޭނުންވާނަމަ ގުޅުމަށް ފުލުހުން ވަގުތީ ނަންބަރެއްގެ ގޮތުގައި 9888999 ވަނީ އާންމުކޮށްފައެވެ. ނަމަވެސް މައްސަލަ ދިމާވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މައްސަލަ ހައްލުކޮށް، އާންމު ހާލަތަށް ގެނެވިފައިވާކަން ފުލުހުން ފާހަގަކުރައްވައެވެ.

ފުލުހުންގެ އިމަޖެންސީ ލައިންތަކަކީ އާންމުންނަށް ދިމާވާ ކުއްލި ނުރައްކާތަކާއި އެހީތެރިކަމަށް އެދި ގުޅުމަށް ހާއްސަކޮށްފައިވާ މުހިންމު ވަސީލަތްތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: